ވެކްސިން ފުރިހަމަ ކުރުމުން ދެކުނު އޭޝިއާއިން އަންނަ މީހުން ކަރަންޓީނުވާން ނުޖެހޭނެ: އެޗްޕީއޭ

ރާއްޖެ އައި ފަތުރުވެރިންތަކެއް ހުޅުމާލޭ ބީޗުގައި: ދެކުނު އޭޝިޔާއިން އަންނަ މީހުން ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ހަމަވުމުން ކޮވިޑަށް ޓެސްޓްކޮށް އެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުން-- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު

ރާއްޖެ އައި ފަތުރުވެރިންތަކެއް ހުޅުމާލޭ ބީޗުގައި: ދެކުނު އޭޝިޔާއިން އަންނަ މީހުން ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ހަމަވުމުން ކޮވިޑަށް ޓެސްޓްކޮށް އެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުން-- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު

ކޮވިޑުން ދިފާއުވުމަށް ޖަހާ، ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ، ދެކުނު އޭޝިއާގެ ގައުމުތަކުން ވޯކް ވިސާގައި އަންނަ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އުސޫލު ބަދަލުކޮށްފި އެވެ.

ދެކުނު އޭޝިއާ ގައުމުތަކުން ރާއްޖެ އައުން ސަރުކާރުން މީގެ ކުރިން ވަނީ މަނާ ކޮށްފަ އެވެ. އޭރު މަނާކުރީ އެ ގައުމުތަކުގައި ކޮވިޑްގެ ހާލަތު އެ ދުވަސްވަރު ގޯސްވުމާ ގުޅިގެންނެވެ.

އެޗްޕީއޭއިން މިރޭ ކުރި އިއުލާނެއްގައި ބުނީ ދެކުނު އޭޝިއާ ގައުމުތަކުން ވާކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށްފަހު އެޗްޕީއޭއިން ކަނޑައަޅާ ފެސިލިޓީއެއްގައި ކަރަންޓީނުވުމަށް ކަނޑައަޅާފައިވާ ކަނޑައެޅުން އުވާލާފައިވާ ކަމަށެވެ.

ނަމަވެސް، ކޮވިޑް ވެކްސިން ފުރިހަމަ ނުވާ ރާއްޖެއަށް އެތެރެވާ ވާކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށް ފަހު އެ މީހަކު ރާއްޖެއަށް ގެންނަ ފަރާތުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.

ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ހަމަވުމުން ކޮވިޑަށް ޓެސްޓްކޮށް އެ ޓެސްޓްގެ ނަތީޖާ ނެގެޓިވްވުމުންނެވެ. މިގޮތަށް ރާއްޖެ އަންނަ ފަރާތްތަކުން ރާއްޖެ އައުމުގެ އެއް ދުވަސްކުރިން ކަރަންޓީނުވާ ތަނުގެ މައުލޫމާތު އެޗްޕީއޭއަށް އަންގަން ޖެހެ އެވެ.

ދެކުނު އޭޝިއާއިން އަންނަ ވާކްޕާމިޓް ހޯލަޑަރުންނަށް އުސޫލަށް ލުޔެއް ދީފައިމިވަނީ ކޮވިޑްގެ އާ ވޭރިއެންޓެއް ފެތުރެން ފަށާފައިވަނިކޮށެވެ.

އެގޮތުން، ކޮވިޑުގެ އެންމެ ނުރައްކާތެރި ވޭރިއެންޓުގެ ގޮތުގައި ސިއްހީ މާހިރުން ސިފަކުރާ އޮމިކްރޯން ވޭރިއަންޓުގެެ ފަސް ކޭސް ރާއްޖެއިންވެސް ވަނީ ފެނިފަ އެވެ. އާ ވޭރިއެންޓާ ގުޅީގެން އިތުރު ފިޔަވަޅުތައް އެޅުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށް ވެސް އެޗްޕީއޭން ވަނީ ބުނެފަ އެވެ.

އަދި ކޮވިޑާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް މިއަދު ވެސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

އޮމިކްރޯން ވޭރިއަންޓް

ކޮވިޑުގެ އާ ވޭރިއެންޓް އެންމެ ފުރަތަމަ ފެނިފައިވަނީ ދެކުނު އެފްރިކާ އިންނެވެ.

އެއާއެކު މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން އެފްރިކާގެ ބައެއް ގައުމުތަކުން ރާއްޖެއަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

އޮމިކްރޯން ވޭރިއެންޓާ ގުޅިގެން ރާއްޖެއަށް ދަތުރުކުރުން މަނާކޮށްފައިވާ ގައުމުތަކަކީ ސައުތު އެފްރިކާ، ނެމީބިއާ، މޮޒެމްބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވާޓީނީ ހިމެނޭހެން ހަތް ގައުމަކުންނެވެ.

އެ ގައުމުތަކުން ރާއްޖެއަށް ދަތުރުކުރުން މަނާ ފަރާތްތަކުގެ ތެރޭގައި ދަތުރުކުރުމުގެ 14 ދުވަސް ކުރިން އެ ގައުމުތަކުގައި ދިރިއުޅުނު އަދި 12 ގަޑިއިރަށްވުރެ ގިނައިރު އެ ގައުމުތަކުގައި ޓްރާންސިޓް ކުރި ފަރާތްތައް ހިމެނޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox