ހުލާސާކޮށް އިއްޔެ: ތިނަދޫ އިން މީހުން ބޭލި މައްސަލައިގެ އަޑުއެހުންތައް ފެށުން

ގދ. ތިނަދޫ މީހަކު މި މައްސަލައިގައި އިންތިގާލީ އިންސާފުގެ އޮފީހަށް ބަޔާން ދެނީ. މި އަޑުއެހުންތައް މި މަހުގެ 22 އާ ހަމައަށް ކުރިއަށް ދާނެ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ގދ. ތިނަދޫ މީހަކު މި މައްސަލައިގައި އިންތިގާލީ އިންސާފުގެ އޮފީހަށް ބަޔާން ދެނީ. މި އަޑުއެހުންތައް މި މަހުގެ 22 އާ ހަމައަށް ކުރިއަށް ދާނެ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ގދ. ތިނަދޫގައި 1962 ވަަނަ އަހަރު ހިނގައިދިޔަ ހަމަނުޖެހުންތަކަށްފަހު އެރަށް ފަޅުކޮށްލި މައްސަލައިގެ އަޑުއެހުންތައް އިންތިގާލީ އިންސާފުގެ އޮފީހުން ފެށީ އިއްޔެ އެވެ.

ތިނަދޫއިން މީހުން ބޭލި ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި އަމަލެއްގެ ސަބަބުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެވުނު ކަމަށް ބުނެ އެ މައްސަލަ ހުށަހަޅާފައިވަނީ އެ ރަށު ކައުންސިލުންނެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ތިނަދޫގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ކެމްޕަސްގައި ފެށީ އިއްޔެ އެވެ. އަދި މި މަހުގެ 22 އާ ހަމަޔަށް އަޑުއެހުންތައް ކުރިއަށް ދާނެ އެވެ. އޭގެ އިތުރުން، މި މަހުގެ 27 ގައި މާލޭގައި ވެސް މި މައްސަލައިގެ އަޑުއެހުމެއް އޮންނާނެ އެވެ.

Advertisement

އިއްޔެގެ އަޑުއެހުންތައް ދައުލަތުގެ މީޑިއާ މެދުވެރިކޮށް ލައިވް ކުރި އެވެ. އާންމުކޮށް ހުޅުވާލައިގެންނާއި އާންމުކޮށް ހުޅުވާނުލައި ވެސް މި މައްސަލައިގެ އަޑުއެހުންތަކެއް ބާއްވާނެ އެވެ.

މިއީ އެ ހާދިސާގައި ހިނގައިދިޔަ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނާއި، އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ ގޮތުން ބާއްވާ އަޑުއެހުންތަކެކެވެ.

ތިނަދޫ ކައުންސިލުން އެދުނު ކަންކަން

އެ މައްސަލައިގައި އިންތިގާލީ އިންސާފުގެ އޮފީހަށް ތިނަދޫ ކައުންސިލުން ހުށަހެޅި މައްސަލައިގައި ވަނީ ހަ ކަމަކަށް އެދިފަ އެވެ.

އެއީ:

  1. ތިނަދޫއިން މީހުން ބޭލި މައްސަލަ ތަހުގީގު ކޮށްދިނުމަށް؛
  2. ތިނަދޫ ރައްޔިތުންގެ ކިބައިން ދިވެހި ދައުލަތުން މައާފަށް އެދުމަށް؛
  3. ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ އިންސާނީ އެންމެހައި ހައްގުތައް ހޯދައިދިނުމަށް؛
  4. ތިނަދޫއިން ގެއްލިފައިވާ މުއްސަދިކަން އާރޯކުރުމަށް 100 އަހަރުގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމަށް
  5. ތިނަދޫ ރައްޔިތުންނަށް އެކަމުގެ ބަދަލު ހޯދައި ދިނުމާއި އަދި އެ "ގަތުލުއާންމު" ގައި ބައިވެރިވި ފަރާތްތަކުގެ މުދަލާއި ބިންތަކުގެ 50 އިންސައްތަ ފައިދާ ދާއިމީ ގޮތެއްގައި ތިނަދޫ ރައްޔިތުންނަށް ލިބިދިނުމަށް،
  6. މާލޭގައި ބިނާކޮށްފައިހުރި ވެލާނާގޭގެ ނަން "ގދ. ތެނަދޫ ވެލާނާގެ" ނަމަށް ބަދަލުކޮށްދެއްވުން.

އެ މައްސަލައިގައި 1962 ވަނަ އަހަރު އޭރުގެ ބޮޑު ވަޒީރު އިބްރާހިމް ނާސިރު ސިފައިންނާއެކު، މިނިވަންކަން އިއުލާންކުރި އަތޮޅުތަކުގެ މައި ރަށްކަމުގައިވާ ތިނަދުއަށް ވަޑައިގެންނެވިކަމަށް ތާރީހީ ލިޔުންތަކުގައިވެ އެވެ.

އޭގެ ފަހުން އެ ރަށުގައި ހަމަނުޖެހުންތަކެއް ހިނގައި ނާސިރު ވަނީ ތިނަދޫ އިން މީހުން ބާލުވާފަ އެވެ. އެ މައްސަލައިގައި ތިނަދޫގެ އާންމުންގެ ތެރެއިން ބައެއް މީހުން މަރުވެ، ލާއިންސާނީ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އެހެންނަމަވެސް، އެ ހާދިސާއާ ގުޅޭ ރަސްމީ ތަހުގީގެއް މީގެ ކުރިން އެއްވެސް ސަރުކާރަކުން ހިންގާފައެއް ނުވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މާލެ ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް ވިލިމާލެއިން އެއްވެސް ބޭނުމަކަށް ބިން ދޫނުކުރަން ޕްލޭނިން މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް އެންގިކަން ރިޕޯޓްކުރީ އިއްޔެ އެވެ.
  • ގާނޫނާ ހިލާފަށް ވިލިމާލެ ހޭޅިފަށުން ގަސްކެނޑި މައްސަލަ ބެލުމަށްފަހު، މާލެ ސިޓީ ކައުންސިލަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދިނީ އިއްޔެ އެވެ.
  • އިންޑިއާއާއެކު ވެފައިވާ ދިފާއީ އެއްބަސްވުންތަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކަވަނީ ހަގީގަތާހިލާފު ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ޔާމީން ހޫނު ރައްދެއް ދެއްވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އިއްޔެ ނައިފަރުގައި ބޭއްވި އިދިކޮޅުގެ އިންޑިއާ އައުޓް ހަރަކާތުގައި ސަރުކާރުން ގާއިމުކޮށްފައިވާ އެއްބަސްވުންތަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ:

"އެގްރީމަންޓުގައި ފޮރުވިފައި ހުރި ކަންތައްތަކެއް އެބަވޭ. އެ ފޮރުވިފައި ހުރި ކަންކަން މިއުޅެނީ އެންމެނަށް ނުފޮރުވިގެން. އެ އެނގޭ މީހުންނަށް އެބަ އިނގޭ. އެ އެނގޭ މީހުންގެ ތެރޭގައި އަޅުގަނޑި މިއީ އެކެއް."

ދުވަހުގެ ފޮޓޯ

އިއްޔެ ގދ. ތިނަދޫ އިން މީހުން ބޭލި މައްސަލައިގައި އިންތިގާލީ އިންސާފުގެ އޮފީހުން ކުރިއަށް ގެންދިޔަ އަޑުއެހުންތަކުގައި އެ ރަށުގެ މީހަކު ބަޔާން ދެނީ. މި އަޑުއެހުންތަކުގައި އަންނަނީ އެ ހާދިސާގައި އެ މީހުން ކުރި ތަޖުރިބާތައް ހިއްސާކުރަމުން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އިއްޔެ ގދ. ތިނަދޫ އިން މީހުން ބޭލި މައްސަލައިގައި އިންތިގާލީ އިންސާފުގެ އޮފީހުން ކުރިއަށް ގެންދިޔަ އަޑުއެހުންތަކުގައި އެ ރަށުގެ މީހަކު ބަޔާން ދެނީ. މި އަޑުއެހުންތަކުގައި އަންނަނީ އެ ހާދިސާގައި އެ މީހުން ކުރި ތަޖުރިބާތައް ހިއްސާކުރަމުން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އިއްޔެ ގދ. ތިނަދޫ އިން މީހުން ބޭލި މައްސަލައިގައި އިންތިގާލީ އިންސާފުގެ އޮފީހުން ކުރިއަށް ގެންދިޔަ އަޑުއެހުންތަކުގައި އެ ރަށުގެ މީހަކު ބަޔާން ދެނީ. މި އަޑުއެހުންތަކުގައި އަންނަނީ އެ ހާދިސާގައި އެ މީހުން ކުރި ތަޖުރިބާތައް ހިއްސާކުރަމުން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"މޯލްޑިވްސް ހިއުމަން ޑެވެލޮޕްމަންޓް ރިޕޯޓް 2014"

މިރީ އިގްތިސާދީ ގޮތުންނާއި އިންސާނީ ހައްގުތަކުގެ ރޮނގުން ރާއްޖެއިން ހޯދި ކުރިއެރުންތަކާއެކު ރާއްޖޭގައި އެކި ފަންތީގެ މީހުންގެ މެދުގައި އޮތް ތަފާތުތައް ދެނެގަތުމަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ. އަދި، ފެންނަ ހުރި ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް ކަންކަމުގައި ގޮތް ނިމުމަށް މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox