ހުލާސާކޮށް އިއްޔެ: ވާދަވެރި އިންތިހާބަކަށް ފަހު ފުރަތަމަ ބައްދަލުވުމުގައި އުފަން ދުވަހުގެ ކޭކް ފެޅުން

May 17, 2022, 4:10 AM
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ބައްދަލު ކުރައްވަނީ. -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ބައްދަލު ކުރައްވަނީ. -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތާއީދާއެކު ވާދަކުރައްވައި ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރަތަމަ ބައްދަލުވުން ބޭއްވީ އިއްޔެ އެމްޑީޕީ އޮފީހުގަ އެވެ.

އިއްޔެ އަކީ ފައްޔާޒުގެ އުފަން ދުވަހަށް ވުމާއެކު، އެ ބައްދަލުވުމުގައި އުފަން ދުވަހުގެ ކޭކު ވެސް ފެޅި އެވެ. އެ ހަފުލާގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި އެމްޑީޕީގެ އިދާރީ މުވައްޒަފުން ބައިވެރިވި އެވެ.

އިންތިހާބުގެ ކުރިން ވެސް ނަޝީދު އާއި ފައްޔާޒުގެ ކޯޅުންތައް ބޮޑުވި އެވެ. ފައްޔާޒު މިނިސްޓަރުގެ މަގާމުން ދުރުކުރުމުގެ މަސައްކަތް ވެސް ނަޝީދު އިސްވެ ހުންނަވައި ފެށްޓެވި އެވެ. އެމްޑީޕީގެ ދެ ފެކްޝަންގެ ވާދަވެރިކަމުގެ ތެރޭގައި ނިމިގެން ދިޔަ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިންގައި ވެސް އެއް ބަޔަކު އަނެއް ބަޔަކަށް ބޮޑެތި ތުހުމަތުތައް ވަނީ ކޮށްފަ އެވެ.

އިންތިހާބުގެ ކުރިން އަދި އިންތިހާބުގެ ތެރޭގައި ވެސް ނަޝީދުގެ ސަޕޯޓަރުން ފައްޔާޒު އަށް ކުރަމުން ދިޔަ ތުހުމަތުތައް ދޮގުކުރައްވައި އޭނާ ވިދާޅުވެފައިވަނީ އެކަންކަން ރައްޔިތުންގެ މަޖިލީހުން ވެސް ބެލުމަށެވެ.

ޗެއާޕާސަންގެ އިންތިހާބުގެ ފައްޔާޒު ކާމިޔާބު ކުރެއްވީ 58 ޕަސެންޓު ވޯޓާއެކުގަ އެވެ. އިމްތިޔާޒަށް ލިބިވަޑައިގެންނެވީ 42 ޕަސެންޓު ވޯޓެވެ. އެ އިންތިހާބުގައި 48،000 އަށް ވުރެ ގިނަ މީހުން ވޯޓުލި އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އިންތިހާބާ އެކު އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެފައިވީ ނަމަވެސް ޕާޓީ ރޫޅި ބައިބައިވެގެން ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ރައީސް ނަޝީދާ އެކު މަސައްކަތް ކުރަން އަޅުގަނޑަށް ވަރަށް ފަސޭހަ އަބަދުވެސް، އަޅުގަނޑުގެ ޒާތީ އެއްވެސް ކަމެއް ނޯންނާނެ، އަޅުގަނޑު ދެކެނީ ރައީސް ނަޝީދުގެ ވެސް އެއްވެސް ޒާތީ ކަމެއް ނޯންނާނެ،" ފައްޔާޒު ވިދާޅުވެފައިވެ އެވެ.

ފައްޔާޒަށް ނަޝީދު މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައި ލިއުއްވާފައި ވަނީ ފައްޔާޒުއާއެކު އެމްޑީޕީން އިތުރު ކާމިޔާބީތައް ހޯދާނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ނަޝީދު އާއި ފައްޔާޒު ކޭކު ފެޅުމުގެ ހަފުލާއަކުން ފެނިގެން ދިޔުމުން އެމްޑީޕީގެ ބައެއް ސަޕޯޓަރުން އެކަމާ އުފާ ފާޅުކުރި އެވެ. ނަމަވެސް، ބައެއް މެމްބަރުން އަދި ހާއްސަކޮށް ނަޝީދުގެ ބައެއް ސަޕޯޓަރުން އެކަމަށް ފާޑުކިޔާފައިވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގައި ލޭބަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް 120 ސަތޭކަ ދިވެހިން ހޯދަން އިއުލާނުކުރީ އިއްޔެ އެވެ. ހަފްތާ އަކު ހަ ދުވަހު ދުވާލަކު އަށް ގަޑިއިރާއި ބާރަ ގަޑިއިރާ ދެމެދު ވަގުތު މަސައްކަތްކުރަން ޖެހޭ މި ވަޒީފާތަކުގެ މުސާރައިގެ ގޮތުގައި 10،300ރ. އާއި 13،700ރ. އާ ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

  • ލޯކަލް ކައުންސިލްތަކުން ތައްޔާރު ކުރާ ތަރައްގީގެ ޕްލޭނާއި ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން ނުވަތަ ލޭންޑް ޔޫޒް ޕްލޭން ފާސްނުކޮށް ބޭއްވުން ހުއްޓުމަކަށް ގެންނަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅިކަން އެ ޕާޓީން އިއްޔެ ހާމަކުރި އެވެ.
  • ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފްކޮށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން އިއްޔެ ބޭރުކޮށްލި އެވެ.
  • ސަރުކާރުން މަތީ ތައުލީމަށް ދޭ ލޯނަށް އެދުމުގެ ފުރުސަތުގައި 393 ދަރިވަރަކަށް ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ހާމަކުރި އެވެ. ސަރުކާރުގެ ސްޓުޑެންޓް ލޯނު ސްކީމަށް ހުޅުވާލީ ފެބްރުއަރީ މަހު އެވެ.
  • ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ބޭއްވި ބައި- އިލެކްޝަންގައި ރަނގަޅު ނޫން ގޮތަކަށް ގުނި ކަމަށް އެމްއެންޕީން ބުނާ ދެ ވޯޓު ކަރުދާސް އަލުން ބެލުމަށް ފަހު، ކުރިން އޮތް ނަތީޖާ އަނެއްކާ ވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ އިއުލާންކޮށްފި އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖޭގެ އިސްނެގުމަކަށް ކްރޮސްރޯޑްސްގައި ކުރިޔަށްދާ "ގްލާސްގޯ ޝަރުމުއް-ޝެއިހް ވާކް ޕްރޮގްރާމް އޮން ދަ ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން (ޖީޖީއޭ)" ގައި ޝައުނާ ވިދާޅުވީ:

ރާއްޖޭގެ ކޮންމެ ރަކަށް ދިޔަޔަސް އެ މީހުން ބުނަނީ މިއިން ޒަމާނަކު ނުގިރާ ވަރަށް ރަށްގިރުމުގެ ވާހަކަ. ވަޅު ފެން ލޮނުވާ ވާހަކަ. ތޫފާނުތައް ބާރުގަދަވެ ކަނޑު ގަދަވާ ވާހަކަ. އެކަމަކު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން އިތުރުވަމުން ދިޔަ ނަމަވެސް، އެޑެޕްޓޭޝަން ފަންޑިންއާ ގުޅުވާ އެހެން ބުނެވޭކަށް ނެތް"

ދުވަހުގެ ފޮޓޯ

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން މިހާރު ކުރިއަށްދާ ދުވުމުގައި އެ ސްކޫލުގެ ކުރީގެ ދަރިވަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތީ ރޭގަ. މި ދުވުން 95 ގަޑިއިރަށް ކުރިއަށްދާނެ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން މިހާރު ކުރިއަށްދާ ދުވުމުގައި އެ ސްކޫލުގެ ކުރީގެ ދަރިވަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތީ ރޭގަ. މި ދުވުން 95 ގަޑިއިރަށް ކުރިއަށްދާނެ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މެއި 16، 2020: މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން މިހާރު ކުރިއަށްދާ ދުވުމުގައި އެ ސްކޫލުގެ ކުރީގެ ދަރިވަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި. މި ދުވުން 95 ގަޑިއިރަށް ކުރިއަށްދާނެ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox