ރާއްޖޭގައި އިންޓަނޭޝަނަލް ބޮޑީބޯޑިން މުބާރާތެއް ބާއްވަން ޝެޑިއުލްކޮށްފި

އިއްޔެ ބޭއްވި މެންސް އޯޕަން ފައިނަލް ހީޓްގެ ތެރެެއިން ޖާއްޓެ ރާޅާއަޅަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިއްޔެ ބޭއްވި މެންސް އޯޕަން ފައިނަލް ހީޓްގެ ތެރެެއިން ޖާއްޓެ ރާޅާއަޅަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގައި އަންނަ ޖުލައި މަހު އިންޓަނޭޝަނަލް ބޮޑީބޯޑިން މުބާރާތެއް ބޭއްވުމުގެ ކަންކަން ކުރެވެމުން އަންނަ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2022 ވަނަ އަހަރުގެ މުބާރާތް ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވުމަށް އިއްޔެ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

"އުފާވެރި ހަބަރަކަށް މި އޮތީ. މިހާރު އަޅުގަނޑުމެންނާ (ސަރުކާރާ) އެސޯސިއޭޝަނާ (އެމްބީބީއޭ)އާ ގުޅިގެން މި އަހަރު އައިބީސީގެ އިންޓަނޭޝަނަލް މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް މިހާރު ވަނީ އެ މީހުންގެ ކަލަންޑަރަށް ވެސް ލެވިފައި. އިރާދަކުރެއްވިއްޔާ، މި ފަހަރު ރާއްޖޭގައި އެކަން ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އައިބީސީ ވެބްސައިޓްގައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އަހަރު ޖުލައި 29 އިން އޮގަސްޓް 7 ވަނަ ދުވަހަށް ޝެޑިއުލްކޮށްފައިވާ އައިބީސީ މޯލްޑިވްސް ބޮޑީބޯޑް ޕްރޯ އަކީ 70،000 ޑޮލަރުގެ މުބާރާތެކެވެ. މި މުބާރާތް ރާއްޖޭގައި ބާއްވަން ޝެޑިއުލްކޮށްފައިވީ ނަމަވެސް އެއްކޮށް ހުރިހާ ކަމެއް ފައިނަލް ވެގެންދާނީ މީގެ ރާއްޖޭން ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަ ވުމުންނެވެ.

ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިނިސްޓަރު މަހުލޫފް އިއްޔެ ވިދާޅުވީ އެ މަސައްކަތް އެމްބީބީއޭ އާއި މިނިސްޓްރީން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

އެންމެ ފަހުން ރާއްޖޭގައި ބޭއްވި ބައިނަލްއަގުވާމީ ބޮޑީބޯޑިން މުބާރާތަކީ 2015 ވަނަ އަހަރު ބޭއްވި މޯލްޑިވްސް އޯޕަން އެވެ. އައިބީސީ ޕްރޯ މުބާރާތް ރާއްޖޭގައި ބޭއްވިއްޖެނަމަ އެ ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ހޯސްޓްކުރެވޭ އެންމެ މަތީ ފެންވަރުގެ ބޮޑީބޯޑިން އިވެންޓަށެވެ.

އައިބީސީ ވެބްސައިޓްގައިވާ ގޮތުން ފިރިހެން ކެޓަގަރީން 2500 ޕޮއިންޓް، އަންހެން ކެޓަގަރީން 1500 ޕޮއިންޓް، ޖޫނިއާ މެން 2000 ޕޮއިންޓް އަދި ޑްރޮޕްނީ ކެޓަގަރީން 2000 ޕޮއިންޓް މި މުބާރާތަށް ވަނީ ލިސްޓްކުރެވިފަ އެވެ. ރާއްޖޭގައި ހޯސްޓްކުރާ މި މުބާރާތަކީ އައިބީސީ ވޯލްޑް ޓުއާގެ ބައެކެވެ.

މި ފަހަރުގެ ބޮޑީބޯޑިން ސީޒަން ފަށަން ބޭއްވި ބުރުނު ޝިކާރު ޗެލެންޖްގައި މި ފަހަރު ރާއްޖޭން ވަނީ ވަކިން މުޅިން އަލަށް ދެ ޑިވިޝަނެއް ހިމަނައިފަ އެވެ. އެ ގޮތުން ފުރަތަމަ ފަހަރަށް އަންހެން ޑިވިޝަނާއި ޖޫނިއާ މެންސް ޑިވިޝަން މުބާރާތުގައި ކުރިއަށްދިޔައިރު، އެ ކަންތައްތަކަށް މިނިސްޓަރު މަހުލޫފް ވެސް ވަނީ ތަރުހީބު ދެއްވައިފަ އެވެ.

"ހާއްސަކޮށް މޫދު ކުޅިވަރުތަކަށް ސާފިން އަދި ބޮޑީބޯޑިން މީގެ ތެރެއަށް މިހާރު އަންހެން ކެޓަގަރީތަކެއް ވަދެ، އާ ކަންތައްތަކެއް ލީގު ފެށުން. މި ކަހަލަ ކަންތައްތަކެއް ވެގެންދާ ކަމީ އަޅުގަނޑަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަޅުގަނޑުމެންގެ މިނިސްޓްރީން މިހާރު ވެސް ދެމުންދާ އެހީތެރިކަމަށް ވުރެ ބޮޑަށް އެ ސަޕޯޓް ދޭނެ ވާހަކަ ބުނެލަން ބޭނުން،" މަހުލޫފް ވިދާޅުވި އެވެ.

އިއްޔެ ނިމިގެންދިޔަ އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖަކީ މި ފަހަރު މުޅިން އަލަށް ފެށި ގައުމީ ބޮޑީބޯޑިން ލީގުގެ ހަ މުބާރާުތުގެ ތެރެއިން ފުރަތަމަ މުބާރާތެވެ. ދެ ވަނަ މުބާރާތަކީ މެއި 26 އިން ޖޫން 4 އަށް އޮތް ލަބޭރާ ބޮޑީބޯޑިން ޗެލެންޖެވެ. އެ މުބާރާތް ނިމުމުން، ބުރުނު ޝިކާރާ އެއްކޮށްލައިގެން ޖުމްލަ ރޭންކެއް ހަދައި، މި އަހަރުގެ ނިޔަލަށް ގައުމީ ބޮޑީބޯޑިން ޓީމެއް އެކުލަވާލައި، ޖޫނިއާ ސްކޮޑެއް ނަގައިގެން ޑިވެލޮޕްމަންޓްގެ މަސައްކަތް ފަށާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox