އަތޮޅު ތެރޭ ކޮވިޑް ހާލަތު ގޯސް، މިއަދު އެކަނި ނުވަ ރަށް މޮނިޓަރިންއަށް

ހދ. ހަނިމާދޫގެ އަންހެނުންތަކެއް އަތިތިމަތީ: އެ ރަށުންވެސް ޕޮޒިޓިވް ކޭސްއެއް ފެނި މިއަދު ވަނީ މޮނިޓަރިންއަށްލާފައި-- ފޮޓޯ: އަދަދު

ހދ. ހަނިމާދޫގެ އަންހެނުންތަކެއް އަތިތިމަތީ: އެ ރަށުންވެސް ޕޮޒިޓިވް ކޭސްއެއް ފެނި މިއަދު ވަނީ މޮނިޓަރިންއަށްލާފައި-- ފޮޓޯ: އަދަދު

ކޮވިޑާ ގުޅިގެން މިއަދު މޮނިޓަރިންއަށް ލީ ނުވަ ރަށާ އެކު މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ޖުމްލަ އަދަދު 21 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފި އެވެ.

ރަށްރަށުގައި ކޮވިޑްގެ ފެތުރިފައިވާތާ ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސް ވެދާނެ އެވެ. ރަށްރަށުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރެވެ. ނަމަވެސް, މިދިޔަ ދުވަސްތަކުގައި ކޭސްތައް ފެންނަ ރަށްތައް މަދުވި އެވެ. އެކަމަކު މިހާރު އަނެއްކާވެސް ގިނަ ރަށްތަކުން ކޮވިޑް ދަނީ ފެންނަމުންނެވެ.

އަތޮޅުތެރޭ ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު އެޗްޕީއޭއިން ބުނި ގޮތުގައި ގިނަ ރަށްރަށުން ބަލި ކޮންޓްރޯލްކުރުމަށް އެއްބާރުލުމެއް ނުލިބެ އެވެ.

އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި ކޮވިޑް ކޭސް ފެނިގެން މިއަދު މޮނިޓަރިންއަށް ލާފައި ވަނީ ބ. އޭދަފުށި، ހދ. ހަނިމާދޫ، ބ. ދޮންފަނު، ނ. ލަންދޫ، ނ. މިލަދޫ، ޅ.ހިންނަވަރު، ތ.ވިލުފުށި، ތ.ހިރިލަންދޫގެ އިތުރުން ގދ.ރަތަފަންދޫ ކަމަށެވެ.

މިއަދު މޮނިޓަރިންގެ ހާލަތަށް ގެނައި ނުވަ ރަށަކާއެކު ޖުމްލަ އަދަދު 21 އަށް އަރާފައި ވާއިރު މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް އެންމެ ގިނަ ދުވަސްވީ ރަށްތަކަކީ ސ. ހިތަދޫ، ސ. މަރަދޫ، ސ. މަރަދޫ ފޭދޫ އަދި ސ. ފޭދޫ އެވެ. މި ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ.

ސެޕްޓެމްބަރު މަހު މޮނިޓަރިންގެ ހާލަތަށް ގެެނެސްފައިވާ ދެ ރަށެއް އެބައޮތެވެ. އެއީ ސ. ހުޅުމީދޫ އާއި ފ. ނިލަންދޫ އެވެ.

މިދިޔަ އޮކްޓޯބަރު މަހު މޮނިޓަރިންގެ ހާލަތަށް ގެނައި ރަށްތަކުގެ ތެރޭގައި ވެސް ދެ ރަށެއް އެބަ އޮތެވެ. އެއީ މ. މުލަކާއި ނ. މިލަދޫ އެވެ. މިމަހު މޮނިޓަރިންގެ ހާލަތަށް ގެނައި އިތުރު ރައްތަކުގެ ތެރޭގައި ދ. ކުޑަހުވަދޫ، އދ. މާމިގިލި އާއި ނ. މާފަރު ހިމެނެ އެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު

ރާއްޖޭން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 90،861 އަށް އަރާފަ އެވެ. އެކްޓިވް ކޭސްގެ އަދަދު 1933 އަށް އަރާފައި ވާއިރު ބަލި ޖެހިގެން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން 15 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020ގަ އެވެ. އަދި މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 258 އަށް އަރާފަ އެވެ.

ރާއްޖޭން ވެސް މިހާރު ވަނީ އޮމިކްރޯންގެ ކޭސްއެއް ފެނިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox