އެމްއެސްއެސްގެ އާ ބޯޓު ރާއްޖެ ގެނެސްފި

އެމްއެސްއެސްގެ އާ ބޯޓު. މި ބޯޓަކީ އެއްފަހަރާ 450 ކޮންޓެއިނަރު އުފުލޭނެ ބޯޓެއް.-- ފޮޓޯ: އެމްއެސްއެސް

އެމްއެސްއެސްގެ އާ ބޯޓު. މި ބޯޓަކީ އެއްފަހަރާ 450 ކޮންޓެއިނަރު އުފުލޭނެ ބޯޓެއް.-- ފޮޓޯ: އެމްއެސްއެސް

ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ދަށުން ހިންގާ ގައުމީ ޝިޕިން ލައިން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ އާ ބޯޓު މިއަދު ރާއްޖެ ގެނެސްފި އެވެ.

މި ބޯޓަކީ އެމްއެސްއެސްގެ ފުރަތަމަ އަމިއްލަ ބޯޓެވެ. މި ބޯޓަކީ އެއްފަހަރާ 450 ކޮންޓެއިނަރު އުފުލޭނެ ބޯޓެއްކަމަށް އެމްއެސްއެސްއިން ވަނީ މީގެ ކުރިން ބުނެފަ އެވެ. މިބޯޓުގެ އިތުރުން އެހެން ބޯޓުތައް ހޯދުމުގެ މަސައްކަތް އެމްއެސްއެސް އިން މިހާރު ވެސް ދަނީ ކުރަމުންނެވެ.

އާ ބޯޓަށް ކިޔާނެ ނަމެއް އަދި އެ ކުންފުނިން ހާމަކޮށްފައިނުވި ނަމަވެސް، އެ ބޯޓާއެކު ރާއްޖެއާ އަވަށްޓެރި ސްރީ ލަންކާއާ ދެމެދުގައި ސީދާ ދަތުރުތައް ކުރުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.

އެމްއެސްއެސް އިން މުދާ އުފުލުމަށް މީގެ ކުރިން ބޭނުންކުރަމުން ދިޔަ "ބޮންތި" އަކީ ޗާޓަރު ބޯޓެކެވެ. އެ ކުންފުނިން ވަނީ އެ ބޯޓު ޗާޓަރުކުރުން މިފަހުން ހުއްޓާލާފަ އެވެ. ބޯޓު ޗާޓަރުކޮށްގެން މުދާ އުފުލަން ޖެހުމުން ބޮޑު ހަރަދެއް އެކަމަށް ކުރަންޖެހޭކަމަށް އެ ކުންފުނިން ބުނެ އެވެ.

ނަމަވެސް މިއަދު ރާއްޖެ އައި އެ ކުންފުނީގެ އަމިއްލަ ބޯޓާއެކު ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރެވޭނެކަމަށް އެ ކުންފުނިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އެއާއެކު އެމްއެސްއެސް އަކީ ފައިދާވާ ކުންފުންޏަކަށްވުމުގެ މަގުފަހިވެގެންދާނެކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އެމްއެސްއެސްގެ އޮޕަރޭޝަން ފެށިއިރު، ކޮންމެ ދަތުރެއްގައި އުފުލަމުން ދިޔައީ 50 އެއްހާ ކޮންޓެއިނަރެވެ.

ނަމަވެސް، އެމްއެސްއެސް އިން އުފުލާ މުދަލުގެ އަދަދު އިތުރުވެ މިހާރު ކޮންމެ ދަތުރެއްގައި 400 އަށް ވުރެ ގިނަ ކޮންޓެއިނަރު އުފުލާކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox