ކޮމަންޑޫ ގޮނޑިއައިގެން މިއުޅެނީ ގޯސް ފިކުރެއް މަޖިލީހަށް ވަދެފާނެތީ: ހަަސަން

ފޯކައިދޫގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި އެޕާޓިގެ ޗެއާޕާސަން ހަސަން ލަތީފު ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ކޮަމަންޑޫ ދާއިރާގެ ގޮނޑި މުހިއްމު ވަނީ ނުބައި ފިކުރެއް މަޖިލީހަށް ވަނަނުދިނުމަށް ކަމަށް.

ފޯކައިދޫގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި އެޕާޓިގެ ޗެއާޕާސަން ހަސަން ލަތީފު ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ކޮަމަންޑޫ ދާއިރާގެ ގޮނޑި މުހިއްމު ވަނީ ނުބައި ފިކުރެއް މަޖިލީހަށް ވަނަނުދިނުމަށް ކަމަށް.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރަން ބުރަކޮށް މަސައްކަތް ކުރަނީ ރާއްޖެއަށް ގެއްލުން ދެނިވި ފިކުރެއްގެ ބޭފުޅަކު މަޖިލީހަށް ވެދެވަޑައިގެންފި ނަމަ ދަތިވާނެތީ ކަމަށް ވެރިކަން ހިންގާ އެމްޑީޕީގެ ޗެެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ރޭ ވިދާޅުއްޖެ އެވެ.

އެމްޑީޕީން ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި ހަސަން ލަތީފު ވިދާޅުވީ އެޕާޓީގެ 64 މެމްބަރުން މަޖިލީހުގައި މިހާރުވެސް ތިއްބެވި އިރު، ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެހާ މަސައްކަތްކުރަނީ ކީއްވެތޯ މީހުން ސުވާލުކުރާ ކަމަށެވެ. އެ ދާއިރާގެ ގޮނޑި ހޯދަން އުޅެނީ އެގޮނޑި ނުލިބިއްޖެ ނަމަ، ކުރަން ހުރި މަސައްކަތް ނުކުރެވޭނެތީ ނޫން ކަމަށް ވިދާޅުވެ، އެ ސުވާލަށް ޖަވާބު ދެއްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ދަތިވާނެ، މިދެންނެވި ފިކުރު، އެއީ މުޅި ރާއްޖެއަށް ގެއްލުންކުރަނިވި ފިކުރެއް މަޖިލީހުގެ ތެރެއަށް [ވަދެއްޖެއްޔާ]. ހަމަ އެންމެ ބޭފުޅެއް ވެސް، މިހާރު އެބަ ތިއްބެ ހައެއްކަ ބޭފުޅުން. އޭގެ ތެރެއަށް ހަމަ އެހެން އެންމެ ބޭފުޅަކު ވަނަސް ވެސް އަޅުގަނޑުމެނަށް ދަތިވޭ،" ހަސަން ވިދާޅުވި އެވެ.

Advertisement

މެމްބަރު ހުސައިން ވަހީދު އަވަހާރަވުމުން ހުސްވެފައިވާ ކޮމަންޑޫ ދާއިރާއަށް މެމްބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ ފަހެއްގަ އެވެ. އެ ދާާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދު (ރާޑޯ)އަށް ކެމްޕޭން ކުރަން އެޕާޓީން މީގެ ކުރިން ކޮމަންޑޫގައި ވެސް ޖަލްސާއެއް ބޭއްވި އެވެ. ކޮމަންޑޫ ދާއިރާގައި ހިމެނެނީ ކޮމަންޑުއާއި ފޯކައިދުއާއި މަރޮށްޓެވެ.

ހަސަން ލަތީފް ވިދާޅުވީ "ގެއްލުންދެނިވި ފިކުރު"ގެ އެންމެ ބޭފުޅަކު ވެދެވަޑައިގެންނެވި ނަމަވެސް ދަތިވާނެ ސަބަބަކީ ވަރަށް ރަނގަޅު ޕްރޮޖެކްޓެއް ހިންގަން އެމްޑީޕީން ބޭނުންވުމެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމެވެ.

"އެއީ ކުޑަކަމެއް ނޫން. އެކަމަކީ އަަޅުގަނޑުމެން މުޅި ރާއްޖޭގެ ރައްޔިތުން އެއަށް އެއްބަސްވެގެން ކުރަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާ ވަކިވެފައި އޮތުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށާއި އެ ދާއިރާގައި ދިރިއުޅުން ބައްޓަން ކުރެވޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ހަސަން ވިދާޅުވި އެވެ. އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސިޔާސަތެއް އެކަމުގައި އޮތްތަނެއް ފެނިވަޑައިނުގަންނަވާ ކަމަށާއި އެމަނިކުފާނު އިސްކޮށް ހުންނަވާ ޕީޕީއެމްގެ ވެސް އެ ސިޔާސަތު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox