"ދަ ކްރައުން" ގައި ވިލިއަމް އަދި ކޭޓްގެ ބަޔަށް އެކްޓަރުން ހޮވައިފި

އިނގިރޭސި އަމީރާ ކޭޓް (ވ) އަދި އެކްޓްރެސް މެގް ބެލަމީ.

އިނގިރޭސި އަމީރާ ކޭޓް (ވ) އަދި އެކްޓްރެސް މެގް ބެލަމީ.

ނެޓްފްލިކްސްގެ "ދަ ކްރައުން" ސީރީޒްގައި އިނގިރޭސި އަމީރާ ކޭޓްމިޑްލްޓަންގެ ރޯލަށް މުޅިން އާ އެކްޓްރެސްއެއް ހޮވައިފި އެވެ.

އުމުރުން 19 އަހަރުގެ މެގް ބެލަމީ އެ ރޯލަށް ހޮވުނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރި އިއުލާނާ ގުޅިގެން އަމިއްލައަށް ރިކޯޑްކޮށްފައިވާ ވީޑިއޯ ފޮނުވައިގެންނެވެ.

އޭގެ އިތުރުން އަމީރު ވިލިއަމްގެ ރޯލަށް އުމުރުން 21 އަހަރުގެ އެޑް މެކްވޭ އަދި 16 އަހަރުގެ ރޫފަސް ކަމްޕާ ހޮވި އެވެ. މިއީ އެ ދެ މީހުން ވެސް ޕްރޮފެޝަނަލް ސްކްރީނުން ފެންނަ ފުރަތަމަ ފަހަރެވެ.

Advertisement

ތިން އެކްޓަރުން ފެނިގެން ދާނީ ކުރިއަށް އޮތް "ދަ ކްރައުން" ގެ އެންމެ ފަހު ސީޒަނުންނެވެ. އެ ސީރީޒްގެ ހަ ވަނަ ސީޒަންގެ ޝޫޓިން ފަށާނީ އޮކްޓޯބަރުގަ އެވެ.

މީގެ ކުރިން ނެޓްފްލިކްސްއިން ބުނީ އެވޯޑް ހާސިލްކޮށްފައިވާ އެ ސީރީޒް ފަސް ސީޒަނަށް ފަހު ނިންމާލާނެ ކަމަށެވެ. އެކަމަކު އެ ސީރީޒް އުފައްދާ ޕީޓާ މޯގަން ފަހުން ނިންމުން ބަދަލުކުރި އެވެ.

އެ ސީރީޒްގެ ކުރީ ސީޒަންތަކުން ފެނިގެން ގޮސްފައިވާ ތަރިންގެ ތެރޭގައި އޮސްކާ އެވޯޑް ހާސިލްކުރި އޮލިވިއާ ކޮލްމޭން އަދި މެޓް ސްމިތް ހިމެނެ އެވެ.

ހަ ވަނަ ސީޒަނުން ފެންނަނީ ރާނީ އެލިޒަބަތު ދެ ވަނަ 2000 ވަނަ އަހަރާ ހަމައަށް ތަހުތުގައި ހޭދަކުރެއްވި ދުވަސްވަރު ހިނގި ހާދިސާތަކެވެ.

ފަސް ވަނަ ސީޒަން ނެޓްފްލިކްސްގައި ލޯންޗުކުރަން ހަމަޖެހިފައި ވަނީ ނޮވެމްބަރުގަ އެވެ. އެ ސީޒަންގައި ވިލިއަމް އާއި ކޮއްކޯފުޅު ހެރީގެ ރޯލުން ތަފާތު ހަތަރު އެކްޓަރުން ފެންނާނެ އެވެ.

"ދަ ކްރައުން" ގިނަ އެވޯޑްތަކަށް ނޮމިނޭޓްވެ، ބައެއް އެވޯޑްތައް ހާސިލްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގޯލްޑަން ގްލޯބްސް، އެމީޒް އަަދި ބަފްތާ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox