އެއާބަސްގެ ލީސް އާ ނުކުރީ ބޯޓު ބާވެ މެއިންޓެނަންސް ހަރަދު ބޮޑުވުމުން: މޯލްޑިވިއަން

މޯލްޑިވިއަން އެއާބަސް އޭ321؛ މި އެއާކްރާފްޓުގެ ލީސް އަންނަ އަހަރުގެ މާޗު މަހު ހަމަވާނެ ކަމަށް މޯލްޑިވިއަންއިން ބުނޭ-- ފޮޓޯ: ސަނީހް

މޯލްޑިވިއަން އެއާބަސް އޭ321؛ މި އެއާކްރާފްޓުގެ ލީސް އަންނަ އަހަރުގެ މާޗު މަހު ހަމަވާނެ ކަމަށް މޯލްޑިވިއަންއިން ބުނޭ-- ފޮޓޯ: ސަނީހް

ގައުމީ އެއާލައިން މޯލްޑިވިއަނުން ބައިނަލްއަގުވާމީ ދަތުރުތައް ކުރަން ބޭނުންކުރާ އެއާބަސް އޭ-321ގެ ލީސް މުއްދަތު އަންނަ އަހަރުގެ މާޗު މަހަށް ހަމަވާނެ ކަމަށާއި ލީސް އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަން އިން ބުނެފި އެވެ.

އޭ-321 މަރުކާގެ މި މަތިންދާބޯޓަކީ 200 ފަސިންޖަރުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓު މޯލްޑިވިއަންއިން ކުއްޔަށް ނަގާފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އަށް އަހަރާއި ދެ މަހުގެ މުއްދަތަކަށް ކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ "އަދަދު"އަށް ވިދާޅުވި އެވެ.

"ކުއްޔަށް ނަގާފައި އޮތް ބޯޓެއް އެއީ، އަންނަ އަހަރު މާޗު މަހަށް ހަމަވާނެ އެއްބަސްވުމުގެ މުއްދަތު،" ޖެނިފާ ވިދާޅުވި އެވެ.

ޖެނިފާ ވިދާޅުވި ގޮތުގައި ލީސް އެއްބަސްވުން އާ ނުކުރަން ނިންމީ އެ ބޯޓަކީ ވަރަށް ބާ ބޯޓަކަށް ވުމުން، މެއިންޓެނަންސަށް ދާ ހަރަދު ބޮޑުވުމުންނެވެ. އަދި އެކަމުގެ ސަބަބުން ވާދަވެރިކަމަށް ވެސް އަސަރު ކުރާ ކަމަށް ވިދާޅުވި އެވެ.

ކުންފުނިން މަސައްކަތްކުރަމުން އަންނަނީ ދުރު މަންޒިލްތަކަށް ދަތުރުކުރެވޭ ފަހުގެ މަތިންދާބޯޓު ގެނައުމަށް ކަމަށް ވެސް ޖެނިފާ ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ދުވަސްވީ ފްލީޓު ބަދަލުކުރަން އައިލެންޑް އޭވިއޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މޯލްޑިވިއަންއަށް މި އަހަރު އޭޓީއާރުގެ ތިން އެއާކުރާފްޓެއް ގެނައުމަށް ވަނީ ނިންމައިފަ އެވެ.

މިހާރު ކުރިއަށްދާ ވިއަވަތި ކޮންފަރެންސްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވި ގޮތުގައި އޭޓީއާރު 600-72 ދެ ބޯޓާއި އޭޓީއާރު 600-42 ބޯޓު މި އަހަރު ނިމުމުގެ ކުރިން ގެންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox