"ބޮޑު ބުރަ މަސައްކަތެއްގެ ފެށުން"؛ ކުނި މެނޭޖުކުރުމުގެ ގައުމީ ކެމްޕެއިނު އިފްތިތާހުކޮށްފި

ފަސްގަނޑު ކެމްޕެއިނު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވާހަކަދައްކަވަނީ-- ފޮޓޯ: އެންވައިރަމެންޓް މިނިސްޓްރީ

ފަސްގަނޑު ކެމްޕެއިނު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވާހަކަދައްކަވަނީ-- ފޮޓޯ: އެންވައިރަމެންޓް މިނިސްޓްރީ

ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރުމާގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ތިމާވައްޓާ ބެހޭ މިނިސްޓްރީން "ފަސްގަނޑު"ގެ ނަމުގައި ގައުމީ ކެމްޕެއިނެއް މިއަދު އިފްތިތާހުކޮށްފި އެވެ.

އެންސީއައިޓީ ބިލްޑިންގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކެމްޕެއިނު އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެވެ.

"އަޅުގަނޑުމެން ބޭނުންކޮށްފައި ބާކީވާ ތަކެތި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖުކުރެއްވިއްޖެނަމަ އޭގެ ފައިދާ ސިއްހަތަށާއި ތިމާވެއްޓަށް ނުހަނު ގެއްލުން ދެނިވި އެއްޗެހިތަކެއް ނުވަތަ ކަންކަން އަޅުގަނޑުމެންނަށް އެބަ ހައްލު ކުރެވޭ،" ކެމްޕެއިނު އިފްތިތާހު ކުރުމުގެ ޖަލްސާގައި އެންވައިރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވި އެވެ. "މިއީ ބޮޑު ބުރަ މަސައްކަތެއްގެ ފެށުން، މިކަމުގެ ހަގީގީ ނަތީޖާ އަޅުގަނޑުމެންނަށް ހާސިލް ކުރެވޭނީ ވަރަށް ގިނަ ދުވަހުން."

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަ ކަން ފާހަގަކުރައްވައި ޝައުނާ ވިދާޅުވީ، ރަށްރަށުގައި ނައްތާނުލެވޭ ވަރަށް މިހާރު އަންނަނީ ކުނި އުފައްދަމުންނެވެ. އެގޮތުން، ރޯދަ މަހާ އަޅާ ބަލާއިރު ކުނި ތިން ގުނަ އިތުރުވެފައިވާ ކަން ޝައުނާ ފާހަގަކުރެއްވި އެވެ. އެ މައްސަލައަށް އޮތް ހަގީގީ ހައްލަކީ އިސްރާފު ކުޑަކުރުމުން ކަމުގައި ދެކޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތަކެއްޗަށް ބަރޯސާ ވާ މިންވަރާއި ބަރޯސާވާ ތަކެއްޗަކީ އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލެވޭ ތަކެތި ނޫން ކަމުގައި ހަދައިގެން، ރީސައިކަލް ކޮށްގެން،" ޝައުނާ ވިދާޅުވި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ކުންޏާއި ވަސީލަތްތައް މޭނޭޖްކުރުމާއި މި މަސައްކަތް ރާވާ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ދިރާސާތަކެއް ކުރެވި، އާންމު ރައްޔިތުންނަށް އަމާޒުކުރެވިގެން މި ކެމްޕެއިން ފަރުމާކޮށް ވަނީ ޕްލޭންތަކެއް އެކުލަވާލެވިފަ އެވެ. އަދި، މި ކެމްޕެއިން ތަންފީޒުކުރުމަށް ބޭނުންވާ ޓޫލްކިޓް ވެސް އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ފަސްގަނޑު' ކެމްޕެއިނުގެ ދަށުން މައިގަނޑު ފަސް ދާއިރާއަކުން އާންމުން ހޭލުންތެރި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ސިއްހީ، އިޖުތިމާއީ، ތައުލީމީ، ޖެންޑާގެ އިތުރުން އިގްތިސޯދީ ދާއިރާ އެވެ.

އެ ކެމްޕެއިނުގެ ދަށުން ފަރުދީ ފެންވަރުން ފެށިގެން ރަށު ފެންވަރުގަޔާއި ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރުން މިހާރަށް ވުރެ ހަރުދަނާކުރުމަށް މަސައްކަތްތައް ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox