ވިލިމާލޭ ފަރަށް ލިބުނު ގެއްލުން ސާވޭ ކުރަން ފަށައިފި

Sep 6, 2022, 12:08 PM
ވިލިމާލޭ ފަރަށް ލިބުނު ގެއްލުން ދިރާސާ ކުރަމުންދާ އީޕީއޭގެ ޓީމު.

ވިލިމާލޭ ފަރަށް ލިބުނު ގެއްލުން ދިރާސާ ކުރަމުންދާ އީޕީއޭގެ ޓީމު.

ތިލަމާލެ ބްރިޖުގެ މަސައްކަތްކުރަން ބޭނުންކުރާ ސެލްފް އެލެވޭޓިން ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އުރިގެން ލިބުނު ގެއްލުން ބެލުމަށް މިއަދު ސާވޭ ކުރަން ފަށައިފި އެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ, މިއަދު ސާވޭކޮށް ނުނިންމުނު ކަމަށާއި ޑައިވްކޮށް ބެލިއިރު ބޮޑު ސަރަހައްދަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

"ފަރުގެ ވަރަށް ބޮޑު ސަރަހައްދެއް މިއަދު ސާވޭ ކުރެވުނު. ނަމަވެސް އެއްކޮށް ނުނިމޭ. މިހާރު ބެލި ސަރަހައްދުގެ ބޮޑު ބަޔަކަށް ވަނީ [ޕްލެޓު ފޯމް އުރުމުގެ ސަބަބުން] ގެއްލުން ވެފައި. ސާވޭ އެއްކޮށް ނިމޭނީ މާދަމާ،" ނައީމް ވިދާޅުވި އެވެ.

މި ދަގަނޑު ޕްލެޓުފޯމް ފުން ކުރެވުނީ ފަރަށް އުރުނުތާ 12 ދުވަސް ފަހުން، އޯގަސްޓް 27 ވަނަ ދުވަހު އެވެ.

ޕްލެޓު ފޯމު އުރިފައި ހުރިއިރު ރާޅުގެ ބާރުގައި ދެފަރާތަށް ތެޅުވުމުގެ ސަބަބުން، އޭގައި ހަރުކޮށްފައި ހުރި ގަދަނޑު ހޮޅިތައް ބިންދައިގެން ގޮސް މޫދަށް ވެއްޓުނެވެ. ޕްލެޓު ފޯމް ފުންކުރި ނަމަވެސް، އެ ހޮޅިތަކާއި ޕްލެޓްފޯމުން މޫދަށް އެޅުނު ތަކެތި ނަގައި ފަރު ސާފުކޮށް ނިންމީ މި މަހުގެ 4 ގަ އެވެ.

ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ފަރަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި 100 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.

ވ. އަތޮޅުގައި އޮންނަ ފަޅެއް ކަމަށްވާ މާގުޅީ ފަރަށް އެރި ބާޖެއް 100 މިލިއަން ރުފިޔާއިން މި މަސްތެރޭގައި ވަނީ ޖޫރިމަނާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox