އީގަލްސްގެ އާ ކޯޗަަކީ އާތީ

Jun 10, 2022, 1:36 PM
ކްލަބް އޭދަފުށީގެ ފަރިތަކުރުމެއްގެ ތެރެއިން ކޯޗު އާތީ: އޭނާ ވަނީ ކްލަބް އީގަލްސްއާ ހަވާލުވެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްލަބް އޭދަފުށީގެ ފަރިތަކުރުމެއްގެ ތެރެއިން ކޯޗު އާތީ: އޭނާ ވަނީ ކްލަބް އީގަލްސްއާ ހަވާލުވެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހުސްވެފައިވާ ކްލަބް އީގަލްސްގެ ހެޑް ކޯޗުގެ މަގާމަށް ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) ހަމަޖައްސައިފި އެވެ.

އީގަލްސްގެ ހެޑް ކޯޗުގެ މަގާމު ހުސްވީ ޖެނުއަރީ މަހު ނިމުނު ޕްރެޒިޑެންޓްސް ކަޕަށް ފަހު، މުހައްމަދު ޝާޒްލީ (ޝާޒް)، މަގާމު ދޫކޮށްލުމުންނެވެ. އޭގެ ފަހުން ވަގުތީ ގޮތުން އީގަލްސްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައީ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ.

މިއަދު ހަވީރު އީގަލްސް އިން ބޭއްވި ޕްރެކްޓިހުގައި އާތީ ވަނީ ބައިވެރިވެފަ އެވެ. އީގަލްސް އިން ވެސް ވަނީ އާތީ އެ ޓީމާ ހަވާލުވެފައިވާ ކަމަށް ބުނެފަ އެވެ.

އާތީ، ފުރަތަމަ ޑިވިޝަނުގެ ޓީމެއްގެ ބެންޗުން މި ފެންނަނީ މެދުކެނޑުމަކަށް ފަހު އެވެ. އާތީ އެންމެ ފަހުން ހަވާލުވެހުރީ، ކްލަބް އޭދަފުށީގެ ކޯޗުގެ މަގާމާ އެވެ. އެ ޓީމުގެ ކޯޗަކަށް ހުރެ އާތީ، ވަނީ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގެ އޯޕަން ރައުންޑްގައި ކްލަބް އޭދަފުށްޓަށް ކުރި ހޯދައިދީ ޒޯން ލީގުން ފުރުސަތު ހޯދައިދީފަ އެވެ.

އެ ގޮތުން މިދިޔަ މަހު އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު ފުރަތަމަ ލެގު، 2-1 އިން ކާމިޔާބު ކުރީ އޭދަފުށި ފުޓުބޯޅަ ކުލަބެވެ. އެކަމަކު، ދެ ވަނަ ލެގުގައި ކްލަބް އޭދަފުށިން ވަނީ 2-1 އިން އޭދަފުށީ ފުޓްބޯލް ކްލަބް ބަލިކޮށްފަ އެވެ. ދެ މެޗު ނިމުނުއިރު، އެގްރިގޭޓް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޕެނަލްޓީ ޖަހައިގެން ކްލަބް އޭދަފުށި ކުރިހޯދީ 4-3 އިންނެވެ.

ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު އާތީ ކޯޗިން ކެރިއަރު ފެށީ 1998 ވަނަ އަހަރު 14 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުންނެވެ. އޭގެ ފަހުން އުމުރުފުރާގެ އެކި ޓީމުތަކުގައި އާތީ ވަނީ ކޯޗިން މަސައްކަތްތަކެއް ކޮށްފަ އެވެ. އުމުރުފުރާ ގައުމީ ޓީމުތަކަށް ފަހު އަންހެން ގައުމީ ޓީމާ ހަވާލުވި އާތީ ވަނީ އެ ޓީމުގައި ހުރެ ރާއްޖޭގައި އަންހެން ފުޓްބޯޅަ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ގައުމީ ފިރިހެން ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކުރި އާތީ ކްލަބަކުން ފުރަތަމަ ފެނުނީ 2010 ވަނަ އަހަރު އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) އިންނެވެ.

އޭގެ ފަހުން 2014 ވަނަ އަހަރު ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ބެންޗުން ފެނުނު އާތީ ފުރަތަމަ ޑިވިޝަނުގައި އެންމެ ފާހަގަކޮށްލެވޭ މަސައްކަތެއް ކުރީ 2016 ވަނަ އަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅުނު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގޮވައިގެންނެވެ. އެ ފަހަރު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ޔުނައިޓެޑް ވިކްޓްރީ އަށް ފުރުސަތު ހޯދައިިދީ އެ ޓީމަށް ޕްރެޒިޑެންޓްސް ކަޕަށް ގެންގޮސްދިނެވެ. އަދި އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ވަރުގަދަ މާޒިޔާ ކަޓުވާލި އެވެ.

ޔުނައިޓެޑް ވިކްޓްރީގެ ތަޖުރިބާ އަށް ފަހު އަނެއްކާ ދެ ވަނަ ފަހަރަށް އާތީ ގައުމީ އަންހެން ޓީމާ ހަވާލުވި އެވެ. އެ ޓީމު ގޮވައިގެން ގިނަ މުބާރާތްތަކެއްގައި ވާދަކޮށް އަންހެން ފުޓްބޯޅަ އަށް ކުރިއެރުންތަކެއް ހޯދައިިދިނެވެ. އާތީ އަނެއްކާ ވެސް ފުރަތަމަ ޑިވިޝަނަށް އައީ 2019 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބާ އެކު އެވެ. އެ ޓީމަށް އެފްއޭ ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްދިނެވެ. އެކަމަކު، މާލީ ސަަބަބުތަކާ ހުރެ އާތީ ސީޒަނުގެ މެދުތެެރެއިން ޓީސީ ދޫކޮށްލި އެވެ. އޭގެ ފަހުން އަލުން ފުރަތަަމަ ޑިވިޝަނުން އާތީ ފެނުނީ މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާ އިންނެވެ. ވެލެންސިއާ އަށް ލީގު ދެ ވަަނަ ހޯދައިދިނުމުގައި އިސް ރޯލެއް ކުޅުމަށް ފަހު އާތީ މި ފަހަރު ޓީމާ ވަކިވެ، ކްލަބް އޭދަފުށީގެ ޕްރޮޖެކްޓް ނެގީ އެވެ.

އީގަލްސްގެ ކޯޗުކަމާ ހަވާލުވިއިރު، އެ ޓީމު އޮތީ ލީގުުގެ ދެ ވަނައިގަ އެެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް 12 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސް ދެ ވަނައިގައި އޮތީ 12 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާތީ މި ވަގުތު ލީގު މެދުކަނޑާލާފައިވާއިރު، އަލުން ފަށާނީ މި މަހު 21 ވަނަ ދުވަހު އެވެ. އެރޭ އީގަލްސް އިން ނުކުންނާނީ އާތީ އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގައި މަސައްކަތް ކުރި ވެލެންސިއާއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox