ހުއްދަ ނެތް ކާކުލައެއް އަޅައިގެން އުފައްދާފައިހުރި އައިސްކްރީމް ޕައުޑަރެއް ވިއްކުމާއި އެތެރެ ކުރުން މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިޓަލީ ވިލާތުގެ އުފެއްދުމެއް ކަމަށްވާ "ސްޓެއްލާ" ބްރޭންޑުގެ އައިސްކްރީމް ޕައުޑަރު ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އެކަން އެންގުމާއެކު ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މި ބާވަތް މިހާރު އެތެރެ ކުރުމާއި ވިއްކުން މަނާކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.














