ލަންޑަން، އިނގިރޭސިވިލާތް (ފެބްރުއަރީ 9) - މި އަހަރުގެ ބްރިޓްސް އެވޯޑްސްގެ ރަން ވަނަތައް އިނގިރޭސި ލަވަކިޔުންތެރިޔާ އެޑޭލްއަށް ލިބިއްޖެ އެވެ.
އެޑޭލްގެ "30" އަށް އެންމެ މޮޅުގެ އަލްބަމްގެ އެވޯޑް ލިބިފައިވާ އިރު، "އީޒީ އޮން މީ" އަށް ވަނީ އެންމެ މޮޅު ލަވައިގެ އެވޯޑް ލިބިފަ އެވެ. އޭގެ އިތުރުން އަހަރުގެ އެންމެ މޮޅު އާޓިސްޓްގެ އެވޯޑް ވެސް ލިބުނީ އޭނާ އަށެވެ.
މި އަހަރުގެ އެވޯޑް ދިނީ ދެ ޖިންސީ ވަކިނުކޮށް، ހުރިހާ އާޓިސްޓުން އެއްކޮށް ހިމަނައިގެންނެވެ. މި އަހަރު ގިނަ އަދަދެއްގެ އަންހެން އާޓިސްޓުން އެވޯޑަށް ނޮމިނޭޓްވި ނަމަވެސް، ގިނަ އެވޯޑްތައް ލިބުނީ ފިރިހެން އާޓިސްޓުންނަށެވެ.
އެންމެ މޮޅު ލަވަ ލިޔުންތެރިޔާގެ އެވޯޑް ހޯދީ އެޑް ޝީރަން އެވެ. ދެހާސް ހަ ވަނަ އަހަރަށް ފަހު ވަކި ޖެންރޯތަކަށް އަނެއްކާ ވެސް އެވޯޑް ދޭން ފަށާފައިވާ އިރު، އެ ކެޓެގަރީތަކުގެ ވަނަތައް ހޮވީ މިއުޒިކް އިންޑަސްޓްރީގެ ބަދަލުގައި ފޭނުންގެ ވޯޓުންނެވެ.
މިދިޔަ އަހަރު އެންމެ މޮޅު އަލްބަމްގެ އެވޯޑް ހޯދި ދުއާ ލިޕާއަށް މި އަހަރު ލިބުނީ އެންމެ މޮޅު ޕޮޕް/އާރް އެން ބީ ދާއިރާގެ އެވޯޑެވެ.

އެވޯޑް ޝޯގައި ލިއަމް ގަލަގާ އަދި އޭން މަރީ ފަދަ ތަރިންގެ ހުށަހެޅުންތައް ފެނުނެވެ. އެ ޝޯއަށް 20،000 އަށް ވުރެ ގިނަ މީހުން ޖަމާވި އެވެ.










