ހުލާސާކޮށް އިއްޔެ: ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ނަޝީދުގެ ހުށަހެޅުމާއި ވަގުތު ތާވަލެއް

Aug 16, 2022, 1:30 AM
ވެރިކަމުގެ ނިޒާމު ބަދަލުކުރަން ހުށަހަޅުއްވާ ކަންކަން ހިއްސާ ކުރެއްވުމަށް އިއްޔެ އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ހުށަހަޅުއްވާ ކަންކަން ހިއްސާ ކުރެއްވުމަށް އިއްޔެ އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަކީ ވަރަށް ގިނަ މަރުހަލާތަކަކުން ކުރެވެން އޮތް ކަމަކަށް ވިޔަސް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެ ބަދަލުގެންނެވުމުގެ ޝައުގުވެރިކަން ހުންނެވި ކަމަށް ވިދާޅުވެ، ހުށަހެޅުންތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރެއްވީ އިއްޔެ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑު ވަޒީރަކަށް ވެވަޑައިގަތުމުގެ އުއްމީދަކީ އެމްޑީޕީގެ މި ވެރިކަން ފެށުމުގެ ކުރިން ވެސް ނަޝީދު ގެންގުޅުއްވާ އުއްމީދެކެވެ. އެހެންވެ، އެ ވާހަކަ އެކި ގޮތްގޮތަށް، ތިލަކޮށާއި ފުންކޮށް އެ މަނިކުފާނު އަންނަނީ ދައްކަވަމުންނެވެ.

އެކަމަށްޓަކައި ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް އެ މަނިކުފާނު ހުށަހަޅުއްވާ ހުށަހެޅުމާއި ވަގުތު ތާވަލު ތަފްސީލްކޮށް ހިއްސާކޮށް ދެއްވީ އެމްޑީޕީގެ އޮފީހުގައި އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ނަޝީދު ވިދާޅުވީ ނިޒާމު ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓް މި އަހަރު ނަގަން އެމަނިކުފާނު ހުށަހަޅުއްވާނެ ކަމަށެވެ. ނިޒާމު ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލު މިހާރުން މިހާރަށް ގެންނަން ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މި އުއްމީދުކުރާ އަދި އަދި އަޅުގަނޑު ހުށަހަޅާ ގޮތްތަކުގެ ތެރޭގައި މިހާރު ގާނޫނުއަސާސީއަށް ބަދަލު ގެނެވި، މިއަހަރު ތެރޭގައި ފެންނަ ނުފެންނަ ވޯޓް ނެގި ފެބްރުއަރީން ފެށިގެން އިންތިގާލީ ބަރުލަމާނީ ނިޒާމު ހިނގަމުން ގޮސް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު އެއީ ބަރުލަމާނީ ނިޒާމު [ހިންގަން] ގާނޫނުއަސާސީ އިސްލާހުކުރެވިފައިވާ ގޮތަށް ބޭއްވޭ ރިޔާސީ އިންތިހާބަކަށް [ވުން]،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އުއްމީދަކީ އަންނަ ފެބްރުއަރީން ފަށައިގެން ނިޒާމު ބަދަލުކުރުމުގެ އިންތިގާލީ މަރުހަލާތައް ފެށި، 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަނާނީ ނިޒާމަކަށް ބަދަލުކޮށް ނިންމުމެވެ.

ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން އެންމެންގެ ތާއީދަށް ވެސް އެދިވަޑައިގަންނަވާ ކަމަށާއި އެކަމުގައި ނާކާމިބުވެވަޑައިގެންފާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު އަދި މިހާރު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްއާ ދެކޮޅަށް ނަޝީދު ކުރިން މަސައްކަތްތައް ކުރައްވައި، އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހުގެ ތެރެއިން ނެގުމަށް މަސައްކަތް ކުރައްވާފައިވާއިރު، އިއްޔެ ނަޝީދު ވިދާޅުވީ ނިޒާމު ބަދަލުކުރުމުގެ މަސައްކަތުގައި ފައްޔާޒުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ.

"އަޅުގަނޑު ހުރިހާ ބޭފުޅުންނާ ވެސް ވާހަކަދައްކަވަމުން ގެންދަވަން ބޭނުން، އަދި ހާއްސަކޮށް ފައްޔާޒް އިސްމާއީލް، ތަކުރާރު އަޅުގަނޑު އެބަކުރަން، އޭނާއަކީ ޑައިނެމިކް ބޭފުޅެއް، ކަންތައްތައް ކުރައްވާ ބޭފުޅެއް އަދި ހިންގުންތެރި ބޭފުޅެއް، އަދި އެ ބޭފުޅާއާއެކީ މަސައްކަތް ކުރުމަށް އަޅުގަނޑު އެދޭނަން،" ނަޝީދު ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ކޮންގްރެސް އޮންނާނީ އަންނަ ހުކުރު ދުވަހުން ފަށައިގެން އާދީއްތަ ދުވަހުގެ ނިޔަލަށެވެ. އެ ކޮންގްރެސް ވެގެންދާނީ ރާއްޖޭގެ ނިޒާމު ބަދަލު ކުރުމާމެދު މަޖިލީހުގެ ސުޕަ މެޖޯރިޓީ ކޮންޓްރޯލް ކުރާ އެމްޑީޕީން ގޮތެއް ނިންނާމެ ދުވަހަށެވެ.

އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާފައި ވަނީ ބޮޑުވަޒީރުގެ މަގާމު އުފެއްދުމާއެކު މަޖިލީހުގެ ތެރެއިން އެމަގާމަށް ބޭފުޅަކު އިންތިހާބުކޮށް، އެއީ ސަރުކާރުގެ އެންމެ އިސް މީހާ ކަމަށް ހަމަޖެއްސުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރުމަށެވެ. އެގޮތުން ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ނަޝީދު ގަރާރުގައި އެދިވަޑައިގެންފައިވެ އެވެ.

ނަޝީދުގެ ހުށަހެޅުމަށް ފައްޔާޒުގެ ތާއިދެއް ނެތް

ނިޒާމު ބަދަލުކުރުމުގެ މަސައްކަތުގައި ފައްޔާޒުގެ އެހީތެރިކަން ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވެފައި ވަނިކޮށް ފައްޔާޒު ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް ބޮޑުވަޒީރުގެ މަގާމު އުފެއްދުމަކީ ކުރަން "ހެޔޮވާވަރުގެ ކަމެއް ނޫން" ކަމަށެވެ.

އަދަދު ނޫހާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ނިޒާމު ބަދަލުކޮށްފި ނަމަ އޭގެ ނަތީޖާ ރަނގަޅުނުވާނެ ކަމަށެވެ.

"ރާއްޖެއަކީ ކުޑަ ގައުމަކަށް ވުމާއެކު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުން ނުކުންނަ ނަތީޖާ ރަނގަޅު ވާނެ ކަމަށް ގަބޫލު ނުކުރެވޭ. ބަރުލަމާނީ ނިޒާމުގައި މަދު ބައެއްގެ އަތް ދަރަށް ސަރުކާރުގެ ކޮންޓްރޯލް ދާނެ. [އެއާ ހިލާފަށް] ރިޔާސީ ނިޒާމުގައި ހުރިހާ ރައްޔިތުންނަށް ބަސް ބުނުމުގެ ފުރުސަތު ލިބޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ގާތްކޮށް މަސައްކަތް ކުރައްވާ އެމަނިކުފާނުގެ އިގްތިސާދާ ބެހޭ މިނިސްޓަރު ވިދާޅުވި އެވެ.

ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ބޮޑަށް ރައްދުވި ސުވާލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅޭ ގޮތުން ކުރިން ތުހަމަތާއި ހަތަރު ފޮޓޯގަނޑާ ގުޅޭ ގޮތުންނެވެ. އެ ސުވާލަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި ވިދާޅުވީ ލިޔުއްވާފައި އޮތް ބަސްކޮޅެކެވެ. ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރެއްވިއިރު ވެސް އެ ސުވާލަށް ޖަވާބެއް ނުދެއްވި އެވެ.

މުހިންމު ބައެއް ހަބަރުތައް

  • ގިނަ ދުވަސްތަކަކަށްފަހު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރެއްވީ އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހަޅުއްވާ ވަރުގަދަ ހުށަހެޅުންތައް އިތުރަށް ތަފްސީލް ކޮށްދެއްވުމަށެވެ. ނަމަވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމުގެ ނިޔަތުގައި ހުށަހަޅުއްވާ އެ ހުށަހެޅުންތަކުގެ ދިފާއުގައި އެމަނިކުފާނު ދެއްކެވި ގިނަ އުޒުރުތައް، އެ ބައްދަލުވުން ނިމިގެންދިޔައިރު ވެސް، ދެކޮޅު ޖެއްސެވުނު މަންޒަރެއް ނުފެނުނެވެ.
  • ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބަދުއަހުލާގީ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ކުރިން ދެއްކެވި ވާހަކަފުޅަކީ ރައީސް ކުރެއްވި ތުހުމަތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ އެވެ.
  • ދިވެހިރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށްފި ނަމަ ރައްޔިތުން ހާލުގައި ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވި އެވެ.
  • ދުވާލުގެ އަލިކަމުގައި މާލޭގެ މަގަކުން ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަންނަ މަންޒަރު ފެންނަ ވީޑިއޯއެެއް ސޯޝަލް މީޑިއާގައި އިއްޔެ އާއްމުކުރިތާ އެތައް ގަޑިއިރެއްވީ އިރު ވެސް ތުހުމަތުވާ މީހުން ހައްޔަރު ނުކުރާތީ ފުލުހުންނަށް ފާޑުކިއުން ވިއެވެ.
  • އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ގެސްޓްހައުސްތަކާއި ޓޫރިސްޓް ހޮޓާތައް އަަޅަން ބީލަން އުސޫލުން ދޫކުރި ބިންތައް ކާމިޔާބުކުރި ފަރާތްތަކާ މިއަދު އެ ބިންތައް ހަވާލުކުރީ އިއްޔެ އެވެ.
  • ވ. އަތޮޅުގައި އޮންނަ ފަޅެއް ކަމަށްވާ މާގުޅީ ފަރަށް އެރި ބާޖެއް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކުރިކަން އިއްޔެ ރިޕޯޓްކުރި އެވެ. އެ ބާޖު ފަރަށް އަރާފައި ވަނީ މި އަހަރުގެ މޭ މަހު، އިންޑިއާއިން ހިލަ ހިފައިގެން އެ އަތޮޅު ރަކީދު އަށް ދަތުރުކުރަނިކޮށެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ އެހީތެރިކަމަށް އެދޭ ކަމަށް އެމްޑީޕީގެ ރައީސް ތަކުރާރުކޮށް ވިދާޅުވެފައި ވަނިކޮށް، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ހޮޔަވާވަރު ކަމެއް ކަމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ރާއްޖެއަކީ ކުޑަ ގައުމަކަށް ވުމާއެކު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުން ނުކުންނަ ނަތީޖާ ރަނގަޅު ވާނެ ކަމަށް ގަބޫލު ނުކުރެވޭ. ބަރުލަމާނީ ނިޒާމުގައި މަދު ބައެއްގެ އަތް ދަރަށް ސަރުކާރުގެ ކޮންޓްރޯލް ދާނެ. [އެއާ ހިލާފަށް] ރިޔާސީ ނިޒާމުގައި ހުރިހާ ރައްޔިތުންނަށް ބަސް ބުނުމުގެ ފުރުސަތު ލިބޭ،"

ދުވަހުގެ ފޮޓޯ

މިއީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޓީމަކުން ހޯދި ފުރަތަމަ މެޑަލް. މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގެ އަންހެން ޓީޓީގެ ޓީމު އިވެންޓްގައި އަށް ގައުމު ވާދަކުރިއިރު، ރާއްޖޭގެ އަންހެން ޓީޓީ ޓީމަށް ލޯ މެޑަލް ލިބުނީ ސެމީ ފައިނަލް މެޗުން 3-0 އިން އީރާން އަތުން ބަލިވުމުން
މިއީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޓީމަކުން ހޯދި ފުރަތަމަ މެޑަލް. މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގެ އަންހެން ޓީޓީގެ ޓީމު އިވެންޓްގައި އަށް ގައުމު ވާދަކުރިއިރު، ރާއްޖޭގެ އަންހެން ޓީޓީ ޓީމަށް ލޯ މެޑަލް ލިބުނީ ސެމީ ފައިނަލް މެޗުން 3-0 އިން އީރާން އަތުން ބަލިވުމުން

އޮގަސްޓު 15، 2022 - އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޓީމުން މެޑްލް ހޯދުމާއެކު އެ ޓީމަށް މަރުހަބާ ކިޔުމަށްޓަކައި އިއްޔެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތަށް ޓީމު އައުމާއެކު، އެ ޓީމުގެ ދީމާއާ ރައީސް ސޯލިހު ސަލާމް ކުރައްވަނީ. މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގެ އަންހެން ޓީޓީގެ ޓީމު އިވެންޓްގައި އަށް ގައުމު ވާދަކުރިއިރު، ރާއްޖޭގެ އަންހެން ޓީޓީ ޓީމަށް ލޯ މެޑަލް ލިބުނީ ސެމީ ފައިނަލް މެޗުން 3-0 އިން އީރާން އަތުން ބަލިވުމުންމިއީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޓީމަކުން ހޯދި ފުރަތަމަ މެޑަލް. މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގެ އަންހެން ޓީޓީގެ ޓީމު އިވެންޓްގައި އަށް ގައުމު ވާދަކުރިއިރު، ރާއްޖޭގެ އަންހެން ޓީޓީ ޓީމަށް ލޯ މެޑަލް ލިބުނީ ސެމީ ފައިނަލް މެޗުން 3-0 އިން އީރާން އަތުން ބަލިވުމުން

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox