ޕެސްޓިސައިޑްސް ހުންނަން ޖެހޭ މިންވަރަށްވުރެ އިތުރަށް ހުރުމުގެ ސަބަބުން ތަގައްޔަރުވެފައިވާތީ ޔޫރޯ ބްރޭންޑްގެ ތޯމަސް ސީޑްލެސް މޭބިސްކަދުރު ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ގްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
މި އުފެއްދުން އެކްސްޕޯޓް ކޮށްފައިވަނީ އިންޑިއާގެ 'ޔޫރޯ ފްރުޓްސް ޕްރައިވެޓް ލިމިޓެޑް'އިން ކަމަށާއި މި އުފެއްދުން ހޯލްސޭލްކޮށްފައިވަނީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމުގައިވާ 'ގްލޯބަލް ގްރީން ޓީމް'އިން ކަމަށް އެ އޮތޯރިޓީން ބުނެފައިވެ އެވެ.
އެ އޮތޯރިޓީން އިތުރަށް ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 'ޔޫރޯ ފްރުޓްސް' ބްރޭންޑްގެ "ތޮމްސަން ސީޑްލެސް ގްރޭޕްސް"ގެ މި ލޮޓް ނަންބަރު ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގާ ކަމަށެވެ.













