ކޭސްތައް އިތުރު ވިޔަސް ފިޔަވަޅު އެޅުމުގެ ވިސްނުމެއް ނެތް: އެޗްޕީއޭ

ވެކްސިން ޖެހުމަށް ކިޔުގައި: މާސްކް އެޅުމަށް އަނެއްކާވެސް އެޗްޕީއޭން ވަނީ އިލްތިމާސް ކޮށްފައި-- ފޮޓޯ: އަދަދު

ވެކްސިން ޖެހުމަށް ކިޔުގައި: މާސްކް އެޅުމަށް އަނެއްކާވެސް އެޗްޕީއޭން ވަނީ އިލްތިމާސް ކޮށްފައި-- ފޮޓޯ: އަދަދު

ރާއްޖޭގެ ކޮވިޑް ހާލަތު އިތުރު ވާން ފަށާފައިވީ ނަމަވެސް, އެއްވެސް ހަރުކަށި ފިޔަވަޅެއް އެޅުމުގެ ވިސްނުން ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.

ރާއްޖޭން ކޮވިޑް ފެނުމާއެކު މާލެ ސިޓީ ލޮކްޑައުންކޮށް 2020 ވަނަ އަހަރު ތެރޭ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން ދިޔަ އެވެ. އެކި ދުވަސްވަރު ކޮވިޑްގެ ކޭސްތައް އިންތިހާއަށް ގިނަވުމުން ވަރަށް ހަރުކަށި އުސޫލުތައް ވެސް ގެންގުޅުނެވެ.

ނަމަވެސް, މި އަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑްގެ ހާލަތު އާންމު ހާލަތަކަށް އައިކަން އިއުލާންކުރި އެވެ. އަދި ދެ އަހަރަށްފަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި, މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނަ އެވެ.

އޭގެފަހުން, ރާއްޖޭގައި ކޮވިޑް ކޭސްތައް ފެންނަ މިންވަރު ދަށްވެފައި އޮތުމަށްފަހު އަނެއްކާވެސް ކޭސްތައް ގިނަވަމުންދާ ކަމަށް އެޗްޕީއޭން ބުނީ އިއްޔެ އެވެ. އޭގެ ތެރޭގައި ހާލު ބޮޑުވެ އެނދުމަތިކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް އިތުރެވެ.

ކޮވިޑް އިތުރުވަމުންދާތީ ކުރީގެ ހާލަތަށް، ހަރުކަށި ފިޔަވަޅުތަކެއް އަޅާނެތޯ "އަދަދު" އިން ކުރި ސުވާލަށް ޖަވާބު ދެމުން އެޗްޕީއޭން ބުނީ މިވަގުތު އެއްވެސް ފިޔަވަޅެއް އެޅުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ.

"މިވަގުތަށް އެއްވެސް ފިޔަވަޅެއް އެޅުމަކަށް ނުވިސްނަން. އެއީ އަދި ހަމަ ސިޗުއޭޝަން މޮނިޓާ ކުރަނީ،" އެޗްޕީއޭން މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވި އެވެ.

ކުރިއަށް އޮތީ ސްކޫލު ބޮޑު ބަންދާއި އީދު ބަންދު ކަމަށް ވުމުން ކޮވިޑް ކޭސްތައް އިތުރުވެދާނެތީ ސަމާލު ވުމަށާއި މާސްކް އަޅާ ރައްކާތެރިވުމަށް އެޗްޕީއޭން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ބޫސްޓާ ޑޯޒް ޖަހަން އިލްތިމާސެއް

ކޭސްތައް އިތުރުވަމުންދާތީ ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުކުރާ މީހުން ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭން އިލްތިމާސް ކުރެ އެވެ.

އެގޮތުން 12 އަހަރުން މަތީގެ ފަރާތްތަކަށް ވެކްސިންގެ ދެ ޑޯޒު އަދި 18 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ދެޑޯޒު ފުރިހަމަ ކޮށް 6 މަސްވެފައިވާ ފަރާތްތަކަށް ބޫސްޓާ ޖެހުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެޗްޕީއޭން އެންމެ ފަހުން އާންމު ކޮށްފައިވާ ވެކްސިންގެ މައުލޫމާތު ތަކަށް ބަލާއިރު، ފުރަތަމަ ޑޯސް 398،751 މީހުން ޖަހާފައިވެ އެވެ. އެއީ ރާއްޖޭގެ އާބާދީގެ 88.06 ޕަސެންޓު މީހުންނެވެ.

ދެވަނަ ޑޯޒް 384،347 މީހުން ޖަހާފައި ވާއިރު އެއީ އާބާދީގެ 84.88 ޕަސެންޓް މީހުންނެވެ. އަދި ބޫސްޓާ ޑޯޒް ޖަހާފައި ވަނީ އާބާދީގެ 35.76 ޕަސެންޓެވެ. އެއީ 161،938 މީހުންނެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނިމިގެން ދިޔަ ހަފުތާގައި އެކަނި 142 ކޭސް ވަނީ ފެނިފަ އެވެ. އެއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު 69 ޕަސެންޓްގެ އިތުރު ވުމެއް ކަމަށް އެޗްޕީއޭން ބުނެ އެވެ.

ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާއިރު މިދިޔަ މެއި މަހު ކޮވިޑް ޖެހިގެން ރާއްޖޭގައި އެޑްމިޓް ކޮށްފައި ވަނީ މުޅިއެކު 15 މީހުން ކަމަށާއި ނަމަވެސް މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް 11 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލާއިރު، މުޅި ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައި ވަނީ 179،979 މީހުންނެވެ. އަދި 299 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox