މޯލްޑިވިއަނުން އެމިރޭޓްސް އާއެކު އިންޓަލައިން އަދި ކޯޑްޝެއަރިން އެގްރީމެންޓު ގާއިމުކުރަނީ

މޯލްޑިވިއަންގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. މިފަދަ އެއްބަސްވުންތަކެއް ގާއިމުކުރެވިއްޖެނަމަ ކުރިއެރުމުގެ ގިނަ ފުރުސަތުތަކެއް މޯލްޑިވިއަން އަށް ފަހިވެގެންދާނެ -- ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަންގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. މިފަދަ އެއްބަސްވުންތަކެއް ގާއިމުކުރެވިއްޖެނަމަ ކުރިއެރުމުގެ ގިނަ ފުރުސަތުތަކެއް މޯލްޑިވިއަން އަށް ފަހިވެގެންދާނެ -- ފޮޓޯ: މޯލްޑިވިއަން

ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އެމިރޭޓްސް އާއެކު ކޯޑްޝެއަރިން އަދި އިންޓަލައިން އެގްރީމެންޓެއް ގާއިމްކުރުމުގެ އެމްއޯޔޫއެއްގައި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ސޮއިކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު ވަނީ އެމިރޭޓްސް އާއެކު އެމްއޯޔޫގައި ސޮއިކުރިކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ. ދެ އެއާލައިނުން ވަނީ އިންޓަލައިން އަދި ސްޕެޝަލް ޕްރޯރޭޓް އެގްރީމެންޓް (ސްޕާ) ގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް އެއްބަސްވެފަ އެވެ. ދެ އެއާލައިނުގެ ޕެސެންޖަރުންނަށް ވެސް އިތުރު ހިދުމަތްތައް އެއްބަސްވުންތަކުގެ ދަށުން ފޯރުކޮށްދޭނެ އެވެ.

މޯލްޑިވިއަން އަދި އެމިރޭޓްސް އިން ހޯދަން ޖެހޭ ހުއްދަތައް ހޯދުމުގެ އިތުރުން ޓެކްނިކަލް ފީސިބިލިޓީ ފުރިހަމަ ކުރުމަށް ފަހު ދެ އެއާލައިނުން ކޯޑް ޝެއާ އެގްރީމެންޓް ގާއިމްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ވެސް މި އެމްއޯޔޫގައި ވަނީ އެއްބަސްވެފަ އެވެ.

ކޯޑްޝެއަރިން އެގްރީމެންޓާއެކު އެއް އެއާލައިނުން އޮޕަރޭޓްކުރާ ފްލައިޓެއްގައި އަނެއް އެއާލައިނުގެ ކޯޑް ބޭނުންކުރެވޭނެ އެވެ. އޭގެ ސަބަބުން އެއް މަންޒިލަކަށް މި ދެ އެއާލައިނުން އޮޕަރޭޓްކުރާ ފްލައިޓްތަކުގެ އަދަދު އިތުރުކުރެވިގެންދާނެ އެވެ. އަދި، އެއް ކޯޑެއްގެ ދަށުން ގިނަ ތަންތަނަށް ދަތުރުކުރުމުގެ ފުރުސަތު ޕަސިންޖަރުންނަށް ފަހިވެގެންދާނެ އެވެ.

އިންޓަލައިން އެގްރީމެންޓް ގާއިމްކުރެވިއްޖެނަމަ ދެ އެއާލައިނުން ވެސް ދަތުރުކުރުމަށް އެއް ޓިކެޓެއް ބޭނުން ކުރެވޭނެ އެވެ. އޭގެ އިތުރުން، ފްރީކުއެންޓް ފްލަޔާ ޕްރޮގްރާމް (އެފްއެފްޕީ)، ކާގޯ ހިދުމަތްތައް، އަދި ޗުއްޓީ ޕެކޭޖުތައް މާކެޓް ކުރުމުގައި ވެސް ދެ އެއާލައިން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއް ގާއިމްކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

"އެމިރޭޓްސް އަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ މުހިންމު ބައިވެރިއެެއް. ދެ އެއާލައިންގެ ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ފައިދާ ކުރާނެ. އަދި، ރާއްޖެ އާއި ޔޫއޭއީ އާ ދެމެދު އޮތް އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ،" އެމިރޭޓްސްއަކީ އިންޓަނޭޝަން ޕެސެންޖަރުން އުފުލި ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު އެއާލައިންކަން ފާހަގަކުރައްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ.

އެމިރޭޓްސް އާއެކު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމުގެ ދޮރު ހުޅުވިގެން ދިޔުމަކީ މޯލްޑިވިއަން އަށް ކުރިއެރުމުގެ އެތައް ފުުރުސަތެއް ފަހިވެގެންދާނެ ކަމެއް ކަމަށް އެ އެއާލައިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވިދާޅުވި އެވެ.

"މިފަދަ ޕާޓްނާޝިޕެއްގެ ސަބަބުން އެއާލައިން ކުރިއެރުމަށް ލިބޭ ފުރުސަތުތަކަކީ އޮޕަރޭޝަންތައް ފުޅާކޮށް، އެއްބަސްވުންތަކާއެކު ކޮވިޑަށް ފަހު އެއާލައިން އިންޑަސްޓްރީގައި ޕޮޒިޝަންވުމުގައި މުހިންމު ކަންކަމަށް ވާނެ. ގާއިމްކުރަން މަސައްކަތް ކުރަމުންދާ ކޯޑްޝެއާ އަދި އިންޓަލައިން އެގްރީމެންޓްތަކާއެކު ދެ އެއާލައިނުން ވެސް ފޯރުކޮށްދޭ ހިދުމަތްތައް އިތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ،" މި އެމްއޯޔޫގެ މުހިންމުކަން ހާމަކޮށްދެއްވަމުން މޯލްޑިވިއަންގެ އެމްޑީ މިހާދު ވިދާޅުވި އެވެ.

ރާއްޖެ އަކީ އެމިރޭޓްސް އިން ދަތުރުކުރާ ގައުމުތަކުގެ ތެރެއިން މަގުބޫލު މަންޒިލެއް ކަމަށާއި އަދި، ރާއްޖޭގެ ގައުމީ އެއާލައިނާއެކު އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރުމުގެ ފުރުސަތު ލިބުމަކީ އުފާކުރާ ކަމެއްގެ ގޮތުގައި އެމިރޭޓްސްގެ ޗީފް ކޮމާޝަން އޮފިސަރު އަދުނާން ކާޒިމް ސިފަކުރެއްވި އެވެ.

"ކޯޑްޝެއާ އަދި އިންޓަލައިން އެގްރީމެންޓުން ދެ އެއާލައިނަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ. އެމިރޭޓްސްގެ ކަސްޓަމަރުންނަށް އެއީ ރާއްޖެ އައުމާއި އަނބުރާ ދިޔުމަށް ފަސޭހަވެގެންދާނެ ކަމެއް. އަދި މޯލްޑިވިއަނުން ދަތުރުކުރާ ފަރާތްތަކަށް އޭގެ ސަބަބުން ދުބާއީ މަގުން 120 އަށްވުރެ ގިނަ އެމިރޭޓްސްގެ މަންޒިލުތަކަށް ދަތުރުކުރެވޭނެ. އުންމީދުކުރަނީ މި ގުޅުން އިތުރަށް ބަދަހިކުރުމަށް." ދެ އެއާލައިނަށް ވެސް މިފަދަ އެގްރީމެންޓެއްގެ ސަބަބުން ފަސޭހަތަކެއް ވެގެންދާނެ ކަމަށް އަދުނާން ކާޒިމް ފާހަގަކުރެއްވި އެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ މީހުން އުފުލި އެއާލައިނަކީ ވެސް އެމިރޭޓްސް އެވެ. އެމިރޭޓްސް އެއާލައިނުން ހިއްސާކޮށްފައިވާ މައުލޫމާތު ދައްކާ ގޮތުގައި ނިމުނު އަހަރުގެ ތެރޭގައި އެ އެއާލައިނުން 265،000 ފަސިންޖަރުން ރާއްޖެ ދަތުރުކުރި އެވެ. މީގެ ތެރޭގައި ގިނައީ އެ އެއާލައިނުގެ މައި ހަބު ކަމުގައިވާ ޑުބާއީ މަގުން ރާއްޖެ ދަތުރުކުރި އެކި ގައުމުތަކުގެ ޓޫރިސްޓުންނެވެ.

ބައިނަލްއަގުވާމީ އެންމެ ބޮޑު އެއާލައިން ކަމުގައިވާ އެމިރޭޓްސް އިން ރާއްޖެ ދަތުރުތައް ފެށީ 1987 ވަނަ އަހަރު އެވެ. އެފަހުން މިވީ 34 އަހަރު ދުވަހުގެ ތެރޭގައި އެ އެއާލައިނުން ވަނީ ޓޫރިޒަމް ސިނާއަތާއި ކާގޯ ދާއިރާގައި މުހިންމު ރޯލެއް އަދާކޮށްފަ އެވެ.

އެގޮތުން، އެކްސްޕޯ 2020 ގައި، އެމިރޭޓްސް އެއާލައިނުން ވަނީ ޓޫރިޒަމަށް އެހީތެރިވާން ގުޅިގެން މަސައްކަތްކުރަން ދިވެހި ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ވެސް އިތުރުކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އެމިރޭޓްސް އިން ވަނީ ޓޫރިޒަމާއި ވިޔަފާރި ކުރިއަރުވަން އެހީތެރިވާން އެއްބަސްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox