ބަންޑާރަ އުސޫލުން ގޯތި ދޫކުރުމާ މިނިސްޓަރު އަސްލަމް ދެކޮޅު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް-- ފޮޓޯ: މަޖިލިސް

ބަންޑާރަ އުސޫލުން ރައްޔިތުންނަށް ގޯތި ދޫކުރުމަކީ ދިގު މުއްދަތަކަށް ބަލާއިރު ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް ހާޒިރުކުރުމުން ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ބައެއް ރަށްރަށުން ހިލޭ ގޯތި ދިނުމުގެ ސިޔާސަތެއް އޮތްތޯ ސުވާލުކުރައްވާފަ އެވެ.

"މިއީ އަޑު އަހަން އުނދަގޫ ވާހަކަތަކަކަށް ވެދާނެ، އެއްވެސް މީހަކު ބޭނުމެއް ނުވެދާނެ ކަންނޭނގެ ކައިރި މުސްތަގުބަލެއްގައި ނޫނީ ދުރު މުސްތަގްބަލެއްގައި ވެސް ބަންޑާރައިން ގޯތި ދިނުމަކީ ހުއްޓާލަފާނެ ޒާތުގެ ވާހަކައެއް ކަމަށް އަޅުގަނޑުމެން ސިޔާސީ މީހަކު ވާހަކަ ދެއްކުން ވެސް، އެކަމަކު މިކަން ސަސްޓެއިން ކުރެވެން އަންނާނެ ގޮތަކީ އެއީ ކަމަށް އަޅުގަނޑު ދެކެނީ،" އާޒިމްގެ ސުވާލަށް ވަރަށް ތަފްސީލުކޮށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ރާއްޖޭގައި އާބާދީ ކުރިއަށް އޮތްތަނުގައި ވެސް ދާނީ އިތުރުވަމުން ކަމަށާއި ރައްޔިތުން ބޭނުންވާ ވަރަށް "އަބަދަކު ނުހިއްކޭނެ" ކަމަށެވެ. އަދި، އެއާއެކު ބިމުގެ ވިޔަފާރި ވެސް ދާނީ ބޮޑުވަމުން ކަން ފާހަގަކުރެއްވި އެވެ.

"އެ ހުރިހާ ކަމަކަށް ގުޅުވާފައި އަޅުގަނޑުމެން އެބަޖެހޭ، އިހު ޒަމާނުގައި ކަންކުރި ގޮތާ މެދު-- އެކަން ގޯހީކީ ނޫން، އެ ޒަމާނަށް ބަރާބަރަށް އެކަން ހަމަ ރަނގަޅު، މިހާރު ގެންނަންވީ ކޮން ބަދަލުތަކެއްތޯ [ބަލަން ޖެހޭ]" އަސްލަމް ވިދާޅުވި އެވެ.

މީގެ އިތުރުން، އަސްލަމް ވަނީ އަމިއްލަ ރަށް ނޫން އެހެން ރަށް ރަށުން ގޯތި ދެވޭނެ އުސޫލެއް އޮންނަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ގާނޫނުން އެކަން މަނާ ނުކުރިނަމަ ވެސް އަދިވެސް ކަން ހިނގަމުން އަންނަނީ އެހެން ކަމަށާއި މާލެއިން ގޯތި ދޫކުރުމަށް ހުޅުވާލީ އެ އުސޫލުގެ ދަށުން ކަމަށް ވެސް ވިދާޅުވި އެވެ.

"ހަމައެކަނި މާލޭގަ ޖެހުނީމަކާ ނޫން ނޫނީ އެ މީހެއްގެ ރަށުގައި ޖެހުނީމަކާ ނޫނޭ މިކަން ކުރަން ޖެހެނީ، މުޅި ގައުމާ ދޭތެރޭގައި އެއް ހަމައަކުން ވިސްނައި، ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ކޮންމެ ތާކުން ވެސް [ލިބެން ޖެހޭ]، އެކަމަކު ހިލޭ ދޭ ކަމަށް ވަންޏާ އަޅުގަނޑަށް ހަމަ ޔަގީން އަޅުގަނޑުމެން ބަންޑާރައިން ދޭ އުސޫލު އޮވެއްޖެ ކަމަށް ވަންޏާ ޔަގީން ކޮންމެ މީހަކު ވެސް ބޭނުންވާނީ އޭނާއަށް ލިބިފައި އެހެން މީހަކަށް ލިބެން،" އަސްލަމް ވިދާޅުވި އެވެ.

މިއީ ކުރިއަށް އޮތްތަނުގައި ސިޔާސަތުތަކަށް ބަދަލު ގެނެވިދާނެ ގޮތެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox