ކޮމަންޑޫ ދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓުންގެ ފޯމުތައް ބަލައިގަނެފި، ގުރުނެގުން މާދަމާ

ކޮމަންޑޫ ދާއިރާ ވާދަ ކުރާ ތިން ކެންޑިޑޭޓުން: އިންތިހާބު އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި -- ފޮޓޯ: އަދަދު

ކޮމަންޑޫ ދާއިރާ ވާދަ ކުރާ ތިން ކެންޑިޑޭޓުން: އިންތިހާބު އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި -- ފޮޓޯ: އަދަދު

ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަވަހާރަވުމާއި ގުޅިގެން ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލި ތިން ކެންޑިޑޭޓުންގެ ފޯމުތައް މިއަދު އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެ، ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން މާދަމާ އޮންނާނެ ކަމަށް އިއުލާންކޮށްފި އެވެ.

އިލެކްޝަންސްގެ ނައިބު ރައީސް އިސްމާއިލް ހަބީބު މި ނޫހާ ވާހަކަދައްކަވަމުން ވިދާޅުވީ މިހާތަނަށް އެ ކޮމިޝަނަށް ލިބިފައި ވަނީ ތިން ކެންޑިޑޭޓުންގެ ފޯމް ކަމަށާއި، އެ ހުރިހާ ކެންޑިޑޭޓުންގެ ކެންޑިޑެންސީ އެ ކޮމިޝަނުން ގަބޫލުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރިން ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދެވެ. ދެން ވާދަކުރައްވަނީ އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އެވެ. އޭނާއަކީ ށ. ފޯކައިދޫ ކައުންސިލްގެ ރައީސް ކަން މިދިޔަ ތިން ދައުރު ކުރެއްވުމަށްފަހު މިހިނގާ ދައުރުގައި ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް ކުރައްވަމުން އަންނަ ބޭފުޅެކެވެ. ޕީޕީއެމްގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ މޫސާ ފަތުހީއަކީ ށ.އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުރިން ކޮމަންޑޫ ކުޑަ ކަތީބުކަންވެސް އޭނާ ކުރެއްވި އެވެ.

ކޮމަންޑޫ ދާއިރާއަށް ކުރިމަތިކުތި ލުމަށް ހުޅުވާލާފައިވާ ސުންގަޑި ހަމަވާނީ މާދަމާ މެންދުރު ފަހު ތިނެއް ޖަހާއިރަށެވެ. ނަމަވެސް މިހާތަނަށް އެ ތިން ކެންޑިޑޭޓުންގެ އިތުރުން އެއްވެސް ފޯމެއް އެ ކޮމިޝަނަށް ލިބިފައި ނުވާ ކަމަށް ހަބީބު ވިދާޅުވި އެވެ. އެ ދާއިރާގެ އިލެކްޝަން ބާއްވަނީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ.

އެމްއެންޕީ އަދި ޕީޕީއެމްގެ ލީޑާޝިޕްގެ އިސްވެރިން މިހާރު އެ ރަށަށް ގޮސް ކެމްޕެއިން ފައްޓާފައިވާއިރު، ވަރަށް އަވަހަށް އެމްޑީޕީގެ ލީޑާޝިޕު ންވެސް އެރަށަށް ދާނެ އެވެ.

ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވީ ވަރަށް ގިނަ ދުވަހު ކެންސަރުގެ ބައްޔަށް ފަރުވާ ކުރެއްވުމަށްފަހު މި މަހުގެ ކުރީކޮޅެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox