ޑޭވިޑް އަދި ވިކްޓޯރިއާ ބެކަމްގެ ލަންޑަން ގެއިން ވައްކަންކޮށްފި

ޑޭވިޑް އަދި ވިކްޓޯރިއާ ބެކަމްގެ ލަންޑަންގައި ހުންނަ ގެޔަކީ 40 މިލިއަން ޕައުންޑްގެ އަގުހުރި ގެޔެއް. -- ފޮޓޯ: ރޮއިޓާޒް

ޑޭވިޑް އަދި ވިކްޓޯރިއާ ބެކަމްގެ ލަންޑަންގައި ހުންނަ ގެޔަކީ 40 މިލިއަން ޕައުންޑްގެ އަގުހުރި ގެޔެއް. -- ފޮޓޯ: ރޮއިޓާޒް

ޑޭވިޑް އަދި ވިކްޓޯރިއާ ބެކަމް އުމުރުން 10 އަހަރުގެ އަންހެން ދަރިފުޅާ ލަންޑަންގައި ދިރިއުޅޭ ގޭގައި ތިބި ވަގުތެއްގައި އެ ގެއިން ވައްކަންކޮށްފި އެވެ.

ކެންސިންގްޓަންގައި ހުންނަ ގެއިން ވައްކަން ކުރީ ފެބްރުއަރީ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ލަންޑަން ފުލުހުން ބުނީ އެ ގެއިން ބައެއް ތަކެތި ވަގަށް ނަގާފައިވާ ކަމަށެވެ.

އެކަމަކު ތުހުމަތު ކުރެވޭ އެއްވެސް މީހަކު އަދިވެސް ހައްޔަރެއް ނުކުރެ އެވެ. އެ ވައްކަމާ ގުޅޭ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ ޑޭވިޑް ބެކަމް ފުޓްބޯޅައިން ރިޓަޔާ ކުރީ 2013 ވަނަ އަހަރު އެވެ. މިހާރު އޭނާއަކީ އެމެރިކާގެ މޭޖާ ލީގް ސޮކާގެ ފުޓްބޯޅަ ކްލަބް އިންޓާ މަޔާމީ ސީއެފްގެ ވެރިޔާ އެވެ. އޭގެ އިތުރުން ބެކަމް ދަނީ ޔުނިސެފްގެ އެމްބެސެޑަރެއްގެ ގޮތުގައި ވެސް ޒިންމާތަކެއް އަދާ ކުރަމުންނެވެ.

ވިކްޓޯރިއާ ބެކަމް މަޝްހޫރުވީ 1990 ގެ އަހަރުތަކުގައި ވިދަން ފެށި މިޔުޒިކް ބޭންޑް "ސްޕައިސް ގާލްސް" ގެ "ޕޯޝް ސްޕައިސް" ގެ ގޮތުގަ އެވެ. މިހާރު އޭނާއަށް މަގްބޫލުކަން ލިބެނީ ފެޝަން ލޭބަލްގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox