ގުރަށްފަހު ކޮމަންޑޫ ދާއިރާ ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބުކޮށްފި

ކޮމަންޑޫ ދާއުރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ގުރު: ކެންޑިޑޭޓް ނަމްބަރު ތަރުތީބުވީ ސިޔާސީ ޕާޓީތަކުގެ ބޮޑުމިނުގެ ތަރުތީބުން -- ފޮޓޯ: އިލެކްޝަން

ކޮމަންޑޫ ދާއުރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ގުރު: ކެންޑިޑޭޓް ނަމްބަރު ތަރުތީބުވީ ސިޔާސީ ޕާޓީތަކުގެ ބޮޑުމިނުގެ ތަރުތީބުން -- ފޮޓޯ: އިލެކްޝަން

އަންނަ ފެބްރުއަރީ ފަހެއްވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަމްބަރު އިލެކްޝަން ކޮމިޝަނުން ތަރުތީބުކޮށްފި އެވެ.

މިއަދު ތިނެއް ޖެހުމާއި ހަމައަށް މި ދާއިރާއަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލިއިރު، ކުރިމަތި ލާފައި ވަނީ ސިޔާސީ ތިން ޕާޓީއެއްގެ ފަރާތުންނެވެ. އެއީ އެމްއެންޕީ، ޕީޕީއެމް އަދި އެމްޑީޕީ އެވެ.

މިރޭ ނުވައެއް ޖަހާއިރަށް ތާވަލްކުރި ގުރުލުން ކުރިއަށް ދިޔައީ އިލެކްޝަން ކޮމިޝަނުގެ ހޯލުގަ އެވެ.

އެއް ނަމްބަރު ކެންޑިޑޭޓަކީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ސަރުކާރު ކެންޑިޑޭޓު، މުހައްމަދު ރާޝިދެވެ. ދެވަނަ ނަމްބަރު ލިބުނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު، މޫސާ ފަތުހީއަށެވެ. ތިންވަނަ ކެންޑިޑޭޓަކީ މި އަހަރު ތެރޭގައި އުފެއްދި އެމްއެންޕީގެ އަބްދުލް ހަންނާނު އިދުރީސް އެވެ.

ކެންޑިޑޭޓު ނަމަބްރު ތަރުތީބުވެފައި ވަނީ އެ ދާއިރާއަށް ކުރިމަތިލި ޕާޓީތަކުގެ ބޮޑުމިން ތަރުތީބުންނެވެ.

titledesc

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ރާޝިދުއަކީ 10 އަހަރުވަންދެން ފޯކައިދޫ ކައުންސިލްގެ މެމްބަރު ކަމާއި ރައީސް ކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ މިހާރު އެ އިދާރާގެ ސެކެޓްރީ ޖެނެރަލް އެވެ.

ޕީޕީއެމްގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ މޫސާ ފަތުހީއަކީ ށ.އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުރިން ކޮމަންޑޫ ކުޑަ ކަތީބުކަންވެސް އޭނާ ކުރެއްވި އެވެ. މީގެ އިތުރުން އޭނާއަކީ ކުރީ ސަރުކާރުގައި ހޯމް މިނިސްޓަރުގެ ނައިބުކަންވެސް ކުރެއްވި ވަކީލެކެވެ.

އެމްއެންޕީގެ ފަރާތުން ވާދަކުރާ ހަންނާނަކީ ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއްވަންދެން (1987- 2019އަށް) ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު އެ ބޭފުޅާއަކީ ވިޔަފާރިވެރިއެކެވެ.

ތައުލީމީ ދާއިރާއަށް ބަލައިލާއިރު 2013 ވަނަ އަހަރުން 2019ވަނަ އަހަރާއި ހަމަޔަށް އޭނާވަނީ ވިލާ ކޮލެޖުގެ ޝަރިއްޔާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރުގެ މަގާމްވެސް ފުރުއްވާފަ އެވެ. އަދި މީގެ އިތުރުން ހދ.ހަނިމާދޫ ސްކޫލް، ރ.އިނގުރައިދޫ ސްކޫލް، ށ އަތޮޅު ތައުލީމީ ސެންޓަރު، ނ.މާފަރު ސްކޫލް އަދި ރ.ހުޅުދުއްފާރު ސްކޫލްގެ ޕްރިންސިޕަލްކަންވެސް އޭނާވަނީ ކުރައްވާފަ އެވެ.

މި ބައި އިލެކްޝަން ބާއްވަނީ ކޮމަންޑޫ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދެވި ހުސެއިން ވަހީދު، 53، ކެންސަރު ބަލީގައި އަވަހާރަވުމުނެވެ. ދުވަހު ކެންސަރަށް ފަރުވާ ކުރެއްވުމަށްފަހު އޭނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިމަހުގެ 14 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox