ސްކުއިޑް ގޭމްގެ ދެ ވަނަ ސީޒަން ނެރުން 2024 ގައި

ސްކުއިޑް ގޭމްއަކީ ނެޓްފްލިކްސްގައި މިހާތަނަށް ސްޓްރީމް ކުރި އެންމެ ކާމިޔާބު އެއް ސީރީޒް.

ސްކުއިޑް ގޭމްއަކީ ނެޓްފްލިކްސްގައި މިހާތަނަށް ސްޓްރީމް ކުރި އެންމެ ކާމިޔާބު އެއް ސީރީޒް.

މިދިޔަ އަހަރު ނެޓްފްލިކްސްއިން ނެރުނު ކާމިޔާބު ސީރީޒް "ސްކުއިޑް ގޭމް" ގެ ދެ ވަނަ ސީޒަންގެ ސްކްރިޕްޓް ލިޔަން އަދިވެސް ނުފަށާ ކަމަށާއި އެންމެ އަވަހަށް ވެސް ސީރީޒް ރިލީޒް ކުރެވޭނީ 2024 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށް ޑިރެކްޓަރު ހްވާންގް ޑޮންގް ހިޔުކް ބުނެފި އެވެ.

"ދެ ވަނަ ސީޒަންގެ މަސައްކަތް ޖެހޭނީ ފަށަން. އުއްމީދަކީ 2024 ވަނަ އަހަރު ނިމުމުގެ ކުރިން ފޭނުންނާ ހަމައަށް ގެނެސްދިނުން،" ދެކުނު ކޮރެއާގެ ކިޔުންތެރިޔާ އަދި ޑައިރެކްޓަރު ފްރާންސްގެ ކޭންސްގައި އޮންނަ އެމްއައިޕީޓީވީ ފެސްޓިވަލުގައި ބުންޏެވެ.

އާދީއްތަ ދުވަހު އޮތް ކޭންސީރީޒް ފެސްޓިވަލުގައި ވެސް ހްވާންގް ބުނީ މިހާތަނަށް ލިޔެވުނީ ދެ ވަނަ ސީޒަންގެ ސްކްރިޕްޓުން އެންމެ ތިން ސަފްހާ ކަމަށެވެ.

Advertisement

"ސްކުއިޑް ގޭމް" ގެ ނުވަ އެޕިސޯޑުގެ ފުރަތަމަ ސީޒަނުން ދައްކުވައިދެނީ އިގްތިސާދީ ހަމަހަމަކަން ނެތުމުން ދަރަންޏާއި ދަތި ހާލުގައި އުޅެން ޖެހޭ އެތައް ސަތޭކަ ބަޔަކު ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން، ފައިސާ ހޯދަން ކުޑަކުދިންގެ ގޭމުތަކެއް ކުޅޭ ތަނެވެ. ޖުމްލަ 45.6 ބިލިއަން ވޮން ނުވަތަ 38 މިލިއަން ޑޮލަރު ލިބޭނީ މޮޅުވާ މީހަކަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ނެޓްފްލިކްސްއިން ބުނީ 142 މިލިއަން ސަބްސްކްރައިބަރުން އެ ސީރީޒް ބަލާފައިވާ ކަމަށެވެ. އެއީ ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ ތިންބައި ކޮށްފައި ދެ ބަޔަށް ވުރެ ވެސް ގިނަ އެވެ.

ނަމަވެސް އެ ސީރީޒްއަކީ ފީޗާ ފިލްމެއްގެ ގޮތުގައި 2009 ވަނަ އަހަރު ހްވާންގް ލިޔުނު ސްކްރިޕްޓެއްގެ މައްޗަށް ބިނާކޮށްފައިވާ ސީރީޒެކެވެ. އެ ސްކްރިޕްޓުގެ މައްޗަށް ޓީވީ ސީރީޒް ހެދުމުގެ މަސައްކަތް ފެށީ 206 ވަނަ އަހަރު ނެޓްފްލިކްސްގެ ހިދުމަތް ދެކުނު ކޮރެއާގައި ފެށުމުންނެވެ.

އެ ސީރީޒްގެ ދެ ވަނަ ބައިގެ އިތުރުން ފިލްމެއްގެ މަސައްކަތް ވެސް ހްވާންގް ދަނީ ކުރަމުންނެވެ. "ކޭއޯ ކްލަބް" ގެ ނަން ދީފައިވާ ފިލްމަކީ އިޓަލީގެ ލިޔުންތެރިޔާ އަމްބޭޓޯ އީކޯގެ ފޮތެއްގެ މައްޗަށް ތައްޔާރު ކުރާ ފިލްމެކެވެ. އެއީ އުމުރުން ދުވަސްވީ މީހުން މެރުމާ ގުޅޭ ކަންތައްތަކެއް ފެންނާނެ ފިލްމެކެވެ.

ހްވާންގް ބުނީ އެއީ "ސްކުއިޑް ގޭމް" އަށް ވުރެ ވެސް "ވަޔެލެންޓް" ސީންތަކެއް ފެންނަ މަސައްކަތަކަށް ވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox