އިދިކޮޅުގެ "ކޮތަރު ކޮށި" ޖަލްސާ ބޭއްވޭނީ ހުއްދަ ނަގައިގެން: އެޗްޑީސީ

Dec 7, 2021, 8:17 PM
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި: ހުޅުމާލޭގައި ހަރަކާތްތައް ބޭއްވޭނީ އެޗްޑީސީން ހުއްދަ ނަގައިގެން ކަމަށް އެ ކުންފުނިން ބުނޭ. -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި: ހުޅުމާލޭގައި ހަރަކާތްތައް ބޭއްވޭނީ އެޗްޑީސީން ހުއްދަ ނަގައިގެން ކަމަށް އެ ކުންފުނިން ބުނޭ. -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު

ޕީޕީއެމް، ޕީއެންސީން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ބޭއްވުމަށް އިއުލާނުކޮށްފައިވާ ޖަލްސާ އަށް ހުއްދަ ނަގާފައި ނެތް ކަމަށާއި، އެފަދަ ޖަލްސާއެއް ބޭއްވޭނީ ހުއްދަ ދޭ ސަރަހައްދެއްގައި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

"ކޮތަރު ކޮށި" ނަމުގައި ބާއްވާ އެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ކަމަށާއި، ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެ ރޭ ހުުޅުމާލޭ ދެ ވަނަ ފިޔަވަހީގެ "ހިޔާ ޕާކް" ސަރަހައްދުގައި ކަމަށް އިދިކޮޅުން ބުނެ އެވެ.

އެ ޖަލްސާ ބޭއްވުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން މި މަހުގެ 5 ގައި ދީފައި ވާއިރު، އެ ސިޓީގައި ސޮއިކުރައްވާފައި ވަނީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެވެ.

ޕީޕީއެމް،ޕީއެންސީން ބާއްވާ ޖަލްސާގެ ޕޯސްޓަރެއް

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެ ކޯޕަރޭޝަނަށް ލިޔުމުން ހުށަހަޅައި ހުއްދަ ހޯދުމަށް ފަހު ކަމަށެވެ. ހަރަކާތްތަކަށް ހުއްދަ ދެނީ ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން އަދި ކަނޑައަޅާ ސަރަހައްދެއްގައި ބޭއްވުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.

"މީޑިއާގައި ދައުރުވަމުންދާ ހަބަރުގައިވާ ޕީޕީއެމް ޕީއެންސީގެ ފަރާތުން ބޭއްވުމަށް ރާވަމުންދާ ހަރަކާތަކީ މި ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހުއްދަ ނަގައިގެން ބޭއްވުމަށް ރާވަމުންދާ ހަރަކާތެއް ނޫން ކަމުގައި ދަންނަވަމެވެ،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

އެ ފަދަ ހަރަކާތެއް ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅައިގެން ހުއްދަ ނެގުމަށް އެޗްޑީސީން އެދެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރިކަމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމަކުން ޔާމީން މިނިވަންވެވަޑައިގަތީ އެކަށީގެންވާ މިންވަރަށް އެ ކުށް ސާބިތުނުވާކަމަށް ސުޕްރީމް ކޯޓުން ނޮވެމްބަރު 30 ގައި ނިންމުމުންނެވެ. އެއަށް ފަހު، ޔާމީން ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް ފުރަތަމަ ބޭއްވީ މިދިޔަ ހުކުރު ދުވަހު ކާނިވާ ސަރަހައްދުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox