30 ޕަސެންޓުން އިންތިހާބުވާ އިސްލާހަށް އިދިކޮޅުގެ ތާއީދެއް ނެތް

އާދަމް ޝަރީފް އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި: ވިދާޅުވީ އެފަދަ އިސްލާހެއް ގެންނަ ނަމަ ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އާދަމް ޝަރީފް އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި: ވިދާޅުވީ އެފަދަ އިސްލާހެއް ގެންނަ ނަމަ ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރިޔާސީ އިންތިހާބުގައި މަދުވެގެން 30 ޕަސެންޓު ވޯޓު ލިބޭ ކެންޑިޑޭޓަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ ގޮތަށް ގާނޫނުއަސާސީއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންނަވަން މަސައްކަތް ކުރާ އިސްލާހަށް އިދިކޮޅު ޕާޓީން ތާއީދު ނުކުރާނެ ކަމަށް ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ، 30 ޕަސެންޓަކީ ރައީސަކު އިންތިހާބު ކުރުމަށް "މާ ދަށް" އަދަދެއް ކަމަށެވެ.

"ވެރިއަކަށް ހުންނަންވާނީ ރައްޔިތުންގެ މެޖޯރިޓީ ލިބިފައި އޮތް ބޭފުޅެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" ޝަރީފް ވިދާޅުވި އެވެ.

މަދުވެގެން 30 ޕަސެންޓު ލިބޭ ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބުވާ ގޮތަށް އިސްލާހު ކުރަން މަސައްކަތް ކުރުމަކީ އެމްޑީޕީއަށް މަޖިލީހުގައި ލިބިފައި އޮތް "ސުޕަ-މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި" ބޭނުން ކުރުން ކަމަށް ވެސް ޝަރީގް ވިދާޅުވި އެވެ.

"30 ޕަސެންޓަށް ބަދަލު ކުރުން ފަދަ ކަންކަން ގާނޫނުއަސާސީއަށް ގެންނަންވާނީ ރައްޔިތުންގެ ރުހުން ހޯދައިގެން. އެއީ ސީދާ ރައްޔިތުންނާ ގުޅުން ހުރި ކަމެއް. [އެކަމުގައި ހިޔާލު ހޯދުމަށް] ރައްޔިތުންގެ ބަހުސަކަށް ހުޅުވާލަން ގޮވާލަން،" ޝަރީފް ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް ނަޝީދު ގެންނަވަން މަސައްކަތް ކުރާ އިސްލާހަށް ޝަރީފްގެ އިތުރުން ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ. ނަމަވެސް މިހާތަނަށް ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަމާ ގުޅިގެން އެއްޗެއް ވިދާޅެއްނުވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރިޔާސީ ކެންޑިޑޭޓް 30 ޕަސެންޓުން އިންތިހާބުވާ ގޮތް ހެދުމުގެ އެއް ބޭނުމަކީ ކޯލިޝަނަކާ ނުލައި ވެރިކަމަށް އާދެވޭނެ މަގު ފަހި ކުރުން ކަމަށެވެ.

..އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން ހަރު އަޑުން އެމްޑީޕީގެ ވެރިކަމެއް މި ރާއްޖޭގައި އަބަދުމެ އޮތުމަށް ކުރިއަށް އޮތް ފަސް އަހަރަށް އަދި އިތުރު ފަސް އަހަރަށް ވެސް އޮތުމަށް އެ ގޮވަމުންދާ ގޮވުން އަޅުގަނޑުމެން ކަނުލާ އަޑުއަހަން ޖެހޭނެ," ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox