ރަށު ނޯޓު: އދ. މާމިގިލި

އދ. މާމިގިލި

އދ. މާމިގިލި

މިޔަރު އާއިލާގެ އެންމެ ބޮޑު ބާވަތަކީ ފެހުރިއްސެވެ. ގާތްގަނޑަކަށް 12 މީޓަރަށް މި މަސް ބޮޑުވެ އެވެ. ރާއްޖެއިން އާންމުކޮށް ފެންނަ ފެހުރިހީގެ ބޮޑުމިނުގައި ހުންނަނީ 6 މީޓަރު ނުވަތަ 19.6 ފޫޓެވެ. ސައިޒުން ކިތަންމެ ބޮޑު ނަމަވެސް ބިޔަ ފެހުރިހި މޫދުގައި އުޅޭނީ ވަރަށް 'ސައިޒުގަ' އެވެ. މަޑުމައިތިރި ދުވެއްޔެއްގައި ދާ ފެހުރިއްސާއެކު ފީނާލުމަކީ މުޅީން އެހެން ދަރަޖައެއްގެ ހިތްހަމަޖެހުމެކެވެ. މާމިގިލީ ފަޅުން ނުކުމެގެން ދެ މިނެޓެއްހައިއިރުގެ ދުއްވުމަކަށްފަހު ދެވޭ 'ވޭލްޝާކް' ސަރަހައްދަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ފަސޭހައިން ފެހުރިހި ފެންނަ ސަރަހައްދެވެ.

މީހަކު ފެހުރިއްސަކާއެކު ފީނާފައި ދަނީ. -- ފޮޓޯ: މޯލްޑީވްސް ފައިނެސްޓް
މީހަކު ފެހުރިއްސަކާއެކު ފީނާފައި ދަނީ. -- ފޮޓޯ: މޯލްޑީވްސް ފައިނެސްޓް

މީހަކު ފެހުރިއްސަކާއެކު ފީނާފައި ދަނީ. -- ފޮޓޯ: މޯލްޑީވްސް ފައިނެސްޓް

އަރިއަތޮޅު ދެކުނުބުރީ މާމިގިލީގެ ބޮޑުމިނުގައި ހުރީ 74.8 ހެކްޓަރެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އައި-10 އެވެ.

Advertisement

ފެބުރުއަރީ 2022 ގެ ނިޔަލަށް މިރަށުގައި ރަޖިސްޓްރީވެފައިވާ އާބާދީ އުޅެނީ 3180 އެވެ. އެއީ 1536 އަންހެނުންނާއި 1644 ފިރިހެނުންނެވެ. ރަށުގެ ރަޖިސްޓްރީވެފައިވާ އާބާދީގެ އިތުރުން އެކި ބޭނުންތަކަށް އައިސް މާމިގިލީގައި ދިރިއުޅޭ މީހުންނާއެކު މިހާރު އެރަށުގައި ދިރިއުޅޭ އާބާދީ 5000 އާ ގާތްކުރެ އެވެ.

މާމިގިލީގައި މަސްވެރިކަމާއި ދަނޑުވެރިކަންވެސް ކުރެ އެވެ. އެހެންނަމަވެސް އެއީ ރަށުގެ މައިގަނޑު އިގްތިސާދީ މަސައްކަތެއް ނޫނެވެ. މާގިނަ ބަޔަކު ޝާމިލުވާ މަސައްކަތެއްވެސް ނޫނެވެ. ދަނޑުވެރިކަން އޮތީ ގޭގައި ކާނޭ މިންވަރަށް ތަކެތި ހެއްދުމުގެ މައްޗަށެވެ. އެ މަސައްކަތުގައި އާންމުކޮށް ބައިވެރިވެ އުޅެނީ ރަށުގެ އަންހެނުންނެވެ.

މާމިގިއްޔާ އިރު އޮއްސޭ ނަލަ މަންޒަރު. -- ފޮޓޯ: މާމިގިލި.އެމްވީ
މާމިގިއްޔާ އިރު އޮއްސޭ ނަލަ މަންޒަރު. -- ފޮޓޯ: މާމިގިލި.އެމްވީ

މާމިގިއްޔާ އިރު އޮއްސޭ ނަލަ މަންޒަރު. -- ފޮޓޯ: މާމިގިލި.އެމްވީ

މާމިގިއްޔަށް އާމްދަނީ ވަންނަނީ އެރަށު ރައްޔިތުން އަދާކުރާ ވަޒީފާތަކުންނެވެ. ރަށާ ކައިރީގައި އޮންނަ ރިސޯޓުތަކާއި، ރަށުގައި އުފެދިފައިހުރި އެކި ވިޔަފާރިތަކާއި ސަރުކާރުގެ އޮފީސްތަކާއި ރަށު އެއަޕޯޓުގެ ވަޒީފާ ތަކެވެ. އެއާޕޯޓުގައި އެކަނިވެސް މާމިގިލީގެ 400 އެއްހައި މީހުން ވަޒީފާ އަދާކުރެ އެވެ. މާމިގިލީގެ އިގްތިސާދު ބިނާވެފައި އޮތީ ވަޒީފާތަކުގެ މައްޗަށެވެ. ރަށާ އިންވެގެން އޮތް ސަން އައިލެންޑް ރިސޯޓު ސާފުކޮށް ބެލެހެއްޓުމުގެ ބުރަ ޒިންމާ އަދާކުރުމުގައި މާމިގިލިން ފުރައިގެން ކޮންމެ ދުވަހަކު ރިސޯޓަށްދާ ފެރީން އެރަށް ދާ މާމިގިލީ އަންހެނުންގެ ދައުރު ބޮޑެވެ. މުޅި އަތޮޅަށް މަންފާވާ އެއާޕޯޓުގައި ލަގެޖް އުފުލުމުން ފެށިގެން ހުރިހާ ކަމެއްގައިހެން އުޅެނީ މާމިގިލީގެ މުރާލި ރައްޔިތުންނެވެ. މިއީ އެންމެ ވިޔަފާރިވެރިޔަކު އުފެއްދި ވަޒީފާތަކެވެ.

އާންމު ވިޔަފާރިކުރާ 20 ފިހާރައެއް މާމިގިލީގައި ހުރެ އެވެ. ކެފޭ ރެސްޓޯރަންޓްގެ ގޮތުގައި ކާބޯތަކެތީގެ ހިދުމަތްދޭ ނުވަ ތަނެއް ހިންގާއިރު ރަށުގައި މިވަގުތު ހުރީ ފަސް ގެސްޓްހައުސް އެވެ. ރަށުގައި ތިން ސެލޫނެއް ހުރި އިރު، ދެ ބޭކަރީއެއް ހިންގަ އެވެ. ރަށާ ކައިރީގައި އޮތް ރިސޯޓަށް އަންނަ ފަތުރުވެރިންނަށް ހާއްސަކޮށް ހުޅުވާފައިވާ ގެސްޓް ޝޮޕްތަކާއި، ފަތުރުވެރިންނަށް ހާއްސަ މުދާ ވިއްކުމަކީވެސް މިރަށުގައި އޮތް ވިޔަފާރިއެކެވެ. މިހުރިހައި ކަމަކާއެކު، މާމިގިލީގައި އުޅެނީ ފުދުންތެރި އާބާދީއެކެވެ.

ރަށުގެ އާންމު އިގްތިސާދީ ހާލަތު ރަނގަޅު ނަމަވެސް ރަށަށް ދިމާވެފައިވާ ދަތިތަކެއް އެބަހުއްޓެވެ. ކުނި މެނޭޖްކުރުމުގެ މައްސަލަ އަންނަނީ އެ ލިސްޓުގެ އެންމެ ކުރިއަށެވެ. ރަށުގައި ކުނި އެޅުމަށް ހާއްސަކުރެވިފައިވާ ސަރަހައްދެއް ނެތެވެ. މިހާރު ރަށު ކައުންސިލުން ދަނީ އެ މަސައްކަތް ކުރަމުންނެވެ. ކުނިގޮނޑެއް ހެދުމާއި، އެތަނުގައި ކުނި ނައްތާލެވޭނޭ އިންތިޒާމު ހަމަޖެއްސުމަށް ކައުންސިލުން މަސައްކަތްކުރަމުންދާއިރު އެކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމެވެ. ދަތިތަކާއެކުވެސް އެކަން ކާމިޔާބުވާނޭކަމުގެ ފުރިހަމަ ޔަގީންކަން ރަށު ކައުންސިލަށް އެބައޮތެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީވެސް މާމިގިއްޔަށް ދިމާވެފައި އޮތް ގޮންޖެހުމެކެވެ. އިތުރުވަމުންދާ އާބާދީއަށް ގޯތި ދޫކުރާކަށް މާމިގިލީގައި މިހާރު ބިމެއް ނެތެވެ. ރަށަކީ އެތައް ވިޔަފާރިތަކެއް ހިންގާ، އަދި އަތޮޅުގެ ވިޔަފާރީގެ ހަބަކަށްވާއިރު، އެރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ނެތުމަކީވެސް ވިޔަފާރިތަކަށް ކުރިމަތިވެފައި އޮތް ދަތިކަމެއް ކަމަށް ރަށު ކައުންސިލުން ބުނެ އެވެ. އެކަމަށް ހައްލެއް ހޯދުމަށްވެސް ކައުންސިލުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު މާމިގިލީގެ މަންޒަރެއް
ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު މާމިގިލީގެ މަންޒަރެއް

ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު މާމިގިލީގެ މަންޒަރެއް

ހިނގަމުން މިދާ 2022 ވަނަ އަހަރުގެ ބަޖެޓުގައި މާމިގިއްޔަށް ހާއްސަކުރެވިފައި އޮތީ 17.9 މިލިއަން ރުފިޔާ ގެ 8 މަޝްރޫއުއެކެވެ. މިވަގުތު ހިނގަމުންދާ މަޝްރޫއުތަކަށް ބަލާއިރު މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އެބަ ދެ އެވެ. ކައުންސިލާއި އަމިއްލަ ފަރާތަކާ ގުޅިގެން، ޒުވާނުންނަށް ހާއްސަކޮށްގެން ފުޓްސެލް ދަނޑަކާއި ވޮލީ ކޯޓަކާއި ނެޓްބޯޅަ ކޯޓެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށް އެބަ ދެ އެވެ. ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް އޮތީ ޕްރީޓެންޑަރިން މަރުހަލާގަ އެވެ. މާމިގިލީގައި އައު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްވެސް ޕްލޭން ކުރެވިފައި އެބަ އޮތެވެ.

ތަރައްގީގެ ހުރިހާ ކުލައެއް ފެންނަން އޮތް މިރަށުގައި އޮތް އެންމެ ހިތްގައިމުކަމަކީ މިރަށް ކައިރީގައި އޮންނަ 'ވޭލްޝާކް' ސަރަހައްދެވެ. ރަށުގައި ދިރިއުޅޭ ތަމްރީނު ލިބިފައި ތިބި ޑައިވިން އިންސްޓްރަކްޓަރުންގެ އެހީތެރިކަމާއެކު، މިރަށަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށްވެސް ފެހުރިއްސާއެކު ފީނާލުން ތަޖުރިބާކުރެވުމުގެ ފުރުސަތު އެބައޮތެވެ. އީދަށް މި ލިބޭ ޗުއްޓީގައި ކޮށްލަން މިއަށްވުރެ ވަކި ރަނގަޅު ތަޖުރިބާއެއް ނޯންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox