އޭޝިއާ ޓީމަކުން ސުއަރޭޒް ނުފެންނާނެ، ބޭނުމީ ޔޫރަޕްގެ ހުށަހެޅުމެއް

May 27, 2022, 4:45 AM
އޭޝިއާ ޓީމަކުން ސުއަރޭޒް ނުފެންނާނެ، ބޭނުމީ ޔޫރަޕްގެ ހުށަހެޅުމެއް

މެޑްރިޑް (މެއި 27) - އޭޝިއާ ޓީމަކުން އަދި ނުފެންނާނެ ކަމަށާއި ދެން ވެސް ފެނުން ގާތީ ޔޫރަޕްގެ ވަރުގަދަ ލީގެއްގެ ޓީމަކުން ކަމަށް އެތުލެޓިކޯ މެޑްރިޑުން ދާދި ފަހުން ދޫކޮށްލި ތަޖުރިބާކާރު ފޯވާޑް ލުއިސް ސުއަރޭޒް ބުނެފި އެވެ.

ޔޫރަޕްގައި ފާއިތުވި 12 ވަރަކަށް އަހަރު ފެނުނު އެންމެ ހުނަރުވެރި އެއް ފޯވާޑް، ސުއަރޭޒް، 35، މިދިޔަ ސީޒަނުގައި އެތުލެޓިކޯ އަށް ބަދަލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ފުރަތަމަ ސީޒަނުގައި އެތުލެޓިކޯ އަށް ސްޕެނިޝް ލީގުގެ 32 މެޗުން 21 ގޯލު ޖަހައިދީ އެ ޓީމަށް ލީގު ޗެމްޕިއަންކަން ހޯދައިދޭން ސުއަރޭޒް އެހީތެރިިވި އެވެ.

އެކަމަކު، މި ސީޒަނުގައި ސުއަރޭޒްގެ ފޯމު ވަރަށް ބޮޑަށް ދަށްވި އެވެ. ލީގުގައި 35 މެޗު ކުޅުނުއިރު، ޖެހުނީ 11 ގޯލެވެ. އެހެންވެ، އެތުލެޓިކޯ އިން ނިންމީ ސުއަރޭޒަށް އިތުރު ކޮންޓްރެކްޓެއް ނުދޭށެވެ.

ސުއަރޭޒް މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވަނީ އާ ކޮންޓްރެކްޓެއް ނުދިނަސް އެތުލެޓިކޯގެ ވެރިން އޭނާ އަށް އެކަމާ ގުޅޭގޮތުން ފުރިހަމަ މައުލޫމާތު ދީފައިނުވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެެ. ދުރާލާ ކްލަބުން އާ ކޮންޓްރެކްޓެއް ނުދޭކަން އެނގުނު ނަމަ އޭޖެންޓް، މެދުވެރިކޮށް އާ ޓީމެއް ހޯދުމުގެ ކަންކަން ކުރެވޭނެ ކަމަށް ސުއަރޭޒް ވަނީ ބުނެފަ އެވެ.

ގަތަރުގައި މި އަހަރު ފަހު ކޮޅު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ސުއަރޭޒް ގައުމީ ޓީމަށް ކުޅޭނެ ފަހު މުބާރާތެވެ. އެ މުބާރާތަށް ދާން ވާއިރަށް ރަނގަޅު ލެވަލެއްގައި ހުންނަން ވަރުގަދަ ލީގެއްގައި ކުޅުމަކީ މުހިންމު ކަމެއްގެ ގޮތުގައި ސުއަރޭޒް ދެކެ އެވެ.

"ޗައިނާ، ގަތަރު، ސައުދީ އަަރަބިއްޔާ، މި ގައުމުތަކުގެ ކްލަބްތަކެއް އަހަރެންގެ ސިކުނޑީގައި ނެތް އަދިއެއް. އަހަރެން މި ވަގުތު މި ވިސްނަނީ ގިނަ ފައިސާ ލިބޭނެ ހުށަހެޅުމަކަށް ނޫން. އަހަންނަށް ފޯނު ކޯލުތައް އެބައާދޭ ބްރެޒިލް، މެކްސިކޯ ދެން އާޖެންޓީނާ އިން ވެސް، އެކަމަކު، އެއީ ވެސް މި ވަގުތު ވިސްނުމެއް ނޫން،" ސުއަރޭޒް ބުންޏެވެ.

"އަހަރެން ފެންނާނީ ޔޫރަޕްގެ ވަރުގަދަ ލީގަކުން، އަހަންނަށް އެބައޮތް ސްޕެއިނުގެ ކްލަބްތަކަކުން ވެސް އޮފާ ލިބިފައި. އަހަންނެއް ނުބުނާނަން (ދެން ބަދަލުވާ ޓީމަކުން ޔަގީންކަމާ އެކު) އަހަރެން ކުޅުވަން ޖެހޭނެއޭ، ކްލަބްގައި އޮތް ޕްރޮޖެކްޓަކީ ޗެލެންޖެއް ވިއްޔާ އަހަރެން މި ހުރީ ތައްޔާރަށް،"

އުރުގުއޭގެ ނަސިއޮނާލް ކްލަބުން 2005 ވަނަ އަހަރު ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށި ސުއަރޭޒް ޔޫރަޕްގައި ފުރަތަަމަ ކުޅުނީ ނެދަލެންޑްސްގެ ގްރޮނިންގެން އަށެވެ. އެއީ 2006-2007 އަށެވެ. އޭގެ ފަހުން އަޔަކްސް އަށް ބަދަލުވެ، އެ ޓީމުގައި ވިދާލުމުން، 2011 ވަނަ އަހަރު ލިވަޕޫލުން ސުއަރޭޒްގެ ސޮއި ހޯދި އެެވެ. އެ ޓީމާ އެކު ތަފާތު މޮޅު ކުޅުމެއް ދައްކައި، ސުއަރޭޒް، 2014 ވަަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި އެވެ. އެ ޓީމަށް 2020 ވަނަ އަހަރާ ހަމައަށް ކުޅުމަށް ފަހު، ދެން މިދިޔަ ދެ އަަހަރު ފެނުނީ އެތުލެޓިކޯ ޓީމުންނެވެ.

ސުއަރޭޒް ހޯދަން ވިޔަރެއާލާއި ސެވިއްޔާ އަދި އިންގްލެންޑްގެ ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox