ވިޔަފާރިތަކުން ބޭނުންނަމަ މާސްކު އަޅަން މަޖުބޫރު ކުރެވޭނެ

އެމްޕީއެލުން އޮޕަރޭޓް ކުރި ބަހަކަށް މީހުން އަރަނީ: ބަސްފަދަ މީހުން ގިނަ ތަންތަނުގައި އެހެން މީހުންގެ ރައްކާތެރިކަމަށް މާސްކް އެޅުން މުހިންމު ކަމަށް އެޗްޕީއޭން ބުނޭ-- ފޮޓޯ: އެމްޕީއެލް

އެމްޕީއެލުން އޮޕަރޭޓް ކުރި ބަހަކަށް މީހުން އަރަނީ: ބަސްފަދަ މީހުން ގިނަ ތަންތަނުގައި އެހެން މީހުންގެ ރައްކާތެރިކަމަށް މާސްކް އެޅުން މުހިންމު ކަމަށް އެޗްޕީއޭން ބުނޭ-- ފޮޓޯ: އެމްޕީއެލް

މަޖުުބޫރު ކަމެއްގެ ގޮތުގައި އޮތް މާސްކް އެޅުން ނިމުމަކަށް ގެނެސް އެއީ އިހުތިޔާރީ ކަމަކަށް ހެދި ނަމަވެސް, ވިޔަފާރިތަކާއި އަމިއްލަ މީހުން ބޭނުންނަމަ އެއީ މަޖުބޫރު ކަމަކަށް ހެދޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭން) ބުނެފި އެވެ.

ކޮވިޑުގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި އެއާޕޯޓް ހިންގާ ހުރިހާ ރަށެއްގައި ވެސް މީހުން ބޭރުގައި އުޅެންޖެހޭނީ މާސް އަޅައިގެން ކަމަށް އެޗްޕީއޭއިން އަންގާފައިވަނީ ޑިސެންބަރު 2، 2020ގަ އެވެ.

މީގެ ދެ އަހަރާއި ދެ ދުވަސް ކުރިން އިއުލާންކުރި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރޭ އުވާލައްވާ، މާސްކް އެޅުން އިހްތިޔާރީ ކަމަކަށް ހަދައި، އެ ނޫންވެސް ބޮޑެތި ލުއިތަކެއް ދީފައި ވަނީ ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

Advertisement

މާސްކް އެޅުން މަޖުބޫރު ނޫން ނަމަވެސް ބައެއް އަމިއްލަ ވިޔަފާރިތަކާއި އޮފީސްތައް އަދި ސަރުކާރުގެ ބައެއް ބޮޑެތި ކުންފުނިތަކުން ހިދުމަތް ހޯދުމުގައި މާސްކް އެޅުމަށް މަޖުބޫރު ކުރަމުންދާ ކަމަށް ބުނެ ބައެއް އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

އެކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަނާ އޮފް ކޮލިޓީ އެޝުއެރެންސް ތަސްލީމާ އުސްމާން "އަދަދު" އަށް ވިދާޅުވީ ކުންފުނިތަކަށާއި ވިޔަފާރިތަކުން ބޭނުންނަމަ މާސްކް އަޅަން މަޖުބޫރު ކުރެވޭނެ ކަމަށެވެ.

"ބައެއް މީހުން ބުނާނެ ހަމަ ގެއަށް ވަންނައިރު ވެސް މާސްކް އަޅައިގެން ވަންނާށޭ. އެއީ ހަމަ އެކަހަލަ ކަމެއް. އެމީހުންގެ ބެލުމުގެ ދަށުން ހިނގާ ތަންތަނަަށް ވަންނައިރު އެ މީހުން ގެންގުޅޭ ގަވައިދުތަކަށް ބޯލެނބުމަކީ،" ތަސްލީމާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެފަދަ ކަންކަން އެގޮތަށް ކުރި ނަމަވެސް އެެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ.

"ސަބަބަކީ އެމީހުން އެ މަސައްކަތް ކުރަނީ އެމީހުންނާއި އެހެން މީހުންގެ ރައްކާތެރި ކަމަށް. މިސާލަކަށް ބަހުގަ އެހާ ގިނަ މީހުން ކޮންމެ ދުވަހަކު ދަތުރުކުރާއިރު އެ ތަނުގެ މުވައްޒަފުން މަސައްކަތް ކުރާތީ އެމީހުންގެ ރައްކާތެރި ކަމަށް ބަލައިގެން. ސްޓާފުން ބަލިވެ ކަމެއް ވެއްޖާ އޭގެ ޒިންމާ ނަގާނީ ހަމަ ކުންފުނިން،" އޭނާ ވިދާޅުވި އެވެ.

މާސްކް އެޅުން އުވާލި ނަމަވެސް, ކޮވިޑް ފެތުރޭ ރަށްރަށުގައި އަދިވެސް އުޅެވޭނީ މާސްކު އަޅައިގެންނެވެ. އަދި މާސްކަކީ ކޮވިޑުން ރައްކާތެރިކޮށްދޭނެ ވަސީލަތަކަށްވާތީ އަދިވެސް މާސްކު އަޅައިގެން އުޅުމަށް އެޗްޕީއޭން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ރޭ ދިން އިތުރު ލުއިތަކުގެ ތެރޭގައި ބޭރު ގައުމުތަކުން ރާއްޖެއަށް އެތެރެވާ މީހުންނަށް މީގެ ފަހުން ޕީސީއާރް ޓެސްޓު ހަދަން ނުޖެހުމާއި ރާއްޖޭގެ އެތެރޭގައި ދަތުރު ކުރާއިރު ވެސް ޕީސީއާރް ޓެސްޓު ބޭނުންނުވާނެ ކަމަށް ވެސް އިއުލާން ކުރި އެވެ.

އޭގެ އިތުރުުން، ވެކްސިން ފުރިހަމަނުކޮށް ރާއްޖެއިން ބޭރުން އަންނަ މީހުން ވެސް އަދި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދާ މީހުން ވެސް ކަރަންޓީނު ވާކަށް ނުޖެހެ އެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުން އަދިވެސް އައިސޮލޭޓްވާން ޖެހެ އެވެ. އަދި ބަލި ޖެހިފައިވާ މީހުންގެ ކޮންޓެކްޓުން ވެސް ކަރަންޓީނުވާން ޖެހޭނެ ކަމަށް އެޗްޕީއޭން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox