ހުލާސާކޮށް އިއްޔެ: ރައީސްގެ ޝައުގު 2023 އަށް އޮތްކަން ފުރަތަމަ ފަހަރަށް ހާމަކުރެއްވުން

ހުލާސާކޮށް އިއްޔެ: ރައީސްގެ ޝައުގު 2023 އަށް އޮތްކަން ފުރަތަމަ ފަހަރަށް ހާމަކުރެއްވުން

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ ފަހަރަށް ފާޅުކުރެއްވީ އިއްޔެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެތޯ ތަކުރާރުކޮށް ކުރާ ސުވާލަށް މީގެ ކުރިން ސީދާ ޖަވާބެއް ދެއްވާފައިނުވި ނަމަވެސް، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އަދި ވިދާޅުވީ, އެމަނިކުފާނަކީ އަންނަ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށް "ޗޮއިސް" އެއް ކަމަށެވެ.

އެކަން އިތުރަށް ތަފްސީލުކޮށް ދެއްވަމުން ރައީސް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީން ކާމިޔާބު ކުރުމަކީ މުޅި ގައުމަށް ވެސް ވަރަށް ބޭނުންތެރި އަދި ފައިދާ ބޮޑު ކަމެއް ކަމަށެވެ. ނަމަވެސް، އަންނަ އިންތިހާބު ވެސް ކާމިޔާބު ކުރެވޭނީ ކޯލިޝަނެއްގެ އެހީތެރިކަމާއެކު ކަން ޔަގީންކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

Advertisement

"އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް، މި ތިއްބެވި ބޭފުޅުން [ކޯލިޝަން]އާއެކު ނުކުމެ އިންތިހާބު އަޅަގަނޑަށް ކާމިޔާބު ކުރެވޭނެ ކަމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން އިއުލާނު ކުރައްވައިފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ "ޕްރައިމަރީ ބޭއްވުމާއި ރިޔާސީ ކެނޑިޑޭޓު ނިންމާނީ ޕާޓީން،" ކަމަށެވެ.

ގަދަހިފުމެއްގެ މަލަމަތި

ދެ ރައީސުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެ، ޕާޓީވެސް ދެ ފެކްޝަނަކަށް ބެހިފައިވާއިރު، ނަޝީދު ބޭނުން ވަނީ 2023 ގެ އިންތިހާބު ނުބާއްވައި ބަރުލަމާނީ ނިޒާމަކުން ވެރިކަން ހިންގަން ފެށުމަށެވެ. އެ ނިޒާމުގައި އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރަސްމީކޮށް ރައީސް ސޯލިހުގެ އަރިހުން އޮތީ އެދިވަޑައިގެންފަ އެވެ.

ރައީސަށް ފޮނުއްވި މެސެޖުގައި ނަޝީދު ކުރިން އެދިވަޑައިގެންގައި އޮތީ 2023 ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބޭއްވުމަށް ވެސް އެދިވަޑައިގަތެވެ.

ޖެހިގެން އަންނަ 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރު, ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ.

އެކަމަކު ރައީސް ސޯލިހް މިހާތަނަށް ތަކުރާރުކޮށް ދެއްވި ޖަވާބަކީ ނިޒާމުގެ ވޯޓުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ.

އެއާއެކު އަންނަ އޯގަސްޓް މަހު އޮންނަ އެމްޑީޕީގެ ކޮންގްރެސްގައި މުހިންމު ނިންމުންތަކެއް ނިންމަން ނަޝީދު ވަނީ ހުށަހަޅުއްވައިފަ އެވެ.

މިގޮތުން، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެމްޑީޕީން ނިންމުމުގެ އިތުރުން ރިޔާސީ އިންތިހާބުގައި 30 ޕަސެންޓް ވޯޓު ލިބޭ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބުވާ ގޮތް ހެދުމަށް ވެސް ނަޝީދުގެ ހުށަހެޅުމުގައިވެ އެވެ.

ނޫސްވެރިންގެ އިއްޔެގެ ބައްދަލުވުމުގައި 30 ޕަސެންޓް ވޯޓު ލިބޭ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބުވާ ގޮތް ހެދުމާ ކަނޑައެޅިގެން ދެކޮޅު ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވެރިކަމަށް އަންނަ މީހަކު ވެރިކަމަށް އަންނަންވަނީ 50 ޕަސަންޓުގެ ރައްޔިތުންގެ ތާއީދާއެކު،" އެމަނިކުފާނު ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އޭޕްރީލް 2017 ގައި މާލޭގައި މީހުން އާންމުކޮށް އެއްވެ އުޅޭ ފަސް ތަނެއް ގޮއްވާލަން ރޭވި ކަމުގެ ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތުގައި ބޮމެއް ގޮއްވާލަން ރޭވީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކަމަށްވާ މ. ކުނޫޒުގައި އޭރު ބޭއްވި ޖަލްސާއަކަށް އަމާޒުކޮށް ކަން ދައުލަތުން ބުނީ އިއްޔެ އެވެ.
  • މާލެ ރައްޔިތުންނަށް ދޭން މި ސަރުކާރުން ވައުދުވެފައިވާ ގޯތި ދޫކުރަން އަންނަ މަހު ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.
  • ދުނިޔޭގެ އިގުތިސޯދަށް އަންނަމުންދާ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން ދައުލަތަށް ލިބޭ އާމްދަނީގެ ނިސްބަތުން ރިކަރަންޓު ހަރަދުތައް ހަމަޖައްސައި، އާ މަޝްރޫއުތައް ފެށުން މަޑުޖައްސާލަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނުކުރެއްވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވީ:

އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް، މި ތިއްބެވި ބޭފުޅުން [ކޯލިޝަން]އާއެކު ނުކުމެ އިންތިހާބު އަޅަގަނޑަށް ކާމިޔާބު ކުރެވޭނެ ކަމަށް،

ދުވަހުގެ ފޮޓޯ

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ އަދި ތައިލޭންޑު ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 3-0 އިން ކާމިޔާބުކުރީ ތައިލޭންޑު. އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުރިއަށް އޮތް ދެ މެޗު ރާއްޖެ އިން ކާމިޔާބު ކުރަން ޖެހޭ --- ފޮޓޯ: އެފްއޭއެމް
އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ އަދި ތައިލޭންޑު ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 3-0 އިން ކާމިޔާބުކުރީ ތައިލޭންޑު. އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުރިއަށް އޮތް ދެ މެޗު ރާއްޖެ އިން ކާމިޔާބު ކުރަން ޖެހޭ --- ފޮޓޯ: އެފްއޭއެމް

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ އަދި ތައިލޭންޑު ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 3-0 އިން ކާމިޔާބުކުރީ ތައިލޭންޑު. އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުރިއަށް އޮތް ދެ މެޗު ރާއްޖެ އިން ކާމިޔާބު ކުރަން ޖެހޭ --- ފޮޓޯ: އެފްއޭއެމް

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox