ލޮބުވެތި ދަރިފުޅު ބޮޑުވެގެން މަތީ ތައުލީމު ހާސިލުކޮށް، މުޖުތަމައަށް ފައިދާކުރުވަނިވި ފަރުދަކަށް ހެދުމަށް ކޮންމެ މަޔަކާއި ބަފަޔަކު ބޭނުންވާނެކަން ޔަގީނެވެ. އެކަމަކު، މި އެދޭ އެދުމަށް އެޅިދާނެ އެންމެ ބޮޑު ހުރަހަކީ އެކަމަށްޓަކާ ކުރަންޖެހޭ ހަރަދެވެ. ދިރިއުޅުމުގެ ހަރަދުތައް ބޮޑު ޒަމާނެއްގައި ފަހަށް ރައްކާކުރުމަކީ ގޮންޖެހުމަކަށް ވެސް ވެދާނެ އެވެ. އެހެން ނަމަވެސް ދަރިފުޅުގެ ތައުލީމާއި މުސްތަގުބަލަށްޓަކާ ފަހަށް ރައްކާކުރުމަށް އެހީތެރިކަން ހޯދޭނެ އޮޕްޝަންތަކެއް ވެސް އެބަ ހުއްޓެވެ.
އަޔާދީ ތަކާފުލްގެ ޗައިލްޑް އެޑިއުކޭޝަން ތަކާފުލް އަކީ މިގޮތުން ފައިދާ ބޮޑު އޮޕްޝަނެކެވެ. ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ނަގަންޖެހޭނީ ދަރިފުޅުގެ އުމުރުން 8 އަހަރުވުމުގެ ކުރިންނެވެ. އަދި، ދަރިފުޅުގެ އުމުރުން 18 އަހަރު ވަންދެން ޕްލޭން ކުރިއަށް ގެންދެވޭނެ އެވެ. މި މުއްދަތުގެ ތެރޭގައި ދަރިފުޅުގެ މުސްތަގުބަލަށް ޓަކައި މަދުވެގެން 50,000 ރުފިޔާ އެއްކުރެވިދާނެ އެވެ.
ދަރިފުޅަށްޓަކައި ބެލެނިވެރިޔާ ޕްލޭނުގައި ބައިވެރިވެ އަދި ޕްލޭނުގެ މުއްދަތު ހަމަވުމާ އެކު އަޔާދީ ތަކާފުލްގައި އޮންނަ ބައިވެރިންގެ އިންވެސްޓްމަންޓް ފަންޑަށް އެ ބައިވެރިޔާގެ ފަރާތުން ޖަމާވެފައިވާ ފައިސާ އަދި އެއިން ބައިވެރިޔާއަށް ލިބޭ އިންވެސްޓްމެންޓް ޕްރޮފިޓް ލިބޭނެ އެވެ. މިއީ މެޗުއަރިޓީ ބެނެފިޓެވެ.
ދަރިފުޅުގެ މުސްތަގުބަލަށްޓަކައި ބޭންކެއްގައި ފައިސާ ރައްކާ ކުރުމާއި އަޔާދީގެ މިޕްލޭންގައި ބައިވެރިވުމާ ހުރި މައިގަނޑު ތަފާތައް ބަލާލާއިރު ޕްލޭނުގައި ބައިވެރިވި ބެލެނިވެރިޔާ (މަންމަ ނުވަތަ ބައްޕަ) ނިޔާވެއްޖެ ނަމަ ޕްލޭން ނިމެންދެން ކޮންމެ މަހަކު ދައްކަންޖެހޭ ކޮންޓްރިބިއުޝަންތައް މައާފުވާނެއެވެ. އޭގެ ބަދަލުގައި އެ ކޮންޓްރިބިއުޝަންތައް ހަމަޖައްސާނީ އަޔާދީ ތަކާފުލްގެ ބައިވެރިންގެ ރިސްކް ފަންޑުންނެވެ. އަދި، ޕްލޭނުގެ މުއްދަތު ހަމަވާ އިރު ބައިވެރިންގެ އިންވެސްޓްމަންޓް ފަންޑުން މެޗުއަރިޓީ ބެނެފިޓް ޕްލޭނުގެ ބެނެފިޝިއަރީއަށް (ދަރިފުޅަށް) ލިބޭނެއެވެ.
މިސާލަކަށް އުމުރުން 6 އަހަރުގެ ދަރިފުޅަށް 18 ފުރެންވާ އިރަށް 100,000ރ. އެއްކުރަން އަމާޒު ހިފާފައިވާ ބެލެނިވެރިޔާ އެ ދުވަހާ ހަމައަށް އޮތް 12 އަހަރު ދުވަހު ކޮންމެ މަހަކު ވެސް 900ރ. ދައްކަމުން ގެންދަން ވާނެ އެވެ. ބާރަ އަހަރު ތެރޭގައި ޕްލޭނުގެ އެކިއެކި ފައިދާތަކާ އެކު ގާތްގަނޑަކަށް 130,000ރ.، ދަރިފުޅުގެ މުސްތަގުބަލާއި މަތީ ތައުލީމަށްޓަކާ އެއްކުރެވިފައި ހުންނާނެ އެވެ.

އަޔާދީ ތަކާފުލްގެ ޗައިލްޑް އެޑިއުކޭޝަން ޕްލޭނެއް ނެގުމަށް އެދޭ ނަމަ އެޕްލިކޭޝަން ފޯމާއެކު ބެލެނިވެރިޔާ އާއި ދަރިފުޅުގެ އައިޑީކާޑުގެ ކޮޕީ އަދި ފުރަތަމަ ތިން މަހުގެ ކޮންޓްރިބިއުޝަން ހުށަހަޅަން ޖެހެ އެވެ. ބޭންކް ޓްރާންސްފާ، ބީއެމްއެލް ބިލްޕޭ ނުވަތަ ނަގުދު ފައިސާއިން ވެސް އަޔާދީ ތަކާފުލްއަށް ދައްކަން ޖެހޭ ކޮންޓްރިބިއުޝަން ދެއްކޭނެއެވެ.
މިއީ ދަރިފުޅުގެ މުސްތަގުބަލަށްޓަކާ ފަހަށް ރައްކާކުރުމަށާއި މާލީ ގޮތުން މިނިވަން އަދި ޒިންމާދާރު މީހަކަށް ދަރިފުޅު ހެދުމަށްޓަކާ ބޭނުންތެރި ޕްލޭނެއް ކަން ޔަގީނެވެ.
titledesc











