ރާޖަޕަކްސަ އާއިލާއިން ސޮނެވާގެ ވިލާއެއް ގަންނަން އުޅޭ ވާހަކަ ދޮގުކޮށްފި

ރައީސް ނަޝީދު، މަހިންދަ ރާޖަޕަކްސައާއެކު--

ރައީސް ނަޝީދު، މަހިންދަ ރާޖަޕަކްސައާއެކު--

އަވައްޓެރި ސްރީލަންކާގެ ރައީސްގެ ބޭބޭފުޅު އަދި ކުރީގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ، ރާއްޖޭގައި ހިންގާ ސޮނެވާފުށި ރިސޯޓުގެ ވިލާއެއް ގަންނަން އުޅޭ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.

ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ރާއްޖޭގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާޖަޕަކްސައަށް ސޮނެވާ ފުށިން ވިލާއެއް ގަތުމަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ސޮނެވާގެ ސީއީއޯ ސޯނޫ ޝިވްދަސާނީ، ވަނީ 15 މިލިއަން ޑޮލަރަށް ޕްރައިވެޓް ވިލާއެއް ވިއްކަން އެއްބަސްވެފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.

"މަހިންދަ ރާޖަޕަކްސައަށް ސޮނެވާގެ ވިލާއެއް ވިއްކުމަށް އެއްވެސް މަޝްވަރާއެއް ކުރިއަކަށް ނުދޭ، އަދި ސޮނެވާގެ ސީއީއޯ ސޯނޫ ޝިވްދަސާނީއާއެކު ސީދާ އަދި ނުސީދާކޮށް ވެސް އެއްވެސް ވާހަކައެއް ދެކެވިފައެއް ނުވޭ،" ރިޕޯޓު ދޮގުކޮށް ސޮނެވާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ރާޖަޕަކްސަގެ އާއިލާއަށް ސޮނެވާގެ ވިލާއެއް ވިއްކަން އެއްބަސްވެފައިވާ ކަމަށް ބުނާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފައިވާއިރު، އެ ކަމަށް ނަޝީދު އެހީވާ ކަމަށް ބުނެ ދައްކާފައިވާ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވެސް ވަނީ ދޮގުކޮށްފަ އެވެ.

އެ އިދާރާއިން ކުރި ޓްވީޓެއްގައި މިއަދު ބުނީ ނަޝީދުގެ ދައުރަކީ ހަމައެކަނި ލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތްތައް ކޯޑިނޭޓް ކުރުން ކަމަށެވެ.

"މާލީ އެހީ ހޯއްދެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ނަޝީދު ކުރައްވަމުން ގެންދަވާނެ، ލަންކާގެ އެތެރޭގެ މައްސަލަތައް ހައްލު ކުރާނީ އެ ގައުމުގެ ރައްޔިތުން،" ރައްޔިތުންގެ މަޖިލީހުގެ ބުނެފައިވެ އެވެ.

ލަންކާގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ރާޖަޕަކްސަ އިސްތިއުފާ ދެއްވުމާއެކު އެ ގައުމުން ފުރުން ވަނީ މަނާކޮށްފަ އެވެ. މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ ސަޕޯޓަރުން ސުލްހަވެރި މުޒާހަރާއަށް ހުރަސް އެޅުމުން އުފެދުނު ހަމަނުޖެހުމުގެ ތެރެއިން ޕްރެޝަރު ބޮޑުވުމުންނެވެ. އެ ހަމަނުޖެހުމުގައި ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ، ނުވަ މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox