ޖޭން ކެމްޕިއަން އުފެއްދި ފިލްމް "ދަ ޕަވާ އޮފް ދަ ޑޯގް" އަށް އެންމެ މޮޅު ފިލްމު އަދި އެންމެ މޮޅު ޑިރެކްޓަރުގެ ބަފްޓާ އެވޯޑް ލިބިއްޖެ އެވެ.
ލަންޑަންގައި އޮތް ހަފްލާގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުނީ "ކިންގް ރިޗަޑް" އިން ވިލް ސްމިތް އަށެވެ. އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ލިބުނީ "އާފްޓާ ލަވް" އިން ޖޮއޭނާ ސްކެންލަން އަށެވެ.
"ދަ ޕަވާ އޮފް ދަ ޑޯގް" އަށް ބަފްޓާގައި އެންމެ ޝަރަފުވެރި އެވޯޑުތައް ލިބުނު އިރު، އެ ފިލްމުގެ ޑިރެކްޓަރު ޖޭން ކެމްޕިއަން އަށް ހޮނިހިރު ދުވަހު ވަނީ ޑިރެކްޓާޒް ގިލްޑް އޮފް އެމެރިކާގެ އެންމެ ޝަރަފުވެރި އެވޯޑުވެސް ލިބިފަ އެވެ.
ބަފްޓާ އެވޯޑް ހަފްލާގައި ޖޭން ކެމްޕިއަންގެ ފަރާތުން އެވޯޑުތަކާ ހަވާލުވީ، ފިލްމުގެ ތަރި ބެނެޑިކްޓް ކަމްބާބެޗް އެވެ. ހަފްލާއަށް ފަހު ވީޑިއޯ މެދުވެރިކޮށް ނޫސްވެރިންނާ ބައްދަލުކޮށް ޖޭން ކެމްޕިއަން ބުނީ އިނގިރޭސިވިލާތުގެ އެންމެ މަތީ ފިލްމު އެވޯޑް ލިބުމުން ބަސް ހުއްޓިފައި ހުރި ކަމަށެވެ.
މާޗް 27 ވަނަ ދުވަހު ލޮސް އެންޖެލިސްގައި އޮންނަ އޮސްކާ އެވޯޑްގެ އެންމެ ޝަރަފުވެރި އެވޯޑްތަކަށް ވެސް "ދަ ޕަވާ އޮފް ދަ ޑޯގް" ވަނީ ނޮމިނޭޓްވެފަ އެވެ.











