"ފަޒީސް ހިޖާމާ ތެރަޕީ" ހިންގަނީ ރަޖިސްޓްރީނުކޮށް، ދޮގު މައުލޫމާތު ފަތުރާތީ މައްސަލަ ފުލުހަށް

ފަޒީސް ހިޖާމާ ތެރަޕީ ނަމުގައ ހިންގަމުން އަންނަ ތަން-- ފޮޓޯ: ފޭސްބުކް

ފަޒީސް ހިޖާމާ ތެރަޕީ ނަމުގައ ހިންގަމުން އަންނަ ތަން-- ފޮޓޯ: ފޭސްބުކް

"ފަޒީސް ހިޖާމާ ތެރެޕީ" ގެ ނަމުގައި ހިންގަމުން އަންނަ ތަނަކީ ރަޖިސްޓާ ނުކޮށް ހިންގަމުން އަންނަ ތަނެއް ކަމަށާއި އެ ތަނުން މީހުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުން ދާތީ, އެ މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

"ފަޒީސް ހިޖާމާ ތެރަޕީ" އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގެ ހިޖާމާގެ ފަރުވާ ދެމުން އަންނަ އެއް ތަނެވެ. 2019 ވަނަ އަހަރު ވެސް ހެލްތު މިނިސްޓްރީން ވަނީ އެ ތަން ބަންދު ކުރުމަށް އަންގާފަ އެވެ. ނަމަވެސް އެ ފަހުން އެކަން ހުއްޓުވުމަށް އިތުރު ކަމެއް ނުކުރެ އެވެ.

މި ފަހުން އަނެއްކާވެސް ހިޖާމާގެ ވާހަކަ ފެންމަތިވެފައި މި ވަނީ "ފަޒީސް ހިޖާމާ ތެރަޕީ" އިން ހަކުރު ބައްޔަށް ޖަހަމުން އަންނަ އިންސުލިންގެ ބަދަލުގައި ހިޖާމާ ޖެހުމުން ހަކުރުބަލި ރަނގަޅުވާނެ ކަމަށް ބުނެފައިވާތީ އެވެ.

އެކަމާ ޑޮކްޓަރުންނާއި ޑައިބެޓިކްސް އެސޯސިއޭޝަންގެ އިތުރުން އާންމުން ވެސް އަންނަނީ ނުރުހުން ފާޅުކޮށް ވާހަކަ ދައްކަމުންނެވެ.

ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ އެ ތަނަކީ ފެށުނީއްސުރެ ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ ތަނެއް ކަމަށެވެ.

"ފުރަތަމަ (އެޕޮއިންޓްމަންޓް ހަދަން) ފެށީ އޮންލައިންކޮށް. އޭރު ނުހުރޭ އެކަމަށް ހާއްސަ ތަނެވެސް. މިނިސްޓްރީން ފަހުން އެންގީމަ އިމާރާތެއް ހަދައިގެން ހިންގަން ފެށީ. އެކަން އެގޮތަށް ރަޖިސްޓްރީ ނުކޮށް ކުރާތީ އަނެއްކާވެސް މިނިސްޓްރީން އިންޓަވީން ކުރީ," މިނިސްޓްރީން ބުންޏެވެ.

ރަޖިސްޓްރީ ނުކޮށް ހިންގާ ތަނަކަށްވީ ނަމަވެސް, މިނިސްޓްރީއަށް އެތަން ބަންދު ކުރުމުގެ ބާރެއް ނުލިބެ އެވެ. އެހެން ކަމުން އެ މައްސަލަ ފުލުހަށް އަންގާފައި ވާނެ ކަމަށާއި މައްސަލަ ބަލާ އެތަން ބަންދު ކޮށްދިނުމަށްވެސް ފުލުހުގައި އެދިފައިވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބުނެވެ.

"ފަޒީސް ހިޖާމާ ތެރެޕީ"ގެ ވެރިޔާގެ ފަޒީގެ ބަސް

"ފަޒީސް ހިޖާމާ ތެރަޕީ" ހިންގާ ފަޒީލާ އުސްމާނު (ފަޒީ) މި ނޫހަށް ބުނީ 2018ވަނަ އަހަރު ފެށި އެ މަސައްކަތް، މިނިސްޓްރީގައި އެ ތަން ރަޖިސްޓާ ކޮށްދިނުމަށް އެތައް ފަހަރަކު އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެކަން ކޮށްދީފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

މީގެ ކުރިން 2019ވަނަ އަހަރުވެސް މިނިސްޓްރީއަށް ފަޒީ ހާޒިރުކޮށް ވަނީ ސުވާލު ކޮށްފަ އެވެ. އެއީ ސެޓްފިކެޓް ނެތި ހިންގަމުން އަންނާތީ ކަމަށާއި ލޭ ގެންގުޅޭ ތަނަކަށްވާތީ ސާފުތާހިރު ވެއްޓެއްގައި އެކަން ކުރުމަށް ބުނެ ކަމަށެވެ.

އެގޮތުން 2019ވަނަ އަހަރު ކްލިނިކެއް ހުޅުވުމަށް ރަޖިސްޓާ ކުރަން ދިއުމުން ސެޓްފިކެޓެއް ނެތި ނުދެވޭނެ ކަމަށް މިނިސްޓްރީން ބުނި ކަމަށާއި ބޭރުން މީހުން ގެނެސްގެންވެސް ކުރުމަށް ހުއްދަ ނުދޭނެ ކަމަށް މިނިސްޓްރީން އޭރު އެންގި ކަމަށް ފަޒީ ބުންޏެވެ.

"ރާއްޖޭގަ މެޑިކަލް ޑޮކްޓަރުން ނޫން މީހުންނަށްވެސް ކްލިނިކްތައް ހިންގޭ. އަޅުގަނޑަށް ކީއްވެތޯ ހިޖާމާ ކްލިނިކެއް ނުހިންގެންވީ އެކަމުގެ މާހިރުން ގެނެސްގެން. އެކަމަކު އަޅުގަނޑަކަށް އެ ހުއްދައެއް ނުދިން އެތާ ފަޒީލާ އުސްމާން ހިޖާމާ ޖަހައޭ ކިޔާފަ،" އޭނާ ބުންޏެވެ.

"ހުއްދަ ނުދޭން އުޅެނީ އަޅުގަނޑުމެން އަތުން މީހަކު މަރުވެއްޖާ މިކަން ހުއްޓުވާލެވޭނެތީ. އަޅުގަނޑުވެސް ބޭނުންވަނީ ހުއްދަ ނަގައިގެން ޕްރޮފެޝަނަލްކޮށް މެޑިކަލް ޑޮކްޓަރުން ކުރާ ގޮތަށް ހުއްދައާއެކު ކުރަން،"

އެހެން ނަމަވެސް އޭނާއަކީ ދެ ކުދިން ތިބޭ މީހެއް ކަމަށްވާތީ ޔޫކޭގައި ދެ އަހަރު އެ ކިޔެވުމަށް ނުހުރެވޭނެ ކަމަށް ފަޒީ ބުންޏެވެ. އިތުރަށް ފަޒީ ބުނީ މިނިސްޓްރީން ހިޖާމާ ކޯސް ހިންގައި ނުދޭތީ ބޭރުން ގެންނަ ސެޓްފިކެޓު ގަބޫލުރަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު މިހާރު މި ދަނީ ހިޖާމާ ޑިޕްލޮމާ ކޯހެއް ހަދަމުން ބޭރުން. އޮންލައިންކޮށް،"

ރަޖިސްޓާ ކޮށްގެން ރާއްޖޭގައި ހިޖާމާ ޖަހައިދޭ އެއްވެސް ތަނެއް މިވަގުތު ނެތް ކަމަށާއި ރަޖިސްޓާ ކޮށްގެން ހިންގުމުގެ ހުއްދަ ދިނުމުގެ ބާރު މިނިސްޓްރީއަށް ނޯންނާނެ ކަމަށް ފަޒީ ބުންޏެވެ. ސަބަބަކީ މިއީ މުސްލިމް ގައުމަކަށް ވެފައި ހިޖާމާއަކީ ރަސޫލާގެ ސުންނަތުން ސާބިތުވާ ކަމަކަށްވާތީ ކަމަށް އޭނާ ބުންޏެވެ.

އަންނަ ބުރާސްފަތި ދުވަހު މިނިސްޓްރީއަށް ހާޒިރުވުމަށް ލިޔުމަކުން އަންގާފައިވާ ކަމަށާއި މިފަހަރުވެސް އެކަމަށް ތައްޔާރަށް ހުރި ކަމަށް ފަޒީ ބުންޏެވެ.

"އަޅުގަނޑު މި ހުރީ ހަމަ ތައްޔާރަށް. ހެލްތު މިނިސްޓްރީން ކުރި ކޮންމެ ސުވާލަކަށް ޖަވާބު ދޭނަން. ދިވެހި ރާއްޖޭގަ ހިޖާމާއާ ބެހޭ މައްސަލައެއްގަ ދާން ހުރި ކޮންމެ ތަނަކަށް އަޅުގަނޑު އިރާދަ ކުރެއްވިއްޔާ ދާނަން. އެއީ އަޅުގަނޑު މި މަސައްކަތުގަ މިނިސްޓްރީތަކާ ވަރަށް ފައިޓް ކޮށްފިން. ހެލްތު މިނިސްޓްރީން ތިބީ އެ ހުއްދަ އަޅުގަނޑަށް ނުދޭން ހިފަހައްޓާފައި،"

މިނިސްޓްރީން ބުނީ އާންމުންނަށް އޮޅޭގޮތަށް ސިއްހީ މައުލޫމާތު ފަތުރާތީ އެ މައްސަލަ ބަލާނެ ކަމަށެވެ. އެއީ އިންސުލިންގެ ބަދަލުގައި ހިޖާމާއިން ހަކުރު ބަލި ރަނގަޅުވާ ކަމަށް ފަޒީ ބުނެފައިވާތީ އެވެ.

"އަޅުގަނޑު އެފްބީގަ އެ ޕޯސްޓު ޖެހި އިރު އެއީ މާ ބޮޑު ކަމަކަށް ބަލައިގެންނެއް ނޫން ޖެހީ. އެ ބޭނުން ކޮށްފިއްޔާ ވެދާނެ ގެއްލުމަކަށޭ ކިޔާފަ މިނިސްޓްރީން ގެންދަން އެ އުޅެނީ. ގެންގޮސްގެން ސުވާލު ކުރެވިދާނެ. އެއްވެސް ކުށެއް ނުކުރާތީ ބަންދެއް ނުކުރެވޭނެ. އަޅުގަނޑު ނުބުނަން ހިޖާމާ ޖަހައިގެން ހަކުރުބަލި އެއްކޮށް ރަނގަޅު ކުރެވޭނެ ވާހަކައެއް. ހަކުރު ބައްޔާ ގުޅޭގޮތުން ކޮންމެވެސް ވަރަކަށް ކިޔަވާފަ ހުރީ،" އޭނާ ބުންޏެވެ.

"ގަބޫލުކުރަން އެއީ މައްސަލައަކަށް ވެދާނެ ކަމަށް ވެސް. އެއީ އަޅުގަނޑަށް އިތުބާރުކުރާ މީހުން ބޭނުން ކޮށްފާނެ އިންސުލިންގެ ބަދަލުގަ ހިޖާމާވެސް،"

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox