ރާއްޖޭގެ ފުރަތަމަ އަންހެން ޖޫނިއާ ބޮޑީބޯޑިން ޗެމްޕިއަން ޒޯހާ އަށް ހާއްސަ ޝަރަފެއް

May 2, 2026, 2:42 PM
ޖޫނިއާ އަންހެން ޗެމްޕިއަންކަން ހޯދި ޒޯހާ (ޒޯ): އޭނާ އަކީ ރާއްޖޭގެ ފުރަތަމަ ޖޫނިއާ އަންހެން ބޮޑީބޯޑިން ޗެމްޕިއަން.--- ފޮޓޯ: އެމްބީބީއޭ

ޖޫނިއާ އަންހެން ޗެމްޕިއަންކަން ހޯދި ޒޯހާ (ޒޯ): އޭނާ އަކީ ރާއްޖޭގެ ފުރަތަމަ ޖޫނިއާ އަންހެން ބޮޑީބޯޑިން ޗެމްޕިއަން.--- ފޮޓޯ: އެމްބީބީއޭ

ރާއްޖޭގެ ބޮޑީބޯޑިން ތާރީހުގައި ބޭއްވި ފުރަތަމަ ޖޫނިއާ ބޮޑީބޯޑިން އިވެންޓުގެ ޗެމްޕިއަންކަން، ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖު 2026 ގެ ޖޫނިއާ ޑިވިޝަނުގައި ހޯދައި، ހުނަރުވެރި ޒުވާން ބޯޑީބޯޑަރު، ޒޯހާ އަޒްލީ، މޫދު ކުޅިވަރުގެ ތާރީހުން ހާއްސަ ޖާގައެއް ހޯދައިފި އެވެ. 

ރާއްޖޭގެ ބޮޑީބޯޑިންގެ ބެލެނިވެރިފަރާތް، މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މި ފަަހަރުގެ ބުރުނު ޝިކާރު ޗެލެންޖުގައި އެންމެ ހާއްސަ އެއް ކަމެއްގެ ގޮތުގައި ކޮށްފައިވާ ކަމަކީ، ޖޫނިއާ އަންހެން ޑިވިޝަނެއް އިތުުރުކުރުމެވެ. ޖޫނިއާ ވިމެންސް ޑިވިޝަން ތައާރަފްކުރުމާ އެކު ލިބިގެންދިޔަ ތަރުހީބު ވެސް ބޮޑެވެ. މި ޑިވިޝަނުގައި ޖުމްލަ އެކު، 10 އެތުލީޓުން ވާދަކުރި އެވެ. މިއީ، ބޮޑީބޯޑިންގެ އަންހެން ޑިވިޝަނުގެ މުސްތަގުބަލަށް ބަލާއިރު، ބޮޑު ހިތްހަމަޖެހުމެކެވެ. 

އިއްޔެ ކުރިއަށްދިޔަ މުބާރާތުގެ ފަހު ހީޓުތަކުގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު އެއް އިވެންޓަކީ، ޖޫނިއާ އަންހެން ޑިވިޝަނުގެ ފައިނަލެވެ. ޒޯހާ ވަނީ 5.57 ޕޮއިންޓުގެ ފަރަގުން މި ޑިިވިޝަންގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ޖުމްލަ އެކު، ޒޯހާ ވަނީ ހަތް ރާޅުއަޅައި، އެންމެ ރަނގަޅު ދެ ރާޅުގެ ޕޮއިންޓްތައް ކަމަށްވާ 6.17 އާއި 5.57 ޕޮއިންޓުގެ ޖުމްލަ އެއްކޮށްލައިގެން 11.74 ޕޮއިންޓް ސްކޯކޮށްފަ އެވެ. އޭނާއާ އެކު ފައިނަލުގައި ވާދަކުރި ޒާހާ ޒައިދުލް ހަލީލް އަށް ލިބުނީ 6.17 ޕޮއިންޓެވެ. ޒާހާ، ހަތަރު ރާޅު އެޅިއިރު، އެންމެ ރަނގަޅު ދެ ރާޅުގެ ޖުމްލައާ އެކު، އޭނާ އަށް ވަނީ 6.17 ޕޮއިންޓް ލިބިފަ އެވެ. 

ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖު 2026ގެ އެކި އިވެންޓްތަކުގެ ޗެމްޕިއަނުން.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖު 2026ގެ އެކި އިވެންޓްތަކުގެ ޗެމްޕިއަނުން.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ޒޯހާ، މި ފަހަރުގެ މުބާރާތުގައި އެންމެ ރަނގަޅު ސްކޯއެއް ހެދީ، ތިން ވަނަ ބުރުގައި ވާދަކުރިއިރު އެވެ. އެ ހީޓުގައި އޭނާ ވަނީ ޖުމްލަ އެކު، 12.16 ޕޮއިންޓް ސްކޯކޮށްފަ އެވެ. އެއީ، އެންމެ ރަނގަޅު ދެ ރާޅަށް ބަލާއިރު، 5.33 އާއި 6.83 ޕޮއިންޓެވެ. 

ތާރީހީ ކާމިޔާބެއް ހޯދުމަށް ފަހު، ޒޯހާ ބުނެފައިވަނީ ބޭނުންވަނީ މުސްތަގުބަލުގައި އިތުރު ކާމިޔާބީތައް ހޯދުމަށް ކަމަށާއި އާއިލާގެ އެކި މީހުންނަކީ ރާޅާއަޅާ މީހުން ކަމަށާއި އެ މީހުންނެކޭ އެއްގޮތަށް ކުރިއަށްދިއުމަށް ކަމަށެވެ. 

ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ މެންސް އޯޕަން ކާމިޔާބުކުރީ އާމިން އުމަރު މޫސާ އެވެ. ޖޫނިއާ ފިިރިހެން ޗެމްޕިއަނަކީ، ނޫހް މުހައްމަދު ދުނައިމް އިރުޝާދު އެވެ. އަދި، ޑްރޮޕްނީގެ ޗެމްޕިއަންކަން ހޯދީ އެ ޑިވިޝަނުގައި އަބަދުވެސް ކާމިޔާބީ ތަކުރާރުކުރަމުން އަންނަ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބޮޑީބޯޑަރު، އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox