ރަށު ނޯޓު: ބ. ގޮއިދޫ

ބ. ގޮއިދޫ: އަށް ސަތޭކައަށް ވުރެ ބޮޑު އާބާދީއެއް އޮތް ގޮއިދޫއަކީ ދަނޑުވެރިކަމަށް ވެސް، އަދި ލޯކަލް ޓޫރިޒަމްގައި މަޝްހޫރު ރަށެއް. -- ފޮޓޯ: ހަސަން އިސްމާއީލް

ބ. ގޮއިދޫ: އަށް ސަތޭކައަށް ވުރެ ބޮޑު އާބާދީއެއް އޮތް ގޮއިދޫއަކީ ދަނޑުވެރިކަމަށް ވެސް، އަދި ލޯކަލް ޓޫރިޒަމްގައި މަޝްހޫރު ރަށެއް. -- ފޮޓޯ: ހަސަން އިސްމާއީލް

ރާއްޖޭގައި އޮންނަނީ ގޮއިދޫ ކިޔާ މީހުން ދިރިއުޅޭ ދެ ރަށެކެވެ. އެއީ ށ އަތޮޅު ގޮއިދޫ އާއި، ބ.އަތޮޅު ގޮއިދޫ އެވެ. މިފަހަރު ރަށު ނޯޓު ގައި މި ބަލާލަނީ ބ.ގޮއިދޫއަށެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫއަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ބިންބޮޑު ރަށެކެވެ. ރަށުގެ ބޮޑުމިނުގައި 113 ހެކްޓަރު ހުރެ އެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ F16 އެވެ.

ބިމުގެ ޖާގަ ތަނަވަސް ރަށަކަށް ބަލާއިރު މިރަށުގައި އޮތީ ކުޑަ އާބާދީ އެކެވެ. ނަވާރަ ސަތޭކަ އައްޑިފަ ފަސް ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރު މިރަށުގައި އުޅުނީ 156 އަންހެނުންނާއި 183 ފިރިހެނުންނާއެކު ޖުމްލަ 339 މީހުންނެވެ. އެ އަދަދު މަޑުމަޑުން މަތިވަމުން އައިސް އެންމެ ފަހުން 2017 ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރު ރަޖިސްޓްރީވެފައިވާ އާބާދީގައި ހިމެނެނީ 385 އަންހެނުންނާއި 416 ފިރިހެންނާއެކު ޖުމްލަ 801 މީހުންނެވެ. ނިމިދިޔަ ފެބުރުއަރީ މަހުގެ ނިޔަލަށް އެ ރަށުގެ އާބާދީއަކީ ޖުމްލަ 827 އެވެ. އެއީ 401 އަންހެނުންނާއި 426 ފިރިހެނުންނެވެ.

Advertisement

ގޮއިދޫއަކީ އާބާދީ މަދުނަމަވެސް ތަނަވަސް ރަށެކެވެ. ނިމިދިޔަ 1442 ވަނަ އަހަރުގެ ފިތުރު ޒަކާތް ބަހަން ބެލިއިރު، އެރަށުގައި ފަގީރުންގެ ދަފްތަރުގައި އެއްވެސް މީހަކު ރަޖިސްޓްރީވެފައި ނެތުމުން، ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ދިހަހާސް ދުއިސައްތަ ނުވަދިހަ އަށް ރުފިޔާ އެ ރަށު ކައުންސިލްއިން ހަދިޔާކުރީ ތުޅާދޫ އަށެވެ.

ބިން ބޮޑު ރަށަކަށްވީތީއާއެކު ގޮއިދޫގައި އާންމުކޮށް ކޮށްއުޅޭ މަސައްކަތަކީ ދަނޑުވެރިކަމެވެ. މި މަސައްކަތުގައި ރަށު މީހުން އަމިއްލައަށް ބައިވެރިވާ މިންވަރު ކުޑަ އެވެ. ދަނޑަށް އިންވެސްޓްކޮށް، ހިންގަނީ ރަށުގެ ރަށްވެހީންނެވެ. ގިނަ ދަނޑުތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި ހަރަކާތްތެރިވަނީ ބިދޭސީންނެވެ.

ބ. ގޮއިދޫ: ރަށު އާބާދީ މަދުވުމާއެކު ރަށުގެ ބޮޑު ބަޔަކީ ވަލުތެރެއަށް ވެފައިވާ ތަންތަން، އަދި ބޮޑު ސަރަހައްދެއްގައި ދަނޑުވެރިކަން ވެސް ކުރޭ -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު
ބ. ގޮއިދޫ: ރަށު އާބާދީ މަދުވުމާއެކު ރަށުގެ ބޮޑު ބަޔަކީ ވަލުތެރެއަށް ވެފައިވާ ތަންތަން، އަދި ބޮޑު ސަރަހައްދެއްގައި ދަނޑުވެރިކަން ވެސް ކުރޭ -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު

ބ. ގޮއިދޫ: ރަށު އާބާދީ މަދުވުމާއެކު ރަށުގެ ބޮޑު ބަޔަކީ ވަލުތެރެއަށް ވެފައިވާ ތަންތަން، އަދި ބޮޑު ސަރަހައްދެއްގައި ދަނޑުވެރިކަން ވެސް ކުރޭ -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު

'ވަލުތެރެ' އަކީ މިހާރު ރާއްޖޭގެ ގިނަ ރަށްރަށުގައި އޮންނަ އެއްޗެއް ނޫނެވެ. ރަށްރަށުގެ ހޭޅިފަށާ ހަމައަށް ހުންނަނީ އިމާރާތްތަކެވެ. އެކަމަކު ގޮއިދޫ ތަފާތެވެ. ބިމުގެ ބޮޑުކަމާއި އާބާދީގެ މަދުކަމުން ރަށުގެ ވަރަށް ބޮޑުބަޔަކީ 'ވަލުތެރެ' އެވެ. އެ ސަރަހައްދުތަކުގައި ހެދިފައި ހުންނަ ރުއްތަކުން ވެރޭ ކާށި ހޮވައި ވިއްކުމަކީވެސް މިރަށަށް އާމްދަނީ ވަންނަ އެއްގޮތެވެ.

ގޮއިދޫ އަކީ ކުޅިވަރުގައި ފާހަގަކޮށްލެވޭ ރަށެކެވެ. މުޅީ ރާއްޖެއިން ހޮވާލެވޭނޭ އެންމެ މޮޅު ވޮލީ ކުޅުންތެރިން ނެގެނީ މިރަށުގެ ހާހެއް ހަމަނުވާ އާބާދީގެ ތެރެއިންނެވެ. ފުޓުބޯޅައިގައި މުޅި އަތޮޅުން ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިން މިރަށުގައި އެބަތިއްބެވެ. ކައިޓްސަރފިންގގައި މިރަށަކީ މުޅި ރާއްޖޭގެ ނިސްބަތުން އެއްވަނަ އެވެ.

ދެހާސް އަށާވަނަ ވަނަ އަހަރު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ ގޮއިދޫގައި ބޭއްވުމަށް އެ ކޮމިޓީއިން ނިންމީ ގޮއިދޫއިން ކުޅިވަރު ކުރިއެރުވުމަށް ކުރާ މަސައްކަތުގެ އަގުވަޒަންކުރުމަށެވެ. އެއްގަމަކަސް މޫދަކަސް ގޮއިދޫ ފަރިތަ ނޫން ކުޅިވަރެއް ނެތެވެ. ބ.އަތޮޅު ޗެލެންޖް ފުޓުބޯޅަ މުބާރާތުގެ ތަށި ގޮއިދޫއިން ތިން ފަހަރު ހޯދި އެވެ. ބަށީގައި ބ.އަތޮޅުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދި އެވެ. ހޭންޑްބޯލްގައި 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ގޮއިދޫގެ ކުޅުންތެރިން ހިމެނެ އެވެ. ގައުމީ ލެވެލްގައި ބެޑްމިންޓަންގައިވެސް ގޮއިދޫގެ ނަން ވިދަ އެވެ. ވޮލީބޯޅައިގައި ގޮއިދޫގެ ނަން ރަންއަކުރުން ވިދަވިދާ އޮންނަތާ 30 އަހަރު ފާއިތުވެގެން ގޮސްފި އެވެ.

ބ. ގޮއިދޫ
ބ. ގޮއިދޫ

ބިން ބޮޑު ރަށަކަށް ވީތީއާއެކު ގޮއިދޫގައި އާންމުކޮށް ކޮށްއުޅޭ މަސައްކަތަކީ ދަނޑުވެރިކަން. މި މަސައްކަތުގައި ރަށު މީހުން އަމިއްލައަށް ބައިވެރިވާ މިންވަރު ކުޑަ -- ފޮޓޯ: ހަސަން އިސްމާއީލް

މޫދު ކުޅިވަރަށް ބަލާއިރު، ވިންޑް ސާފިން އާއި ސެއިލިންގައި ގޮއިދޫއިން ގައުމީ ނިސްބަތުން ގިނަ ކާމިޔާބީތަކެއް ހޯދާފައި ވެއެވެ. 2011 ވަނަ އަހަރު ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ކެޕްޓަނަކީ ގޮއިދޫ ބޭފުޅެކެވެ. އަދި 2015 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ތަމްސީލުކުރި އާދަމް އާޒިމްއަކީވެސް ގޮއިދޫގެ ފަހުރެކެވެ.

ގޮއިދޫގައި އާންމު ވިޔަފާރީގެ ފަސް ފިހާރައެއް ރަޖިސްޓްރީކުރެވިގެން ހިންގަ އެވެ. ރަށުގައި ކާބޯތަކެތީގެ ހިދުމަތްދޭ ހަތަރު ކެފޭއެއް ހިންގަ އެވެ. މިވަގުތު ރަށުގައި ރަޖިސްޓްރީކުރެވި ހިންގަމުން ގެންދަނީ ހަތަރު ގެސްޓްހައުސް އެވެ. އެހެންނަމަވެސް އިތުރު ގެސްޓްހައުސްތަކެއް މިއަހަރު ތެރޭގައި ހުޅުވުމަށް ތައްޔާރުކުރެވެމުން އެބަ ދެއެވެ.

ރަށުގައި ސިއްހީ މަރުކަޒެއްގެ ހިދުމަތް ލިބޭއިރު، ރަޖިސްޓްރީކޮށްގެން ހިންގާ ބޭސްފިހާރައެއް އެބަހުއްޓެވެ. ރަށު ސިއްހީ މަރުކަޒުން އާންމު ހުރިހާ ބަލިތަކަކަށް ފަރުވާ ދެއެވެ. އެހެންނަމަވެސް ރަށުގައި ހިދުމަތްދެނީ އެންމެ އޯޕީޑީ ޑޮކްޓަރެއްކަމަށްވެފައި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ނެތުމަކީ ރަށު ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

މިވަގުތު ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފެނާއި ނަރުދަމާގެ މައްސަލަ އެވެ. އެހެންނަމަވެސް، ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވުމަކީ ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުމެކެވެ.

ގޮއިދޫގައި މިހާރު ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު، ފެނާއި ނަރުދަމާގެ މަސައްކަތުގެ އިތުރުން ރަށު ވޮލީ ކޯޓާއި ސްކޭޓް ޕާކުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. ގޮއިދޫގައި އޮތް ކުޅިވަރުގެ ރޫހަށް ބަލާއިރު، މި ޕްރޮޖެކްޓްތަކަކީ ގައުމީ ފެންވަރުގައި ކުޅިވަރަށް ހިދުމަތްކުރުމަށް މިރަށަށް ލިބޭ އިތުރު ފުރުސަތެއްކަމަށް ގޮއިދޫއިން ވާހަކަ ދެއްކި މީހުން ބުނެ އެވެ.

ގޮއިދޫގެ ވާހަކަ ދައްކާއިރު، ނުދައްކާ ނުވާނޭ އެއް ވާހަކަ އެބަ އޮތެވެ. އެއީ ގޮއިދޫ އީދު ފޯރީގެ ތަފާތު ވާހަކަ އެވެ. އީދު ފާހަގަކުރުމަށް ޒުވާނުންގެ މެދުގައި ރޭގަނޑު ކުޅޭ ހާއްސަ ފުޓުބޯޅަ މެޗެއް އޮވެ އެވެ. އާދައިގެ ކަމެކޭ ހީވިޔަސް ބޮޑު ތަފާތެއް އަންނަނީ މި މެޗު ކުޅޭ ގޮތުގެ ސަބަބުންނެވެ. ފޮއްޗާއި ނަރު އޮޅައިގެން އަމިއްލައަށް ތައްޔާރުކުރާ ބޯޅައާއި، ދަނގަޑު ގޯލުގައި އަލިފާން ރޯކޮށްގެން ފުޓުބޯޅަ ކުޅޭއިރު ފުޓުބޯޅަ ދަނޑުވެސް ކުރަހާފައި އޮންނަނީ އަލިފާނުންނެވެ. އަލިފާނުގެ ތެރޭގައި ފުޓުބޯޅަ ކުޅެމުންދާއިރު ސަލާމަތީ ކަންކަމާ ގުޅޭ އިންތިޒާމުތައްވެސް ހުންނަނީ ހަމަޖައްސާފަ އެވެ. ކުޅި ބަލަން ތިބޭ މީހުންނަށް އަލިފާން ބޯޅައިގެ ހަމަލާ އަމާޒުވެދާނެތީ ވަށައިގެން ސެކިއުރިޓީން ތިބެ އެވެ. މި ކުޅިވަރު ކުޅޭތާ 12 ވަރަކަށް އަހަރުވެފައިވާއިރު އަދި މިހާތަނަށް ހާދިސާއެއް ހިނގާފައެއް ނެތެވެ.

ހިތްފަސޭހަ ގޮއިދޫއަކީ ޗުއްޓީ ހޭދަކޮށްލަން އެއްވަނައިގެ ރަށެކެވެ. ކުރިއަށް އޮތް ފިތުރު އީދުގައި ޗުއްޓީ ހޭދަކޮށްލަން ދާނޭ ރަށެއް ކަނޑައެޅުމުގައި ލިސްޓުގެ ކުރީގައި ގޮއިދޫ ބާއްވާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox