"އިންޑިއާ އައުޓް ބިލް"؛ ގިނަ ސުވާލުތަކާއި ބޮޑެތި ކަންބޮޑުވުން

އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި އިދިކޮޅު ސަޕޯޓަރަކު "އިންޑިއާ އައުޓް" ބޯޑެއް ހިފައިގެން: އެ ކެމްޕޭނަށް އަމާޒުކޮށް އެމްޑީޕީން ވަނީ ބިލެއް ޑްރާފްޓުކޮށްފައި. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި އިދިކޮޅު ސަޕޯޓަރަކު "އިންޑިއާ އައުޓް" ބޯޑެއް ހިފައިގެން: އެ ކެމްޕޭނަށް އަމާޒުކޮށް އެމްޑީޕީން ވަނީ ބިލެއް ޑްރާފްޓުކޮށްފައި. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

"ނޫސްވެރިންނަށް ވާނީ ކިހިނެއް؟ އަހަރުންނަށް ވެސް ދެން އިންޑިއާއަށް ފާޑުކިޔޭނެތަ؟"

މިއީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިއަށްގެންދާ ކެމްޕެއިނާއި ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮތް އެމްޑީޕީން ޑްރާފްޓްކޮށް، ހުށަހަޅަން ތައްޔާރުވަމުން އަންނަ ބިލާ މެދު އެކުގައި މަސައްކަތް ކުރާ ނޫސްވެރިޔަކު ކުރި ސުވާލެވެ.

އަންނަ ހަފްތާގައި އާ ދައުރަކަށް މަޖިލިސް ހުޅުވޭއިރު، މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ފަރިވަމުން އަންނަނީ "ދިވެހިރާއްޖެއިން ބޭރުގެ ގައުމުތަކާއެކު ގާއިމްކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލު" އެވެ.

Advertisement

ރަނގަޅު ވާހަކައެކެވެ. އެންމެ ފަސް ސަފުހާގެ އެ ބިލުގައި އިދިކޮޅުގެ "އިންޑިއާ އައުޓް" ގެ ވާހަކައެއް ސީދާ ނެތެވެ. އެކަމަކު ކުއްލިއަކަށް ޑްރާފްޓް ކުރި އެ ބިލުގެ މަގުސަދު ވަރަށް ސާފެވެ.

އެ ބިލުގައިވާ ގޮތުން، ރާއްޖެއިން އެހެން ގައުމަކާއެކު އެއްބަސްވެފައިވާ އެއްބަސްވުމަކާ ދެކޮޅަށް، ނުވަތަ އެއްބަސްވެފައިވާ އުސޫލަކާ ހިތްހަމަނުޖެހިން، އެ ގައުމަކާ ދެކޮޅަށް "މުޒާހަރާ ކުރުމާއި ކެމްޕެއިން ކުރުމާއި ސިޔާސީ ނުވަތަ އެ ނޫން ވެސް ހަރަކާތެއް" ހިންގުން މަނާވާނެ ކަމަށެވެ.

އޭގެ އިތުރުން ދިވެހިން ތިބީ އެހެން ގައުމެއްގެ ނުވަތަ މިލިޓަރީއެއްގެ އަޅުވެތިކަމުގެ ދަށުގައި ކަމަށް ބުނެ މުޒާހަރާ ކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުން މަނާވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

އެ ބިލުގައި ބުނާ ކުށްތައް ކުރާ މީހުން ޖަލަށް ވެސް ލެވިދާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް ޖަލަށްލެވޭނީ ހަ މަހަށްވުރެ ދިގު ނޫން މުއްދަތަކަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ. ޖަލު އަދަބުގެ އިތުރުން ކުށްވެރިވާ މީހަކު 20،000ރ. އިން ޖޫރިމަނާ ކުރެވިދާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ހަނިކުރަނީ އަސާސީ ހައްގުތަކެއް

އެ ބިލުގެ ވާހަކަ މީޑިއާތަކުން ރިޕޯޓުކުރުމާއެކު ގިނަ ބަޔެއްގެ ކަންބޮޑުވުންތައް ވަނީ ބަންޑުންވެފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ސަޕޯޓަރުން ވެސް ހިމެނެ އެވެ. ހައްގުތައް ހޯދައިދިނުމަށް އަބަދުވެސް ވަކާލާތުކުރާ ޕާޓީއަކުން އެފަދަ ބިލެއް ޑްރާފްޓް ކުރުމުން ވެރިވެގެން އުޅޭ ހައިރާންކަމެވެ.

އެ ބިލުގެ ނިޔަތް އިދިކޮޅުގެ ސިޔާސީ ހަރަކާތް ހުއްޓުވުމާ ގުޅިފައިއޮތް ނަމަވެސް، އޭގެ ވަށައިގެން ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތަކެއް ގުރުބާންވާކަމީ ފެންނާންއޮތް ހަގީގަތެވެ.

titledesc

އެމްޑީޕީން އެ ބިލު ފަރުމާކޮށްފައިވާގޮތުން، އެންމެ ބޮޑަށް ހަނިވެގެންދާނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމެވެ. ދެން އެއާ ވިދިގެން އަންނަ ނޫސްވެރިކަމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމެވެ.

އިދިކޮޅުގައި އެމްޑީޕީ އޮތްއިރު އެންމެ ހަރުއަޑުން ދިފާއުކުރި ހައްގުތަކެވެ.

އެކަމަކު އެ ބިލު އިބާރާތްކޮށްފައިވާ ގޮތުން، ބޭރު ގައުމަކުން ނަގާ ލޯނުތަކުގެ ވާހަކަ ދައްކައިގެން ވެސް ކުށްވެރިވެދާނެ އެވެ.

ޗައިނާ ދަރަނީގެ ވާހަކަވެސް ނުދެއްކޭނެ؟

އެއާއެކު އިތުރު ސުވާލުތަކެއް ވެސް ފެންމަތިވެ އެވެ. ކުރީގެ ސަރުކާރުން ޗައިނާއިން ނަގާފައިވާ ބޮޑެތި ލޯނުތަކަކީ ދަރަނީގެ ދަންތުރައެއްކަމަށް ތަކުރާރުކޮށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ވިދާޅުވުމެވެ.

މި ބިލު ގާނޫނަކަށް ވެއްޖެނަމަ، އެ މަނިކުފާނަށް ދެން އެފަދަ ކަންބޮޑުވުމެއް ފާޅުކުރެއްވިދާނެކަމާމެދު އުފެދޭ ސުވާލެވެ.

ނޫނީ އިޒްރޭލާ ދެކޮޅަށް ފަލަސްތީނުގެ މިނިވަންކަމާ ދެކޮޅަށް ޒަމާނުއްސުރެ ދިވެހިން އަޑުއުފުލަމުން އަންނަ އަޑު ކެނޑިގެންދާނެތޯ ވެސް އެއީ ކުރަންޖެހޭ ސުވާލެކެވެ.

ގާނޫނީ ފުސްކަމެއްގެ ތެރެއިން ލިބޭ ބާރު

ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭގޮތުން، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާގޮތަށް ގާނޫނު ހެދުމާއި ބަދަލުކުރުމުގެ އިތުރުން ބާތިލުކުރުމުގެ ބާރު ގާނޫނުއަސާސީން މަޖިލީހަށް ވަނީ ލިއްބައިދީފަ އެވެ.

އޭގެ ތެރޭގައި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ނޫނީ މިނިވަންކަމެއް ހިފެހެއްޓުމުގެ ބާރު ވެސް ހިމެނެ އެވެ.

އެކަން ކުރެވޭނެ މިންގަނޑުތަކަކާއި ޝަރުތުތަކެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް، ސިޔާސީ މީހުންގެ ބޭނުމަށް އެ މާއްދާ ލަންބާލުމަކީ މީގެ ކުރިން ވެސް ފެނިފައިހުރި މަންޒަރެކެވެ.

އެގޮތުން، ކުރީގެ ސަރުކާރުން މާލޭގެ ވަކި ސަރަހައްދަކަށް އެއްވެއުޅުމުގެ މިނިވަންކަން ފައްތައިލީ އެއްވެއުޅުމުގެ ގާނޫނު އިސްލާހުކޮށްގެންނެވެ.

އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން އެކަމާ ޝަކުވާކުރި ނަމަވެސް، އެމްޑީޕީ ވެރިކަމަށް އައިސް އެ މާއްދާ އުވާލަން ފަހަތުފަޔަށް ބުރަވީ އެވެ. އެއާއެކު އެއްވެއުޅުމުގެ މިނިވަންކަން އޮތީ ގާނޫނީ "ގްރޭ އޭރިއާ"އެއްގެ ތެރޭގައި ހިފެހެއްޓިފަ އެވެ.

އެއީ މި ބިލާއެކު އުފަންވެގެން އުޅޭ ބިރާއި ނުތަނަވަސްކަމެވެ. މި ބިލު ގާނޫނަކަށް ހަދައިފިނަމަ، އޭގެ ނިވަލުގައި އެތައް އަސާސީ ހައްގުތަކެއް ޖިނާއީ ކުށަކަށް ވެގެން ދާނެތީ އެވެ. ސަރުކާރެއްގެ ހާރިޖީ ސިޔާސަތަށް ފާޑުކިޔުން ހުއްޓުވުމަކީ ޑިމޮކްރަސީ އާ ބީރައްޓެހި އަމަލެކެވެ. އަދި ވަކިން ހާއްސަކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ފަހަތަށް އެޅޭ ބިޔަ ފިޔަވަޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

މާލެއިން ވޮޝިންޓަނަށް؛ 'ވިޔާނުދާ' ނޫސްވެރިންގެ އަސަރާއި ނަތީޖާ

އެމެރިކާގެ ރައީސް ޓްރަމްޕް ވަކި ނޫސްވެރިންތަކެއް ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން، އެކަށީގެންވާ އިޖުރާއާތެއް ނެތި އެފަދަ ނިންމުންތައް ނުނިންމޭނެ ކަމަށް އެ ގައުމުގެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ހަމައެފަދައިން، ރާއްޖޭގެ ރައީސް އޮފީހުން ވެސް "އަދަދު" ނޫހުގެ ނޫސްވެރިން ބައްދަލުވުންތަކަށް ވަނުން މަނާކޮށްފައިވަނީ، ރައީސް މުއިއްޒާ ކުރިމަތިކުރި އުނދަގޫ ސުވާލަކާ ގުޅިގެން އެއްވެސް ލިޔުމެއް ނުވަތަ ޖަވާބެއް ދިނުމަކާ ނުލައެވެ.

ދިވެހިރާއްޖޭގައި އޮތީ އިސްލާމީ ޓޫރިޒަމެއް؛ ސަބަބުތައް މިއޮތީ!

ދިވެހި ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރަން ތިބި މީހުން އެއީ ލާދީނީ ކާފަރު ޓޫރިޒަމެއްކަމަށް ސިފަކުރަމުންދާނަމަ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މުސްލިމުންނަށް އެދެވެނީ ކޮން ކަހަލަ މެސެޖެއްހެއްޔެވެ؟ އެމީހުންނަށް އެކަންޏެއް ނޫނެވެ. ދީނީ ހަރުކަށި ވިސްނުމުގެ އަހުލުވެރިންނަށް ވެސް އެދެވެނީ ކޮން ކަހަލަ ދައުވަތެއްހެއްޔެވެ؟

ރަދުން ކޮންޓްރޯލް ކުރެއްވި ސިއްރުވެރި ބޮޓޭނިކަލް ވިޔަފާރި

ތާވައްކާށި ނުވަތަ ކަނޑުކާށީގެ ވިޔަފާރިއަކީ ތާރީޚީގޮތުން ދިވެހި ރަދުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހިންގި ސިއްރުވެރި މޮނޮޕޮލީއެކެވެ. ސީޝެލްސްގެ ރަށްތަކުން އޮޔާލައިގެން ރާއްޖެއަށް ލައްވާ މި ކާށިތަކަކީ ހަމައެކަނި ރަދުންނަށް ޚާއްޞަ އެއްޗެއްގެ ގޮތުގައި އޭރު އޮތީ ކަނޑައަޅާފައެވެ. މި ކާށީގެ ސައިންޓިފިކް ނަން ރާއްޖެއަށް ނިސްބަތްވަނީ، އެ ދުވަސްވަރު ދިވެހިރާއްޖެ މެދުވެރިކޮށް މި ތަކެތި ދުނިޔޭގެ ބާޒާރަށް ތައާރަފުވެފައިވާތީއެވެ.

Newsletter

Get the latest news delivered straight to your inbox