ސިފައިންގެ ގާބިލުކަން އިތުރުކުރައްވަން ރައީސް ކުރެެއްވި މަސައްކަތުގެ ނަތީޖާ ފޮނި: މިނިސްޓަރު

ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާ; ސިފައިންގެ ގާބިލުކަން އިތުރުކުރައްވަން ރައީސް ކުރެެއްވި މަސައްކަތުގެ ނަތީޖާ ފޮނި ކަމަށް މިނިސްޓަރު މާރިޔާ ފާހަގަކުރެއްވި

ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާ; ސިފައިންގެ ގާބިލުކަން އިތުރުކުރައްވަން ރައީސް ކުރެެއްވި މަސައްކަތުގެ ނަތީޖާ ފޮނި ކަމަށް މިނިސްޓަރު މާރިޔާ ފާހަގަކުރެއްވި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސިފައިންގެ ތަރައްގީ އާއި ކުރިއެރުމަށް އަދި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދެއްވާ އަހަންމިއްޔަތުކަމުގެ ސަބަބުން ގިނަ ކަންތައްތަކެއް ހާސިލުކުރެވިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާގައި މާރިޔާ ވިދާޅުވީ ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ފަސް އަހަރު ކުރިއާ އަޅާބަލާއިރު، މިދިޔަ ތިން އަހަރާއި ބައިގައި ދިފާއީ ދާއިރާގެ ތެރެއިން މިންތީގެ ހަމަހަމަ ކަމަށް ގިނަ މަސައްކަތަކެއް ކުރެވިފައިވާ ކަމަށެވެ.

މިންތީގެ ހަމަހަމަކަމުގައި ރައީސް ސޯލިހަކީ ހަމައެކަނި ބަސްބުނެފައި ނިންމާލައްވާ ވެރިއެއް ނޫންކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ މިދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި އަންހެން ސިފައިން ރެކްރޫޓްކުރެވުނު ނިސްބަތުން 25 ޕަސަންޓު އިތުރުވެފައިވާ ކަމަށެވެ. އަދި އަންހެން ސިފައިންނަށް މަގާމުގެ ކުރިއެރުން ލިބުނު މިންވަރު 50 ޕަސަންޓު އިތުރުވިއިރު، ސިފައިންގެ ބޯޑުތަކާއި ކޮމިޓީތަކުގައި އަންހެނުންގެ ހިއްސާ 120 ޕަސަންޓު އިތުރުކުރެވިފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ސިފައިންގެ އިދާރީ ނިޒާމުތަކަށް ވެސް މި ސަރުކާރުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސިފައިންނާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގައި މީގެ ކުރިން އޮންނަނީ ޗީފް އޮފް ޑިފެންސް ފޯސް ނުވަތަ ސިޔާސީ ވެރިން ގޮތް ނިންމަވާ ގޮތަށް ކަމަށެވެ. އެގޮތުން، މައްސަލަ ރައްދުވާ ސިފައިންގެ މީހާއަށް އޭނާގެ އަމިއްލަ ދިފާއުގައި ބަހެއް ބުނެލުމުގެ ފުރުސަތު ވެސް ނުލިބޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ދެ ފަރާތުގެ ވާހަކަޔާ، ހެއްކާ ގަރީނާޔާ، ބަޔާންކުރެވިފައިވާ އުސޫލުތަކާއި އެއްގޮތަށް ހިނގާ އަސްކަރީ އަދުލުގެ ނިޒާމެއް ގާއިމުކުރުމަށް އަޅުގަނޑުމެން ފެށި މަސައްކަތް ވެސް މިއަދުވަނީ ކާމިޔާބުކަމާއެކު ނިންމާލެވި ތަންފީޒުކުރަން ފަށާފައި," އަދުލު އިންސާފާއި ހަމައަށް ލީނިކުރާ ފަރާތްތަކަށް މިއީ ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވި އެވެ.

ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަންނަވަމުން ވެވަޑައިގެންނެވި ވައުދުގެ ހަނދާން އާކުރައްވަމުން, މާރިޔާ ވިދާޅުވީ ދިވެހި އަސްކަރިއްޔާ ސިޔާސީ ނުފޫޒުން އެއްކިބާކޮށް، ސިފައިންގެ ގަބިލުކަން އިތުރުކޮށް، ރައްޔިތުންގެ އިހުތިރާމާއި ލޯތްބާއި، އިތުބާރު ލިބިފައިވާ އަސްކަރިއްޔާއެއް ދިވެހި ރައްޔިތުންނަށް ބިނާކޮށްދެއްވުމަށް ރައީސް ވައުދުވެ ވަޑައިގެންނެވި ކަމަށެވެ.

"މިއަދުގެ ސިފައިންނަކީ ރައްޔިތުންގެ ލޯބި ލިބިފައިވާ، ރައްޔިތުންގެ އިހުތިރާމް ލިބިފައިވާ، ރައްޔިތުން އިތުބާރުކުރަ، ރައްޔިތުންނަށް ޖަވާބުދާރީވާ، ޑިމޮކްރެޓިކް ނިޒާމަށް އަހުލުވެރި ބައެއް," ފަހުރުވެރިކަމާ އެކު މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ސިފައިންނަށް މޮޅު ހޯދޭނީ ގައުމަށް ހުރި ނުރައްކާތަކާއި ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ޕްރޮފެޝަނަލް ބާރެއްގެ ގޮތުގައު ދެމިތިބެ ހައްލު ހޯދައިދީގެން ކަމަށެވެ. އަދި ސިފައިންނަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ރައްޔިތުން އިންތިހާބު ކުރާ ސަރުކާރަށް އެއްބާރުލުންދީ ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ދަމަހައްޓާ، ސަރުކާރުގެ ސިޔާސަތުތައް ނަގަހައްޓާ ބަޔަކަށްވުމަށް މާރިޔާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox