ކޮވިޑާ ހެދި ޗައިނާގައި ކުޅެން އޮތް ޓެނިސް ހަތަރު މުބާރާތެއް ކެންސަލް

Jul 24, 2022, 4:03 AM
2019 ވަަނަ އަހަރުގެ ޝަންހާއީ މާސްޓާސް މުބާރާތުގެ ތެރެއިން ސްޓެފާނޯސް ސިޓްސިޕާސް ބޯޅައެއް ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ

2019 ވަަނަ އަހަރުގެ ޝަންހާއީ މާސްޓާސް މުބާރާތުގެ ތެރެއިން ސްޓެފާނޯސް ސިޓްސިޕާސް ބޯޅައެއް ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖުލައި 24) - ޗައިނާގައި މި އަހަރު ބާކީ ބައިގައި ކުޅެން އޮތް އޭޓީޕީ ލެވަލްގެ، ޓެނިސް ހަތަރު މުބާރާތެއް، ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކެންސަލްކޮށްފި އެވެ.

އޭޓީޕީން ޗައިނާގައި މި އަަހަރު ނޯންނާނެކަން އިއުލާނުކުރި ހަތަރު މުބާރާތަކީ، ޝަންހާއީ މާސްޓާސް، ބެއިޖިން އޯޕަން، ޝެންޑޫ އޯޕަން އަދި ޒުހާއީ ޗެމްޕިއަންޝިޕް އެވެ. މި މުބާރާތްތައް ކެންސަލްކުރަން ޖެހުނީ ޗައިނާ ސަރުކާރުން ހަރުކަށިކަމާ އެކު ޒީރޯ ކޮވިޑް ޕޮލިސީގެ ކަންކަން ތަންފީޒްކުރަން އަމާޒުހިފާފައިވާތީ އެވެ.

ޓެނިސްގެ ރޭންކިން އާއި އެހެނިހެން ކަންކަމަށް ބަލާފައި، ޗައިނާގެ މުބާރާތްތައް ކެންސަލްކުރުމުން، އޭޓީޕީން ވަނީ ކަލަންޑަރަށް އިތުރު ހަ މުބާރާތެއް ހިމަނައިފަ އެވެ.

ޗައިނާގައި މި އަހަރު ބާއްވަން ނިންމި އޭޝިއަން ގޭމްސް އާއި އަންނަ އަހަރުގެ އޭޝިއަން ކަޕް ވެސް ފުރަތަމަ ޝެޑިއުލްކުރި ގޮތަށް ނުބޭއްވުނެވެ. އޭޝިއަން ގޭމްސް އަންނަ އަހަރަށް ފަސްކުރިއިރު، އަންނަ އަހަރުގެ އޭޝިއަން ކަޕް ހޯސްޓް ކުރުމުގެ ފުރުސަތު ޗައިނާ އަށް ޖެހުނީ ދޫކޮށްލާށެވެ.

އޭޓީޕީން އަލަށް ހިމެނި އިވެންޓްތައް އޮންނާނީ ސެން ޑިއޭގޯ، ސޯލް، ޓެލް އަވީވް، ފްލޮރެންސް، ގިޖޯން އަދި ނޭޕްލްްސް އެވެ. މި އިވެންޓްތައް ކުރިއަށްދާނީ ސެޕްޓެމްބަރު 19 އިން އޮކްޓޫބަރު 23 އަށެވެ.

ޓެނިހުގައި ކުރިއަށް އޮތް އެއް މުބާރާތަކީ ތަރިން ބެހިގެންދާ އިވެންޓެއް ގޮތަށްކުރިއަށްދާ ލޭވާ ކަޕް އެވެ. އެ ގޮތުން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތަށް ޓީމު ބަހާފައި އޮންނަނީ ޔޫރަޕްގެ ޓީމަކާއި ދުނިޔޭގެ އެހެން ހުރިހާ ބައްރެއް އެއްކޮށް ހިމެނޭ ޓީމެއް ގޮތަށެެވެ. މި މުބާރާތް އޮތީ ސެޕްޓެމްބަރު 23-25 އަށް ލަންޑަންގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox