ހިލޭ ލައިފް އިންޝުއަރެންސް ލިބޭނެ ކަމަށް ބުނެ އެލައިޑް އިންޝުރެންސް ކުންފުނީގެ ނަމުގައި ފޭކު މެސެޖުތަކެއް ދައުރުކުރަން ފަށައިފި އެވެ.
ލައިފް އިންޝުއަރެންސް ހިލޭ ލިބޭނެ ކަމަށް ބުނެ ކަސްޓަމަރުންނަށް މެސެޖު ކުރަމުން ނުދާކަން ފާހަގަކޮށް އެލައިޑުން ބުނީ، އެފަދަ މުއާމަލާތްތަކަށް އިޖާބަ ނުދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެލައިޑުން ވަނީ، އެފަދަ މެސެޖުތަކުގައި ހިމެނޭ ލިންކު މެދުވެރިކޮށް މައުލޫމާތު ހިއްސާ ނުކުރުމަށް ވެސް އެދިފަ އެވެ.
ހަމައެއާއެކު، އެލައިޑުގެ ނަމުގައި ފޭކު މެސެޖެއް ލިބިފައިވާ ނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1600އަށް ގުޅާ، އެ މައްސަލަ ރިޕޯޓުކޮށްދިނުމަށް ވެސް އެ ކުންފުނިން ވަނީ އެދިފަ އެވެ.
އެލައިޑުން ވަނީ އެ ކުންފުންޏަށް ކުރަމުންދާ އިތުބާރަށް ވަރަށް އިހްލާސްތެރިކަމާއެކު އާންމުންނަށް ޝުކުރު ދަންނަވަފަ އެވެ.











