ރަށު ނޯޓު: މަރުވެފައި އޮތް ވިލުފުށީގެ ދެވަނަ ދިރިއުޅުން

ވިލުފުށި: 2004 ގެ ސުނާމީގައި މި ރަށް މުޅިން ސުންނާފަތިވެ، ރަށުގެ ރައްޔިތުންގެ އަތޮޅުގެ ބުރުންޏާއި އެހެން ރަށްރަށަށް ވަގުތީ ގޮތުން ހިޖުރަ ކުރި.

ވިލުފުށި: 2004 ގެ ސުނާމީގައި މި ރަށް މުޅިން ސުންނާފަތިވެ، ރަށުގެ ރައްޔިތުންގެ އަތޮޅުގެ ބުރުންޏާއި އެހެން ރަށްރަށަށް ވަގުތީ ގޮތުން ހިޖުރަ ކުރި.

ޑިސެމްބަރު 26، 2004 ދުވަހު އިރުއުތުރުން އެރި ކުޑަކުޑަ ރާޅާއެކުވެސް މި ކުރިމަތިވެގެން އުޅެނީ އާދައިގެ ކަމެއް ނޫންކަން ވިލުފުށީ ފީރޯޒުގޭ އަބްދުﷲ ނިޒާރު ދެނެގެންފި އެވެ. އޭނާ ގެންގުޅޭ ކެމެރާގަނޑު ހޯދައި ތައްޔާރުކޮށް ހާދިސާގެ ފޮޓޯ ނަގަންފެށި އެވެ. ސުނާމީގެ ކާރިސާއާ ގުޅުވައި ގެނެސްދޭ ވީޑިއޯ ރިޕޯޓުތަކާއި ލިޔުންތަކުގައި އެންމެ ގިނައިން ބޭނުންކުރާ ފޮޓޯއަކީ އަންހެނަކު އޭނާގެ ދަރިފުޅު އަތުގައި ހިފައިގެން ދުވަމުން އަންނައިރު، ފަހަތުން ލޮނުގަނޑު ރަށަށް އަރައިގެން އަންނަ މަންޒަރު ދައްކުވައިދޭ ފޮޓޯ އެވެ. މިއީ ވިލުފުށީ ފީރޯޒުގޭ އަބްދުﷲ ނިޒާރުގެ ކެމެރާގައި އެދުވަހު ރައްކާކުރި މަންޒަރުތަކުގެ ތެރެއިން މަންޒަރެކެވެ. ކާރިސާގެ ބިރުވެރިކަން ބުނެދޭ ފޮޓޯ އެވެ.

ސުނާމީ އެރަމުން އައި ވަގުތު އަބްދުﷲ ނިޒާރުގެ ކުޑަކުޑަ ކެމެރާއިން ނެގި ތާރީހީ ފޮޓޯ
ސުނާމީ އެރަމުން އައި ވަގުތު އަބްދުﷲ ނިޒާރުގެ ކުޑަކުޑަ ކެމެރާއިން ނެގި ތާރީހީ ފޮޓޯ

ސުނާމީ އަރަމުން އައި ވަގުތު އަބްދުﷲ ނިޒާރުގެ ކުޑަކުޑަ ކެމެރާއިން ނެގި ތާރީހީ ފޮޓޯއިން އެ ފެންނަނީ އެރަށު މަތިރަތްމާގޭ އާޒިބާ އީސާ، އޭރު ކުޑަކުއްޖެއްގެ ގޮތުގައި ހުރި އޭނާގެ ފިރިހެން ދަރިފުޅާއެކު ގެއިން ނުކުމެގެން ދުވެފައި އަންނައިރު، ބާރުލާފައި ރަށުތެރެއަށް އަރަމުން އަންނަ ސުނާމީގެ ލޮނުގަނޑު.

Advertisement

ފުރަތަމަ އެރި ރާޅުގެ އުސްމިނުގައި ވެސް ދޮޅުފޫޓު ނުވަތަ ދެ ފޫޓޫ ހުންނާނެ އެވެ. ވަރުނުލާ ރާޅެކެވެ. ގޭގެއަށް ލޮނުގަނޑު ވަނުން ފިޔަވައި އިތުރު ގެއްލުމެއް އެ ރާޅަކުން ނުލިބެ އެވެ. ފޮނުއަރުވާލައި އެ ރާޅު ހިނދުނުތަނާހެން ފަޅުތެރެއިން އަރައި އުފުލާލި ހޮޅިލީ ރާޅުގެ އުސްމިނުގައި 15 ވަރަކަށް ފޫޓު ހުއްޓެވެ. އެއީ ރަށުގެ ގޭގޭގެ ވެސް އުސްމިނެވެ. އެ ރާޅު ބިންދާލީ އެންމެ އަތިރިއަށް ހުރި ގޭގޭގެ ފުރާޅަށެވެ. އެއާއެކު ރަށު ތެރެއަށް ދެމިގަތް ލޮނުގަނޑުގެ އުސްމިނުގައި ހަ ފޫޓު ހުއްޓެވެ. އެ ލޮނުގަނޑު ތެރޭގައި އެ މީހަކަށް ސަލާމަތް ހޯދުނު ގޮތަކަށް މަސައްކަތް ކުރަމުން، ޅަ ދަރިންނާއި އުމުރުން ދުވަސްވީ މައިންބަފައިންނަށް ސަލާމަތްތެރިކަން ހޯދުމަށް މަސައްކަތް ކުރަމުން ދިޔައިރު، ލޮނުގަނޑު ދެމޭ އަޑާއި ގަދަ ރުއިމާއެކު އިވޭ ތަކުބީރުގެ އަޑުން މުޅި ރަށް އޮތީ ގުގުމާލާފަ އެވެ. އެންމެ ބޮޑު ރާޅު އެރީ ދެނެވެ. ތިންވަނައަށް އެރި ރާޅު އެރީ ރަށުގެ ހުޅަނގު ފަރާތުންނެވެ. އެ ރާޅާއެކު ބަނދަރުގައި ހުރި ބައެއް އޮޑިދޯނިފަހަރު ވެސް އެއްގަމަށް އެރުވި އެވެ. ރާޅު ހިނދުނުއިރު ރަށު ތެރޭގައި އޮތީ ހަމަހިމޭންކަމެވެ. ރަށުގައި ސަލާމަތުން ތިބި މީހުން ރަށުގެ ބަނދަރު މައްޗަށް ނުކުމެ ތިބިއިރު އެކަކު އަނެކަކަށް ބަލައި ލޮލުން ކޮށްލާ ސުވާލަކުން މެނުވީ ވާހަކަ ނުދައްކައި އެތައް އިރަކު ތިބެވުނެވެ. އެއީ ދުރާލާ ލިބުނު އިންޒާރެއް ނެތި މި ކުރިމަތިވީ ކޮންފަދަ ކަމެއްކަން ނުއެނގި ޖަވާބަކަށް އުއްމީދުކުރުމެއްވެސް ނެތި ކުރި ސުވާލުތަކެވެ. ހަދާނޭ ގޮތެއް، ހަދަންވީ ގޮތެއް އެނގޭ މީހަކު އެތަނުގައި ނެތެވެ.

ކުރިމަތިވި ސުނާމީގެ ކާރިސާ އަކީ ދިވެހިންގެ ހިތުން ދުވަހަކު ފިލައިނުދާނޭ ހިތާމައެކެވެ. ކޮޅުމަޑުލު ވިލުފުށްޓަކީ މި ހިތާމައިގައި ރާއްޖެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާ ކުރާ ރަށެވެ. އެރަށުން ކުޑަ ދެ ކުދިންނާއި ބޮޑު މީހަކު ގެއްލުނެވެ. ސުނާމީގެ ރާޅު އަރައިފައިބެން ދިޔައީ 15 ފުރާނަ ހިފައިގެންނެވެ. ލިބުނު އަނިޔާތަކަށް ފަރުވާކުރަނިކޮށް އިތުރު ހަތަރު މީހަކު ނިޔާވި އެވެ. ސުނާމީގެ ކާރިސާގައި ވިލުފުށީގެ 22 ރައްޔިތުން އަހަރުމެންނާ ވަކިވެދިޔަ އެވެ.

ވިލުފުށީގައި ސަލާމަތުން ތިބި މީހުން ދިރިއުޅުން ބަދަލުކުރެވުނީ ބުރުންޏާއި މަޑިފުށްޓާއި ގުރައިދުއާއި ދިޔަމިގިއްޔާއި ވޭމަންޑޫއަށެވެ. އެންމެ ގިނަ މީހުން ބަދަލުވީ ބުރުންޏަށެވެ. ވިލުފުށި އަލުން އާރާސްތުކޮށް، ރަށަށް މީހުން ބަދަލުކުރުމާ ހަމައަށް ވިލުފުށީގެ ގިނަ ރައްޔިތުން ދިރިއުޅުނީ ބުރުނީގައި ހެދި ވަގުތީ ހިޔާތަކުގަ އެވެ.

ކޮޅުމަޑުލު ވިލުފުށްޓަކައި ބޮޑުމިނުގައި 60.6 ހެކްޓަރު ހުރި ރަށެކެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އެން-2 އެވެ.

ފެބުރުއަރީ 2022 ގެ ނިޔަލަށް ވިލުފުށީގެ އާބާދީއަކީ 1128 އަންހެނުންނާއި 1129 ފިރިހެނުންނާއެކު ޖުމްލަ 2257 އެވެ. އެހެންނަމަވެސް 2017 ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރު ރަށުގެ އާބާދީގައި 3002 މީހުން ތިއްބެވެ. އާބާދީ މަދުވީ 2017 ވަނަ އަހަރު ރަށުގެ ވަރަށް ގިނަ މީހުން މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރަށް ރަޖިސްޓްރީ ބަދަލުކުރުމުންނެވެ. މިހާރު ވިލުފުށީގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ ގާތްގަނޑަކަށް 1200 އެވެ.

ވިލުފުށީގެ އާންމު އިގްތިސާދީ މަސައްކަތަކީ މަސްވެރިކަމެވެ. މަސްވެރިކަމުގައި ބޭނުންކުރާ ޑިންގީތަކާއެކު ޖުމުލަ 20 އުޅަނދު މިރަށުގައި ގެންގުޅެ އެވެ. އޭގެ އިތުރުން އާމްދަނީ ހޯދަނީ ފަންގިވިނުމުންނާއި ފައިބަރުގެ މަސައްކަތްކޮށްގެންނާއި އިމާރާތް ކުރުމުގެ މަސައްކަތުންނާއި ހޮޓާ، ކެފޭ، ރެސްޓޯރަންޓުގެ ވިޔަފާރިންނެވެ.

ސުނާމީ އަށް ފަހު ވިލުފުށި އަލުން އާބާދުކުރިއިރު، ވިލުފުއްޓަށް ނިސްބަތްވާ ނަލަހިޔާ ފިހާރައިގެ ވަހީދުގެ ހިލޭ އެހީގައި ބިނާކޮށްފައިވާ ރީތި މިސްކިތް. މިއީ ރަށެއްގައި ހަދާފައިވާ އެންމެ ބޮޑު މިސްކިތް، މިސްކިތުގެ އަޑީގައި ހަދާފައިވާ ފެންތާންގި ތަކުގައި ރަށުގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ވާރޭ ފެން ވެސް ރައްކާކުރެވޭ.
ސުނާމީ އަށް ފަހު ވިލުފުށި އަލުން އާބާދުކުރިއިރު، ވިލުފުއްޓަށް ނިސްބަތްވާ ނަލަހިޔާ ފިހާރައިގެ ވަހީދުގެ ހިލޭ އެހީގައި ބިނާކޮށްފައިވާ ރީތި މިސްކިތް. މިއީ ރަށެއްގައި ހަދާފައިވާ އެންމެ ބޮޑު މިސްކިތް، މިސްކިތުގެ އަޑީގައި ހަދާފައިވާ ފެންތާންގި ތަކުގައި ރަށުގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ވާރޭ ފެން ވެސް ރައްކާކުރެވޭ.

ސުނާމީ އަށް ފަހު ވިލުފުށި އަލުން އާބާދުކުރިއިރު، ވިލުފުއްޓަށް ނިސްބަތްވާ ނަލަހިޔާ ފިހާރައިގެ ވަހީދުގެ ހިލޭ އެހީގައި ބިނާކޮށްފައިވާ ރީތި މިސްކިތް. މިއީ ރަށެއްގައި ހަދާފައިވާ އެންމެ ބޮޑު މިސްކިތް، މިސްކިތުގެ އަޑީގައި ހަދާފައިވާ ފެންތާންގި ތަކުގައި ރަށުގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ވާރޭ ފެން ވެސް ރައްކާކުރެވޭ.

އާންމު ވިޔަފާރިކުރާ 25 ފިހާރައެއް ވިލުފުށީގައި ހިންގަ އެވެ. ކެފޭ ރެސްޓޯރަންޓްގެ ގޮތުގައި ތިން ތަނެއް އެބަހުއްޓެވެ. މިވަގުތު ރަށުގައި ގެސްޓްހައުސްއެއް ނެތެވެ. ގޭގޭގައި ކުއްޔަށްދޭ ކޮޓަރިތައް ހުރެ އެވެ. ގެސްޓްހައުސްއެއް ހަދަމުން އެބަ ދެ އެވެ. މިއަހަރު ތެރޭގައި އެ ގެސްޓްހައުސް ހުޅުވޭވަރުވާނެ އެވެ.

ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަ އެވެ. ސުނާމީގެ ކުރިން ރަށު ރައްޔިތުން ދިރިއުޅެމުން ގެންދިޔައީ ރަށު އޮފީހުން ދޫކޮށްފައިހުރި 5000 އަކަފޫޓުގެ ތަނަވަސް ގޯތީގައި ގެދޮރު އަޅައިގެންނެވެ. ސުވާމީއަށްފަހު ރަށަށް ބަދަލުވެ ދިރިއުޅެން ލިބުނީ އެއަށްވުރެ މާކުދި ބިންތަކެވެ. އާއިލާތައް ބޮޑެތިވާ ވަރަކަށް އެ ގޭގޭގައި ޖާގައިގެ ދަތިކަމުގެ މައްސަލަ އައީ ކުރިމަތިވަމުންނެވެ. ރަށުގައި އިތުރަށް ގޯތި ދޫކުރާނޭ ބިން ނެތުމުން ބޯހިޔާވަހިކަން ބޭނުންވެފައި ތިބި މީހުންނަށް ފޯރުކޮށްދެވޭނޭ ހައްލެއް މިވަގުތަށް ނެތެވެ.

ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް 2011 ވަނަ އަހަރު އިފްތިތާހުކޮށް، 2014 ވަނަ އަހަރު އަމަލީ މަސައްކަތް ފެށުނު 100 ހައުސިންގ ޔުނިޓުގެ މަސައްކަތް 2015 އަހަރު އޮތީ ހުއްޓާލާފަ އެވެ. މިހާރު އަލުން އެ މަސައްކަތް ފަށައިގެން ކުރިއަށް އެބަ ގެންދެ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ޖުލައި 15، 2022 އަށް ނިންމާލުމަށް ސަރުކާރުން އޮތީ އަމާޒު ހިފާފަ އެވެ. ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތާއި ރަށު ސުކޫލުގެ 2 ބުރި އިމާރާތުގެ ފިނިޝިން މަސައްކަތް އޮތީ ޕްރީޓެންޑަރިން މަރުހަލާގަ އެވެ. ވިލުފުށީގައި އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް އޮތީ ޓެންޑަ ކުރެވިފަ އެވެ. ރަށުގެ ފުޓުބޯޅަ ދަނޑާއި އިޖުތިމާއީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް އޮތީ ކޮންޓްރެކްޓް ކުރެވިފަ އެވެ. މި އަހަރު ތެރޭގައި އެ މަސައްކަތްތައް ފެށިގެން ދާނެ އެވެ. ގައުމީ ދަތުރުފަތުރުގެ ނިޒާމުގައި މި ރަށް ހިމެނުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.

ވިލުފުށީގައި ހުރި އުވައިން ރާނާފައިވާ ކުރީގެ މިސްކިތް.
ވިލުފުށީގައި ހުރި އުވައިން ރާނާފައިވާ ކުރީގެ މިސްކިތް.

ވިލުފުށީގައި އުވައިން ރާނާފައިވާ ކުރީގެ މިސްކިތް.

ސުނާމީއަށް ފަހު ވިލުފުށި އާރާސްތުކޮށްފަނީ "ސޭފް އައިލެންޑް ކޮންސެޕްޓް" ގެ ދަށުން ބިން ހިއްކައި، ވަށައިގެން ރިވެޓްމަންޓްޖަހައި، ފަސްގަނޑު އުސްކޮށް އެންމެ ޒަމާނީ ވަސީލްތަތަކާއެކު އެވެ. މިހާރު ރަށުގެ އުސްމިނާއި، އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަލާއިރު، ސުނާމީއެއް ފަދަ ކާރިސާއަކުން އެރަށް ކުރިން ތަޖުރިބާކުރި ގެއްލުންތައް ދެވަނަ ފަހަރަށް ތަޖުރިބާކުރަން ޖެހުމަކީ ދުރުކަމެކެވެ.

މުޅިރަށް ސުންނާފަތިކޮށްލި ބިޔަ ރާޅަށް ފަހު، ސަރުކާރުން ތައްޔާރުކުރި 'ސޭފްއައިލެންޑް' އަކީ ދިރިއުޅުމަށް ކަމުދާ ރަށަކަށް ހެދީ ވިލުފުށި ރައްޔިތުންގެ ހީވާގިކަމުންނެވެ. ހޫނުދަގަ ހިކިފަސް ސަހަރާއެއްހެން އޮތް ރަށުގައި ގަސް އިންގައި ރަށްފެހިކޮށް، ވިޔަފާރިތައް ދިރުވައި، ދިރިއުޅުމެއް ފަށައިގަތީ ސުނާމީގައި ވަކިވެދިޔަ ރައްޔިތުންނާމެދު ކުރަމުންދިޔަ ހިތާމަތައް ހިތުތެރޭ ފޮރުވައިގެންތިބެގެންނެވެ. ހުރިހާ އެއްޗެއް ގެއްލި، ދިރިއުޅުން ހުއްޓުމަކަށް އައުމަށްފަހު އަލުން ނަގައި ކޮޅަށްޖެހުމަކީ ކޮންމެކޮންމެ މީހަކަށް ކުރެވޭނޭ ކަމެކޭ ހިތެއް ނުބުނެ އެވެ. އެއީ ފިސާރި ހިތްވަރު ހުރެގެން މެނުވީ ނުވާނެ ކަމެކެވެ. ވިލިފުށިން ދެއްކީ އެ ކެތްތެރިކަމާއި ހިތްވަރެވެ. މިއީ ވިލުފުށި އަބަދަށް ފަހުރުވެރިވާނޭ، އަދި ވިލުފުށްޓާމެދު ދިވެހިން ފަހުރުވެރިވާންޖެހޭ ވަރުގެ ކަމެކެވެ. ރަށް އެއޮތީ ދެވަނަ ފަހަރަށް ދިރިފަ އެވެ. މިހާރު އެއީ އަތޮޅުގައި ވިޔަފާރީގެ މަރުކަޒެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox