ހުރިހާ އެންމެން ނެޓްފްލިކްސް އިން ބަލަނީ "މެނިފެސްޓް"

މެނިފެސްޓްގެ ޕޯސްޓަރެއް

މެނިފެސްޓްގެ ޕޯސްޓަރެއް

ބޯ ހަމަޖައްސާލުމަށް ދިޔަ ކުރު ޗުއްޓީ ނިންމާލުމަށްފަހު ފުރަން އެރި ފްލައިޓުން މި އާދެވުނީ ފަސް އަހަރު ކުރިއަށޭ ބުނެފިނަމަ ދެން ވާނީ ކިހިނެއްބާ އެވެ؟ ވިސްނާލަން ކުޑަ ވަގުތުކޮޅެއް ބޭނުންވެދާނެ އެވެ. އެހެން ނަމަވެސް އެންމެން އެއްވާނެއްގައި، އެއްފޯރިއެއްގައި މިހާރު ދައްކަނީ މޮންޓެގޯ އެއާވޭސް ފްލައިޓް 828 އަށް ވީ ގޮތުގެ ވާހަކަ އެވެ. މިއީ، މީގެ ހަތަރު އަހަރު ކުރިން ރިލީޒްކުރެވުނު ސުޕާނެޗުރަލް ޑްރާމާ ސީރީޒް "މެނިފެސްޓް" ގެ ކުޑަ ހުލާސާ އެކެވެ.

ފާއިތުވި ދޮޅު ހަފްތާއެއްހާ ދުވަހު ނެޓްފްލިކްސްގެ ރާއްޖޭގެ ޗާޓުގެ އެއްވަނައިގައި ހިފަހައްޓާލި "މެނިފެސްޓް" ސީރީޒްގައި ފެނިގެންދަނީ ފްލައިޓް 828 ޖެމެއިކާ އިން އެމެރިކާގެ ނިއު ޔޯކްއަށް ކުރާ ދަތުރުގައި ފްލައިޓަށް ވީގޮތެއް ނޭނގި ގެއްލޭތާ ފަސް އަހަރާ ބައިވީ ފަހުން އެނބުރި އަންނަ ތަނެވެ. ފްލައިޓް އިން ދަތުރުކުރި މީހެއްގެ ސިފައަކަށް, އުޅުމަކަށް އަދި މިޒާޖަކަށް ވެސް އެއްވެސް ބަދަލެއް ނައިސް, ފަސް އަހަރު ފަހުގެ ދުނިޔެއަކަށް މަރުހަބާ ކިޔާއިރު އާއިލާއާ ރަހުމަތްތެރިންވެސް ތިބެނީ އެ ފަސިންޖަރުން އަބަދުގެ އަބަދަށް އަލްވަދާއު ކިޔައިފިކަމަށް ނިންމާ އާ ދިރިއުޅުމެއް އާރާސްތުކުރަން ފަށާފަ އެވެ.

ކާމިޔާބު ސީރީޒްތަކެއް މިހާތަނަށް ލިޔެ އަދި ނެރެފައިވާ ޖެފް ރޭކް އުފެއްދި މެނިފެސްޓްގެ ޕްލޮޓަކީ ގެއްލުނު މެލޭޝިއަން އެއާލައިން ފްލައިޓް 370ގެ ހާދިސާއިން އިންސްޕަޔާވެގެން ލިޔުނު ޕްލޮޓެއް ކަމަށް އޭނާ ބުނެ އެވެ. ސީރީޒްގެ ލީޑު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ޑައިރީ އޮފް އަ ވިމްޕީ ކިޑް އިން މަގުބޫލުކަން ހޯދި މެލިސާ ރޮކްސްބާގް, ވަންސް އަޕޮން އަ ޓައިމް އިން ފެނިގެންދިޔަ ޖޯޝް ޑަލާސް އަދި ކެނޭޑިއަން އެކްޓްރެސް ޕަރްވީން ކޯރް ހިމެނެ އެވެ.

Advertisement

ސީރީޒްގައި މައިގަނޑު ގޮތެއްގައި ދައްކުވައިދެނީ އެ ފްލައިޓުން ދަތުރުކުރި 191 މީހުންނަށް އޭގެ ފަހުން އައި ބަދަލާއި, އެމީހުންނަށް ކުރިމަތިވާ އާދަޔާ ހިލާފު ކަންތައްތަކުގެ އިތުރަށް ފްލައިޓްއަށް ވީ ގޮތް ބަލައި ހޯދަން ކުރާ މަސައްކަތެވެ. މިގޮތުން އެނބުރި އައުމަށްފަހު ފްލައިޓްގެ ފަސިންޖަރުންނަށް އެކި ކަންކަމަށް ގޮވާލާ އެހީވުމަށް އަޑުތަކާއި, މަންޒަރުތައް ފެންނައިރު އެ ގޮވާލުންތަކުގެ އެހީގައި އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށް ބޮޑެތި ހާދިސާތަކުން ރައްކާތެރިވެވެ އެވެ.

ފުރަތަމަ ސީޒަންގައި ބޮޑަށް ފެނިގެންދަނީ ފަސިންޖަރުން އެމީހުންގެ "ނިއު ނޯމަލް" އަށް ހޭނެން ކުރާ މަސައްކަތާއި, އެ ދުވަސްތަކުގެ އުނދަގޫތަކާއި އެކި ޖަޒުބާތުތަކެވެ. އަދި ފްލައިޓަށް ވީގޮތުގެ ތެދު ހޯދުމަށް ކުރާ މަސައްކަތާއި ގާތަށް ޖެހިލާ "ޑެތު ޑޭޓް" ގެ ހަގީގަތް ދެވަނަ ސީޒަންގައި ފެނިގެންދެ އެވެ. އެއާއެކު ތިންވަނަ ސީޒަންގެ ފެށުމުގައި ފެނިގެންދަނީ ފްލައިޓްގެ ޓެއިލްފިން ކަނޑުން ފެނި ފްލައިޓްގެ ތަހުގީގުގެ މިސްރާބު މުޅިން ބަދަލުވެެގެންދާ ތަނެވެ.

"މެނިފެސްޓް" އެންމެ ފުރަތަމަ ރިލީޒްކުރީ އެންބީސީ ނެޓްވޯކްގަ އެވެ. ދެވަނަ ސީޒަން 2020ގައި ހަމަ އެ ނެޓްވޯކްގައި ރިލީޒްކުރި އިރު ތިންވަނަ ސީޒަން މިދިޔަ އަހަރު ނެރުމަށްފަހު އެންބީސީ އިން މި ޝޯ ކެންސަލް ކުރިއެވެ. އެއާއެކު ޖޫން 2021 ނެޓްފްލިކްސްގައި މެނިފެސްޓް އެޅުވުމާއެކު ޗާޓުތަކުގެ އެންމެ ކުރިން ޖާގަ ހޯދަން ފެށުމުން ސީރީޒްއަށް އޮތް ބޮޑު ޑިމާންޑް ފެނި ނެޓްފްލިކްސް އިން ވަނީ ސީރީޒްގެ ހަތަރުވަނަ ސީޒަން އިއުލާނު ކޮށްފަ އެވެ. ވިހި އެޕިސޯޑު ހިމެނޭ މި ސީޒަން ވެގެންދާނީ މެނިފެސްޓްގެ ފައިނަލް ސީޒަނަށެވެ. އަދި މިހާތަނަށް މި ސީޒަން ނެރޭނެ ތާރީހެއް ހާމަކޮށްފަ އެއް ނުވެ އެވެ.

ސީރީޒްގެ ކޮންމެ އެޕިސޯޑެއްވެސް ނިންމާލަންޖެހެނީ ދެން ވާނެ ގޮތެއް ބަލާލަން ކެތްމަދުކޮށްލާފަ އެވެ. މި ހަފްތާބަންދުގައި ބަލާނެ ސީރީޒްއެއް ނެތްނަމަ އަވަހަށް ނެޓްފްލިކްސް އިން މެނިފެސްޓް ބަލާލާށެވެ.

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox