ކޮވިޑުގެ ވޭރިއެންޓުތައް ދެނެގަތުމަށް ޑަބްލިއުއެޗްއޯއިން ޖީން ސީކުއެންސް މެޝިނެއް ރާއްޖެއަށް ހަދިޔާކޮށްފި

ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ހަދިޔާކުރި ވޭރިއެންޓްތައް ދެނެގަތުމަށް ބޭނުންކުރާ ޖީން ސީކުއެންސް މެޝިން ރާއްޖެއަށް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޑްބަލިޔުއެޗްއޯ

ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ހަދިޔާކުރި ވޭރިއެންޓްތައް ދެނެގަތުމަށް ބޭނުންކުރާ ޖީން ސީކުއެންސް މެޝިން ރާއްޖެއަށް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޑްބަލިޔުއެޗްއޯ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ކޮވިޑްގެ ތަފާތު ވޭރިއެންޓުތައް ދެނެގަތުމަށް ބޭނުންކުރާ ޖީން ސީކުއެންސް މެޝިނެއް ހަދިޔާކޮށްފި އެވެ.

މި މެޝިން މެދުވެރިކޮށް ކޮވިޑް ފެތުރޭ މިންވަރު ބެލުމާއި، ވައިރަސްގެ ހަރަކާތްތަކާއި، އެއަށް އަންނަ ބަދަލުތައް ދެނެގަތުމަށާއި، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަަމަށް ޑަބްލިޔޫއެޗްއޯއިން ބުނެ އެވެ.

އެގޮތުން، ޖީން ސީކުއެންސިންގެ ކެޕޭސިޓީ ރާއްޖޭގައި ގާއިމުކުރެވުމުން، ކޮވިޑްގެ އިތުރުން އިންފްލުއެންޒާ، ހިމަބިހި ފަދަ ނުރައްކާތެރި އެހެން ބަލިތައް މުޖުތަމައުގެ ތެރޭގައި ފެތުރުން ހުއްޓުވާ ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެ އެވެ.

Advertisement

އަދި، މި މެޝިންގެ އެހީގައި ފަސޭހަކަމާއެކު ކޮވިޑްގެ ވޭރިއެންޓުތައް ދައުރުވާ މިންވަރު ދެނެގަނެވޭނެ އެވެ.

ޑަބްލިއުއެޗްއޯއިން ހަދިޔާކުރި މި ޖީން ސީކުއެންސް މެޝިނާއި ރާއްޖޭން ހަވާލުވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރާ ސާމްޕަލްތަކުގެ ވޭރިއެންޓު ދެނެގަތުމަށް ޓެސްޓް ކުރެވޭނެ ތަނެއް ގާއިމް ކުރުމަށް މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށް ހެލްތު އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ބުނެފަ އެވެ. އަދި، އެއަށް ބޭނުންވާ ސާމާނު ވަނީ ރާއްޖެ ގެނެސްފަ އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު ކުޑަވެ ބަލި ކޮންޓްރޯލް ކުރެވިފައިވާތީ، ކޮވިޑާ ގުޅިގެން އިއުލާންކޮށްފަ އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެ އަހަރަށް ފަހު ވަނީ އުވާލާފަ އެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް މިދިޔަ މަހު ވަނީ ނިމުމަކަށް ގެނެސް އާންމު ހާލަތަށް ރުޖޫއަވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox