ހުލާސާކޮށް އިއްޔެ: ޗެއާޕާސަން އިންތިހާބު ކާމިޔާބުކޮށް ފައްޔާޒުގެ އަމާޒު އެމްޑީޕީއަށް 2023 ހޯދައިދިނުމަށް

ފައްޔާޒު އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އޭނާގެ ކެމްޕޭން ޖަގަހައިގައި. ވިދާޅުވީ މިއީ 2023 ކާމިޔާބުކުރަން އެމްޑީޕީ މެމްބަރުން ދެއްވި ވޯޓެއް ކަމަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފައްޔާޒު އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އޭނާގެ ކެމްޕޭން ޖަގަހައިގައި. ވިދާޅުވީ މިއީ 2023 ކާމިޔާބުކުރަން އެމްޑީޕީ މެމްބަރުން ދެއްވި ވޯޓެއް ކަމަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ ވާދަވެރި އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް, މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ މައްޗަށް ބޮޑު އަގުލަބިއްޔަތަކުން ކުރި ހޯއްދެވީ އިއްޔެ އެވެ.

ކެމްޕެއިންގެ ފޯރި އިންތިހާއަށް ގަދަވެގެންދިޔަ, މި އިންތިހާބުގައި ފައްޔާޒު ނުކުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިން, އެމަނިކުފާނުގެ ތާއިދާއެކު އެވެ. އިމްތިޔާޒު ހުންނެވީ އެމްޑީޕީގެ ރައީސް, ރައީސް މުހައްމަދު ނަޝީދުގެ ތާއިދާ އެކު އެވެ.

އިއްޔެ ކުރިއަށް ދިޔަ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އިމްތިޔާޒުގެ މައްޗަށް ފައްޔާޒު ކުރި ހޯއްދެވީ 7،000އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ. ފައްޔާޒު ކާމިޔާބު ކުރެއްވީ 58 ޕަސެންޓު ވޯޓާއެކުގަ އެވެ. އިމްތިޔާޒަށް ލިބިވަޑައިގެންނެވީ 42 ޕަސެންޓު ވޯޓެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، މާލޭ ސިޓީގެ އަގުލަބިއްޔަތު ކުޑަ ތަފާތަކުން ހޯއްދަވައިފައިވަނީ އިމްތިޔާޒެވެ. އިމްތިޔާޒަށް މާލޭ ސިޓީން ޖުމްލަ 1920 ވޯޓު ލިބިވަޑައިގެންނެވިއިރު، ފައްޔާޒަށް ވަނީ 1873 ވޯޓު ލިބިވަޑައިގެންފަ އެވެ.

އައްޑޫ ސިޓީގެ ވަގުތީ ނަތީޖާއިން 171 ވޯޓުގެ ތަފާތަކުން ކުރި ހޯއްދަވަނީ ފައްޔާޒެވެ. މުޅި އައްޑޫ ސިޓީން ފައްޔާޒަށް 2348 ވޯޓު ލިބިވަޑައިގެންނެވިއިރު، އިމްތިޔާޒަށް 2177 ވޯޓު ލިބިވަޑައިގެންނެވި އެވެ.

ޖުމްލަ 94،211 މީހުންނަށް ވޯޓުލުމުގެ ހައްގު މި އޮތް އިންތިހާބުގައި މާލޭގައި 87 ވޯޓު ފޮށި ބެހެއްޓިއިރު, 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އެއީ ޖުމްލަ ޖުމްލަ 281 ވޯޓު ފޮއްޓެވެ.

ނަޝީދާ ޒާތީ ކަމެއް ނެތް، އެކުގައި ތިބެވޭނެ

ފައްޔާޒުގެ ކެމްޕޭން ޖަގަހައަށް ވަޑައިގެން ސަޕޯޓަރުންނާ އެކު އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް ފަހު، މީޑިއާތަކާ ބައްދަލު ކުރައްވައި އޭނާ ވިދާޅުވީ އިންތިހާބާ އެކު އެތެރޭގެ ވާދަވެރިކަން ބޮޑުވެފައިވީ ނަމަވެސް ޕާޓީ ރޫޅި ބައިބައިވެގެން ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ރައީސް ނަޝީދާ އެކު މަސައްކަތް ކުރަން އަޅުގަނޑަށް ވަރަށް ފަސޭހަ އަބަދުވެސް، އަޅުގަނޑުގެ ޒާތީ އެއްވެސް ކަމެއް ނޯންނާނެ، އަޅުގަނޑު ދެކެނީ ރައީސް ނަޝީދުގެ ވެސް އެއްވެސް ޒާތީ ކަމެއް ނޯންނާނެ،" މީގެ ކުރިން އެކުގައި ގިނަ ކާމިޔާބީތަކެއް ޕާޓީއަށް ހޯދުނުކަން ފާހަގަ ކުރައްވައި ފައްޔާޒް އިއްޔެ ރޭ ވިދާޅުވި އެވެ.

އެމްޑީޕީގެ އާންމު މެންބަރުންގެ ނިންމުމަށް އިހުތިރާމުކޮށް، ވާދަވެރި އިންތިގެ ޓީމުގައި ތިއްބެވި ބޭފުޅުން އޭނާ އެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެކުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ކުޑަ ޝައްކެއް ނުކުރަން އެކުގައި މަސައްކަތް ނުކުރެވޭނެ ކަމަކަށް. މިހާރު ނަތީޖާ ލިބިގަތީމަ އަޅުގަނޑާއެކު އެ އެންމެން ވެސް ހަމަ މަސައްކަތް ކުރާނެ،" ފައްޔާޒު ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ބޭއްވި ބައި- އިލެކްޝަން ވޯޓެއްގެ ހަނި ފަރަގަކުން ޕީޕީއެމުން ކާމިޔާބުކުރީ އިއްޔެ އެވެ.
  • އެމްޑީޕީގެ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ފަހުގައި ވެސް ޕާޓީގެ އެތެރޭގައި ހަމަޖެހުން އޮންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.
  • އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އިންތިހާބުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭގޮތުން ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވަމުން ވިދާޅުވީ:

އަޅުގަނޑަށް އެނގޭ އެއްޗަކީ ރައީސް ވަރަށް ބޮޑަށް ވިސްނަވަން ޖެހޭނެކަން. އެމްޑީޕީ އާ ދުރުވެ ވަޑައިގެންފިނަމަ، ގުޅިފައިވާ ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވަމުން ވެރިކަން ހިންގަވަމުން މިހާތަނަށް ގެންދެވިފައި ވަނީ،

ދުވަހުގެ ފޮޓޯ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގެންވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އޭނާގެ ސަޕޯޓަރުންނާއެކު ކެމްޕޭން ޖަގަހައިގައި އުފާފާޅުކުރައްވަނީ. އިންތިހާބުގައި ވޯޓުލި މީހުންގެ ތެރެއިން 58 ޕަސެންޓު އޭނާ ހޯއްދެވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގެންވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އޭނާގެ ސަޕޯޓަރުންނާއެކު ކެމްޕޭން ޖަގަހައިގައި އުފާފާޅުކުރައްވަނީ. އިންތިހާބުގައި ވޯޓުލި މީހުންގެ ތެރެއިން 58 ޕަސެންޓު އޭނާ ހޯއްދެވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގެންވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އޭނާގެ ސަޕޯޓަރުންނާއެކު ކެމްޕޭން ޖަގަހައިގައި އުފާފާޅުކުރައްވަނީ. އިންތިހާބުގައި ވޯޓުލި މީހުންގެ ތެރެއިން 58 ޕަސެންޓު އޭނާ ހޯއްދެވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox