ސިޓީ ކައުންސިލްގެ ހަރަދުގައި ވިލިމާލޭގައި ބުޅާ ފެސިލިޓީ އަޅަން ނިންމައިފި

މާލޭ މަގުމަތީ ދިރިއުޅޭ ބުޅާތަކެއް-- އަދަދު ފައިލް ފޮޓޯ

މާލޭ މަގުމަތީ ދިރިއުޅޭ ބުޅާތަކެއް-- އަދަދު ފައިލް ފޮޓޯ

މާލޭ ސިޓީ ކައުންސިލްގެ ހަރަދުގައި ބުޅާ ފެސިލިޓީއަކާއި ވެޓް ކްލިނިކެއް ވިލިމާލޭގައި ގާއިމްކުރަން އެ ކައުންސިލުގެ އާންމު ބައްދަލުވުމުގައި ފާސްކޮށްފި އެވެ.

މިގޮތަށް ސިޓީ ކައުންސިލުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 12 މެންބަރުންގެ ވޯޓުންނެވެ. އެކަމަށް ދެކޮޅު ހެއްދެވީ ވިލިމާލޭ ދާއިރާގެ މެންބަރު ނަހުލާ އަލީ އެކަންޏެވެ.

މިއަދުގެ އާންމު ބައްދަލުވުމުގައި ނަހުލާ އަލީ ވިދާޅުވީ ވިލިމާލޭގައި މީގެކުރިން ވެސް ވެޓް ކްލިނިކެއް ހިންގާފައިވާ ކަމަށާއި އެ ކަމުގެ ތަޖުރިބާ އެ އަވަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެނގޭ ކަމަށެވެ.

"ވިލިމާލޭ ރައްޔިތުންގެ، މެޖޯރިޓީ ރައްޔިތުންގެ ތާއީދު އޮތް ކަމެއް ނޫން މިއީކީ،" ވިލިމާލޭގައި ފެސިލިޓީ އެޅުމަށް ދެކޮޅު ހައްދަވައި ނަހުލާ ވިދާޅުވި އެވެ.

ބުޅަލުގެ އުނދަގުލަކީ ރައްޔިތުންނަށް "ތުރާލަކަށް ވެފައިވާ ކަމެއް" ކަމަށާއި ވިލިމާލޭގައި އަދި އެހެން އަވަށެއްގައި ވެސް އެ ފެސިލިޓީ އާއި ކްލިނިކް އަޅަން ނޭދޭ ކަމަށް ނަހުލާ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފެނޭ މާލޭ ސިޓީ ކައުންސިލުގެ އެއްވެސް އަވަށެއްގައި މިކަން ކުރާކަށް، މިކަމުން އާންމު ސިއްހަތަށް ބޮޑު ގެއްލުމެއް ވާއިރުގައި މާލޭ ނޫން އެހެން ތަނަކަށް މިތަން އެބަ ބަދަލު ކުރަން ޖެހޭ،" ނަހުލާ ވިދާޅުވި އެވެ.

"އަށް މިލިއަން ރުފިޔާ އެކަމަށް ހަރަދު ކުރާއިރުގައި، ރައްޔިތުންގެ ހިތްހަމަޖެހުން އެކަމުގައި ހިމެނޭ ކަމަކަށް ވެގެން ދިއުމަކީ މި ކައުންސިލަށް ވެސް ލިބިގެންދާނެ ކުރިއެރުމަކަށް ވެގެންދާނެ،"

މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މި ފައިސާއިން ކުރެވިދާނެ އެހެން ގިނަ ކަންކަން ހުރި ނަމަވެސް، މި މައްސަލައިގެ ބޮޑު ކަމުންނާއި މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެން މާ ގިނަ ދުވަސް ވެއްޖެ އެވެ.

"އެއްވެސް ގޮތަކަށް ފައިސާ ގިނަ ވެގެނެއް ނޫން މިއުޅެނީ، އަޅުގަނޑު ވެސް ފާހަގަކުރަން ކެޓް ޝެލްޓާއަކީ އެންކްލޯސްޑް ކުރެވިފައި ހުންނަ އެ ތަނުގެ ތެރޭގައި ޕްރޮފެޝަނަލުން ތިބެގެން ނިއުޓާ ކޮށް ޓްރީޓްކޮށް ބަލަހައްޓާ ތަނެއް،" މުއިއްޒު ވިދާޅުވި އެވެ.

މި މަޝްރޫއަށް އަށް މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ކައުންސިލުން އަންދާޒާ ކުރެ އެވެ. މިކަމަށް ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލްގެ ބަޖެޓުގަ އެވެ. މިތަން ހެދުމަށް ހަމަޖެހިފައިވަނީ ވިލިމާލޭގައި 3000 އަކަފޫޓުގެ ބިމެއްގައި އިމާރާތެއް އަޅައިގެންނެވެ.

މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ އަމިއްލަ ހަރަދުގައި ބުޅާ ފެސިލިޓީ ގާއިމްކޮށްދޭނެ ބައެއް ހޯދަން އިއުލާނުކޮށްފަ އެވެ. ނަމަވެސް އެކަމަށް ތަރުހީބެއް ލިބިފައި ނުވެ އެވެ.

ވިލިމާލޭގައި ކުރިން ހިންގަމުން އައި ވެޓް ކްލިނިކް މިދިޔަ އަހަރު ނިމުމާއެކު ވަނީ ބަންދުކޮށްފަ އެވެ. އެގޮތަށް ނިންމީ އަމިއްލަ ފަރާތްތަކުން މިހާރު ވެޓެރިނަރީ ކްލިނިކް ހިންގާތީ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox