ފައިޒާ ވެކްސިންގެ އިތުރު 100,600 ޑޯޒް ރާއްޖެ ގެނެސްފި

ފައިޒާ ވެކްސިންގެ އާ ސްޓޮކް ރާއްޖެ ގެނެސްފައި-- ފޮޓޯ: ޔުނިސެފް

ފައިޒާ ވެކްސިންގެ އާ ސްޓޮކް ރާއްޖެ ގެނެސްފައި-- ފޮޓޯ: ޔުނިސެފް

ކޮވެކްސް ފެސިލިޓީން ރާއްޖެއަށް ހަދިޔާކުރި ފައިޒާ ވެކްސިންގެ 100،600 ޑޯޒްގެ ޝިޕްމަންޓެއް މިއަދު ރާއްޖެ ގެނެސްފި އެވެ.

ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތްތަކުން 180 ދުވަސް ހަމަވުމުން ބައްޔަށް ލިބިފައިވާ ދިފާއު ވަރުގަދަ ކުރުމަށްޓަކައި ބޫސްޓާ ޑޯޒެއް ޖެހުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިލްތިމާސް ކުރެ އެވެ.

ރާއްޖޭގައި ބޫސްޓާ ޑޯޒު މިހާރު ޖަހަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި އިތުރު ބަލިތަކުގެ ސަބަބުން ނާޒުކު ހާލަތެއްގައި ތިބި މީހުންނަށް އެކަންޏެވެ. ނަމަވެސް ޑިސެމްބަރު 15، އިން ފެށިގެން ތިން ވަނަ ޑޯޒު އާންމުންނަށް ދޭން ފަށާނެ ކަމަށް ކުރިން އޮތީ ބުނެފަ އެވެ.

Advertisement

ނަމަވެސް ވެކްސިންގެ އާ ސްޓޮކެއް ލިބޭނެ ދުވަހެއް އަދި ނޭނގޭތީ، އާއްމުކޮށް ހުޅުވާލައިގެން ބޫސްޓާ ޖެހުމަށް ފަށަން އޮތް ޕްރޮގްރާމް އޮތީ މަޑުޖައްސާލައިފަ އެވެ.

ޔުނިސެފުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ފައިޒާ ވެކްސިންގެ އާ ޝިޕްމަންޓެއް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށާއި ބޫސްޓާ ޑޯޒް ޖެހުމަށް އެ ވެކްސިން ބޭނުންކުރާނެ ކަމަށެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިހާތަނަށް 22،000 މީހުން ވަނީ ރާއްޖެއިން ބޫސްޓާ ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި ރާއްޖޭގައި ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ މީހުންގެ ޖުމްލަ އަދަދުވަނީ 366،100 އަށް ވުރެ މަތިވެފަ އެވެ.

މިހާރު ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަމުން އަންނަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމް ބަލިކަށި މީހުން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް އެކަނި އެވެ.

ކޮވިޑްގެ އެންމެ ނުރައްކާތެރި ވޭރިއެންޓްގެ ގޮތުގައި ސިއްހީ މާހިރުން ސިފަކުރާ އޮމިކްރޯން ވޭރިއެންޓުގެ ފަސް ކޭސް ރާއްޖެއިން ފެނިފައިވާއިރު މިކަމާ ގުޅިގެން އަޅަން ޖެހޭ އިތުރު ފިޔަވަޅުތަކާބެހޭ މަޝްވަރާތައް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އޮމިކްރޯން ވޭރިއެންޓަކީ ހަލުވިކަމާއެކު ފެތުރެ ވޭރިއެންޓެއް ކަމަށާއި ވެކްސިންގެ ދެ ޑޯޒްއަށްވެސް އިމިއުން ވޭރިއެންޓެއް ކަމަށް އެޗްޕީއޭއިން ހާމަކުރި އެވެ. ނަމަވެސް ތިންވަނަ ޑޯޒް، ނުވަތަ ބޫސްޓާ ޑޯޒް ޖެހުމުން މި ވޭރިއެންޓުގެ ނުރައްކާތެރިކަން ކުޑަވާކަންވެސް އެޗްޕީއޭއިން ބުނެ އެވެ.

އެހެންކަމުން ކުރިއަށް އޮތް ސްކޫލްތަކުގެ ޗުއްޓީ ދުވަސްތަކުގައި ދަތުރުފަތުރު ކުރުމުގަޔާއި މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށް ދިޔުމުގައި ކޮވިޑްއާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސް ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox