އެލައިޑް ކޮމިއުނިޓީ ފަންޑަށް އެދުމުގެ ސުންގަޑި ހަމަވަނީ

އެލައިޑް ކޮމިއުނިޓީ ފަންޑަށް އެދުމުގެ ސުންގަޑި ހަމަވަނީ

އެލައިޑް އިންޝުއަރަންސްގެ އިޖުތިމާއީ ޒިންމާގެ ދަށުން މި އަހަރު ތައާރަފުކުރި އެލައިޑް ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާން ކައިރިވެއްޖެ އެވެ.

އެލައިޑް ކޮމިއުނިޓީ ފަންޑަކީ ރަށު ފެންވަރުގައި މުޖުތަމައަށް ދިގުމުއްދަތުގައި ފައިދާކުރަނިވި މަސައްކަތެއް ކުރުމަށްޓަކައި އެހީތެރިވެދޭން އުފެއްދި ފަންޑެކެވެ. އެލައިޑްގެ "ޕްރީމިއަމް ފޯ ގުޑް އިނިޝިއޭޓިވްސް"ގެ ދަށުން ފަންޑު އުފެއްދީ ރަށު އެންމެންނަށް އޭގެން ފައިދާކުރާ ހިދުމަތެއް ކުރުމަށް ބާރުއެޅުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިފަދަ މަސައްކަތެއް ކުރުމަށްޓަކައި އެލައިޑުގެ އެހީތެރިކަމަށް އެދޭ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން ކޮންމެވެސް ހަތަރު ޕްރޮޖެކްޓެއް ހިންގުމަށް އެލައިޑުގެ ފަންޑުން 50,000 ރުފިޔާ ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހު 31 ވަނަ ދުވަހުގެ ކުރިންނެވެ.

ފަންޑަށް އެދި ހުށަހަޅޭނީ ކޮންކަހަލަ މަސައްކަތްތަކެއް ކުރުމަށް؟

އެލައިޑުން ބުނީ އެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދޭނީ ސިއްހަތާއި ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، ތައުލީމާއި އިނޮވޭޝަން އަދި ތާރީހާއި ތަރިކައިގެ ދާއިރާއިން ރަށުގައި އެންމެންނަށް ފައިދާކުރަނިވި ޕްރޮޖެކްޓުތައް ނުވަތަ ޕްރޮގްރާމްތައް ހިންގުމަށެވެ.

އެ ދާއިރަތަކުން ހިންގިދާނެ ބައިވަރު ޕްރޮޖެކްޓުތައް ހުންނާނެކަން ފާހަގަކޮށް އެލައިޑުން ބުނީ، ރަށުގެ ތިމާވެށި ގޮނޑުދޮށް ރައްކާތެރިކޮށް ޒީނަތްތެރިކުރުމުގެ ޕްރޮޖެކްޓާއި، ރަށު ރައްޔިތުންގެ މެދުގައި ދެމެހެއްޓެނިވި ގޮތުގައި ތިމާވެށި ރައްކާތެރިކުރުމަށް ބާރުއެޅުމުގެ ގޮތުން ހަރަކާތް ހިންގުމުގެ އިތުރުން ރަށުގެ ތާރީހާއި ސަގާފަތާއި އާސާރީ ވާހަކަތައް ބޭނުންކޮށްގެން ރަށް ޕްރޮމޯޓުކުރުމުގެ މަސައްކަތެއް ވެސް ކުރެވިދާނެ ކަމަށެވެ. އަދި ރަށުގެ އާންމު ތަންތަނުގައި ރައްޔިތުން ހިތްހަމަޖައްސާލައިގެން ތިބެވޭނެ ތަންތަން ވެސް ހެދިދާނެ އެވެ.

މީގެ އިތުރުން ސިއްހީ ދުޅަހެޔޮކަމާއި ތިމާވެއްޓާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކާ ބެހޭގޮތުން ރަށު ރައްޔިތުން ހޭލުންތެރިކޮށް ބާރުވެރިކުރުމަށްޓަކައި ވޯކްޝޮޕް ބޭއްވުމަކީ ވެސް އޭގެ ފައިދާ ދިގުމުއްދަތުގައި ރަށު އެންމެންނަށް ކުރާނެ ފަދަ ހަރަކާތެއް ކަމަށް އެލައިންޑުން ބުނެ އެވެ.

މިމަހު 31 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން އެލައިޑުގެ ކޮމިނިޓީ ފަންޑަށް އެދި އެކަމަށް ހާއްސަ ފޯމު ފުރުމަށް އެލައިޑުން އެދެ އެވެ.

ނަމަވެސް މިކަމުގައި އެހީތެރިކަން ލިބޭނީ ގްރޭޓާ މާލެ ސަރަހައްދުން ބޭރުގައިވާ މީހުން ދިރިއުޅޭ ރަށްތަކުގައި ޕްރޮޖެކްޓު ހިންގުމަށް ކަމަށް އެލައިންޑުން ބުނެ އެވެ. ހަމައެއާއެކު މިކަމަށް އެދެވޭނީ ޔޫތު މިނިސްޓްރީ އާއި މީރާގައި ރަޖިސްޓްރީވެފައިވާ ކްލަބު ޖަމިއްޔާ ޖަމާއަތްތަކަށް ކަމަށާއި، ރަށުގެ މުޖުތަމައަށް ފައިދާކުރަނިވި މަސައްކަތެއް ކުރުމަށް އެދޭ ފަރުދަކު ވާ ނަމަ، ރަށުގައި ގާއިމުވެފައިވާ ކްލަބު ޖަމިއްޔާއަކާ ގުޅިގެން އެލައިޑް ކޮމިއުނިޓީ ފަންޑުގެ އެހީއަށް އެދެވިދާނެ ކަމަށް ވެސް އެލައިންޑުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox