ވެޑިން ސޫޓް ފަހާނެ ގޮތެއް ވިސްނައިފިންތަ؟

Dec 16, 2021, 6:13 AM
ވެޑިން ސޫޓް ފަހާނެ ގޮތެއް ވިސްނައިފިންތަ؟

ކައިވެނީގެ ހަފްލާއެއް ފުރިހަމަވަނީ ހަމައެކަނި އަންހެން މީހާ ރީތި ހެދުމެއްލައި ނަލަވުމަކުން އެކަންޏެއް ނޫނެވެ. ކިތަންމެ ރީތި ހެދުމެއްގައި އަނބިމީހާ ހުއްޓަސް, ޖޯޑު ފުރިހަމަވަނީ ދެމީހުންވެސް އެކަކު އަނެކަކާ ގުޅޭހެން އަދި އެ މުނާސަބަތާ ވެސް އެކަށޭނަހެން ހެދުން އަޅައިގެންނެވެ. މިކަމުގައި ބައެއް ފަހަރު ފިރިހެނުންނާ މެދު އަޅާލެވޭ ވަރު ތަންކޮޅެއް ކުޑަ އެވެ.

އާއްމުކޮށް ރާއްޖޭގައި ފެންނަ ކައިވެނި ޕާޓީތަކުގައި ކައިވެނި ކުރެވޭ ފިރިހެން މީހާ ނުވަތަ "ގްރޫމް" ފެންނަނީ ކޯޓު ފަޓުލޫނުގަ އެވެ. މި ދާއިރާގައި 15 އަހަރުގެ ތަޖުރިބާއާއެކު ވެޑިންތަކަށާއި އަދި އެކި މުނާސަބަތުތަކަށް ސޫޓް ފަހައިދިނުމުގައި މަގުބޫލުކަން ހޯދާފައިވާ އައިސެޓުން ބުނާގޮތުން މީގެ ކުރިން ރާއްޖޭގެ ވެޑިން ތަކުގައި ފިރިހެނުން އެންމެ ގިނައިން ލައި އުޅުނީ ކަޅު ކުލައާ, އަޅި ކުލައަކާއި އަދި ގަދަ ނޫކުލަ އެކެވެ. ނަމަވެސް މިފަހުން ގަދަ ކުލަތަކުގެ ސޫޓްސް ގިނަ ބަޔަކު އިހްތިޔާރު ކުރާ ކަމަށް އައިސެޓްގެ ފަރާތުން ވާހަކަދެއްކި އާއިޝަތު އިސްމާއިލް (އައިސްތު) ބުންޏެވެ.

ހަމައެޔާއެކު 70 ގެ އަހަރުތަކުގެ ބައެއް ޓްރެންޑްތައް ވެސް މަޑުމަޑުން އިތުުރުވަމުންދާ ކަމަށް އޭނާ ބުންޏެވެ.

Advertisement

"ކުރިން ފެންނާނީ ދެތިން ހަތަރު ކުލައެއް އެކަނި. އެކަމަކު މިހާރު އެ ލިސްޓަށް އެކި ގަދަ ކުލަތައް އިތުރުވެއްޖެ. ނޭވީ ބްލޫ, މެރޫން. ދެން މި އަހަރު އަޅުގަނޑުމެންނަށް އެންމެ ގިނައިން ރޯލް ކުރެވުނީ 70 ގެ ސްޓައިލްތަކަށް ރޮނގު ދެމި އަދި ގޮޅި ޖެހި ފޮތީގެ ސޫޓްތައް،“ އައިސްތު ބުންޏެވެ.

ކުލަ ފައިިނަލް ވުމުން ދެން ބޭނުންވަނީ ސޫޓް ފަހާނެ ގޮތެކެވެ. އެކި ސްޓައިލްތަކާއި ކުލަތަކުން ސޫޓް ގަންނަންވެސް ހުރެ އެވެ. އެހެނަސް ސީދާ ގަޔަށް ހެޔޮވަރަށް ފަހާލުމަކީ މިކަމުގައި ގިނަ ބަޔަކު ހިޔާރު ކުރާ ގޮތެވެ. މާލޭގައި ސޫޓް ފަހައި އުޅޭ އަގުތަކަށް ބަލާއިރު 3000 ރުފިޔާ އިން ފެށިގެން ގޮސް 5000 ރުފިޔާ އަށްވެސް ރަނގަޅު ސޫޓް ފަހައިދޭ ފަރާތްތައް އެބަ ތިއްބެވެ. އަދި އެންމެ އަގުބޮޑުކޮށް ސޫޓް ފަހާދޭ ރޭންޖް އުޅެނީ ދިހަ ހާހުން މަތީގަ އެވެ.

ބްރިޓިޝް ސޫޓް

ގިނަ ފެހުންތެރިން ބުނާގޮތުގައި މިފަހަކަށް އައިސް ކައިވެންޏަށް ސޫޓް ފަހަން އަންނައިރު ކޮންމެ މީހެއްވެސް އަންނަނީ އެމީހެއްގެ އަމިއްލަ ޑިޒައިނެއް ހޯދައިގެނެވެ. މިގޮތުން ބަލާއިރު ދުނިޔޭގައި ވެސް އެންމެ މަގުބޫލީ މައިގަނޑު ތިން ބާވަތެގެ ސޫޓެވެ. މިތަނުން އެއް ސްޓައިލަކީ "ބްރިޓިޝް ސޫޓެވެ". އިނގިރޭސި ސޫޓުގެ ނަން ދެވިފައިވާ މި ސޫޓް އެންމެ ފުރަތަމަ ފެހީ އިނގިރޭސި ރަސްކަލެއް ކަމުގައިވާ ޕްރިންސް އޮފް ވޭލްސް އެޑްވާޑް 7 އެވެ. މި ސޫޓް ފަހާފައިވަނީ ހެންރީ ޕޫލް ނަމަކަށް ކިޔާ ފެހުންތެރިއެކެވެ. އޭނާގެ ނަމުގައި މިހާރުވެސް ފެހުމުގެ ހިދުމަތް ދެމުން ދެ އެވެ. އެ ވިޔަފާރި އަށް ކިޔަނީ ހެންރީ ޕޫލް އެންޑް ކޯ އެވެ.

ބްރިޓިޝް ސޫޓް -- ފޮޓޯ: ދަ ކޮމްޕަސް
ބްރިޓިޝް ސޫޓް -- ފޮޓޯ: ދަ ކޮމްޕަސް

ބްރިޓިޝް ސޫޓް -- ފޮޓޯ: ދަ ކޮމްޕަސް

ތާރީހީ ގޮތުން ބަލާއިރު ސޫޓްއަކީ ހަމައެކަނި އިނގިރޭސި ވިލާތުގެ މަތީ ފަންތީގެ ބޭފުޅުންނާއި އަސްކަރިއްޔާގެ ބޮޑެތި ބޭފުޅުން ލައި އުޅުނު އެއްޗެކެެވެ. އެހެންނަމަވެސް މިހާރު މި ސަގާފަތް މުޅިން ބަަދަލުވެއްޖެ އެވެ.

އިނގިރޭސި ސޫޓްތަކުގައި ހުންނަނީ ތަންކޮޅެއް ބޮޑު އަތްވަޅެކެވެ. އަދި ބޮޑު ޝޯލްޑާ ޕެޑެއް ހިމެނޭއިރު އަތުކުރިން ކޮންމެވެސް ވަރަކަށް ގަމީހުގެ އަތް ފެންނަން ހުންނަންޖެހެ އެވެ. ކްލެސިކް ލުކް އެއްގެ މި ސޫޓް ގަޔަށް އެހާ ބާރެއްވެސް ދުލެއްވެސް ނުވާނެ އެވެ. ސޫޓްގައި ޓިކެޓް ޖީބެއް ހުންނައިރު ފަހަތުގައި ހުންނާނީ ޑަބަލް ވެންޓް އެކެވެ. މި ބާވަތުގެ ސޫޓް އާއި އެކު ލައި އުޅެނީ ހައި ވެއިސްޓެޑް އަދި ފައިކުރި ހިމަ ފަޓުލޫނެވެ.

އެމެރިކަން ސޫޓް

މިއީ 1920 ގައި ތައާރަފްވި ސްޓައިލެކެވެ. ނަމުން ވެސް އެނގޭފަދައިން މި ސޫޓްއަކީ އެމެރިކާއަށް އެ ދުވަސްވަރު އައި އިގްތިސާދީ ކުރިއެރުމާއެކު އާންމުންގެ މެދުގައި ހެދުންއެޅުމަށް ކުރެވޭ ހަރަދު އިތުރުވެ އަދި ސޫޓް ފެހުމުގެ ހަރަދު ކުޑަވުމުން މަގުބޫލުވެގެން ދިޔަ ސްޓައިލެއްކަމަށް ގިނަ ބަޔަކު ބުނެ އެވެ.

އެމެރިކަން ސޫޓް --ފޮޓޯ: ދަ ކޮމްޕަސް
އެމެރިކަން ސޫޓް --ފޮޓޯ: ދަ ކޮމްޕަސް

އެމެރިކަން ސޫޓް --ފޮޓޯ: ދަ ކޮމްޕަސް

ކައިވެނި ހަފްލާގައި ތަންކޮޅެއް ދޫކޮށް ހުންނަ ސޫޓެއް ކަމުދާނަމަ އެންމެ ރަނގަޅީ އެމެރިކަން ސޫޓެކެވެ. މިއީ ގަޔަށް ދޫކޮށް, ސްޓްރެއިޓްކޮށް ހުންނަ ތަންކޮޅެއް މަޑު ފޮއްޗެއްގެ ސޫޓެކެވެ. އަދި ބްރިޓިޝް ސޫޓާ ހިލާފަށް ތަންކޮޅެއް މަޑު ޝޯލްޑާ ޕެޑް ބޭނުންކޮށްފައި ހުންނައިރު ފަހަތުގައި ހުންނާނީ ސިންގަލް ވެންޓް އެކެވެ.

އިޓާލިއަން ސޫޓް

އިޓާލިއަން ސޫޓް އެންމެ ފުރަތަމަ ފެނިގެން ދިޔައީ 1952 ގައި ބޭއްވުނު ފެޝަން ޝޯ އަކުންނެވެ. އެއަށްފަހު އަދި މިހާތަނަށްވެސް ދުނިޔޭގެ އެންމެ މަގުބޫލު ސޫޓް ސްޓައިލަކީ މިއެވެ.

އިޓާލިއަން ސޫޓް ---ފޮޓޯ: ދަ ކޮމްޕަސް
އިޓާލިއަން ސޫޓް ---ފޮޓޯ: ދަ ކޮމްޕަސް

އިޓާލިއަން ސޫޓް ---ފޮޓޯ: ދަ ކޮމްޕަސް

ގަޔަށް ފިޓްކޮށް ހުންނަ މި ސޫޓްތަކުގެ އަތްވަޅު ކުޑަވާނެ އެވެ. އަދި މިނިމަލް ޝޯލްޑާ ޕެޑިންއާއި އެކު އުނގަނޑުން ވެސް ސޫޓް ހުންނާނީ ގަޔަށް ބާރުކޮށެވެ. އަދި މި ސޫޓްގައި ހުންނަނީ ތަފާތު ޕައިޕްޑް ޖީބެކެވެ. މިފަދަ ސޫޓާއި އެކީގައި ލައި އުޅެނީ ސްލިމް ފިޓް ފަޓުލޫނެކެވެ. ފަޓުލޫނުގެ ފައިކުރި ބޫޓުގައި ޖެހުނަސް ނުވަތަ ކިރިޔާ ނުޖެހޭ ވަރަށް ހުއްޓަސް އެންމެ ރަނގަޅުވާނެ އެވެ.

އާންމު އެކިތަންތަނަށް މި ސޫޓް އެހާ ކަމުނުދިޔަސް, ކައިވެނީގެ ހަފްލާތަކަށާއި އެކި ހާއްސަ ހަފްލާތަކަށް މިއީ އެންމެ ރަނގަޅު ޗޮއިސް އެވެ. ރާއްޖޭގެ ވެޑިންތަކުގައިވެސް އެންމެ ގިނައިން ފެންނަނީ އިޓާލިއަން ސޫޓްތަކެވެ.

ފަހުގެ ޚަބަރު

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

Newsletter

Get the latest news delivered straight to your inbox