ފްލައިން ސްކޫލް ހިންގަން އެމްއެންޔޫ އާއި އައިލެންޑް އޭވިއޭޝަންގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އަދި އެމްއެންޔޫގެ ވައިސް ޗާންސިލާ މުހައްމަދު ޝަރީފު ފަހުމުނާމާގައި ސޮއިކުރައްވަނީ. -- ފޮޓޯ:އައިލެންޑް އޭވިއޭޝަން

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އަދި އެމްއެންޔޫގެ ވައިސް ޗާންސިލާ މުހައްމަދު ޝަރީފު ފަހުމުނާމާގައި ސޮއިކުރައްވަނީ. -- ފޮޓޯ:އައިލެންޑް އޭވިއޭޝަން

ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގަން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި ގައުމީ އެއާލައިންގެ ބެލެނިވެރި ކުންފުނި އައިލެންޑް އޭވިއޭޝަންއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެމްއެންޔޫ އާއި އައިލެންޑް އޭވިއޭޝަނުން ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަން ވަނީ ނިންމާފަ އެވެ. ފްލައިން ސްކޫލް ހިންގާނީ މި ކުންފުނީގެ ދަށުންނެވެ.

އެމްއެންޔޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ މުހައްމަދު ޝަރީފެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އެވެ.

ފްލައިން ސްކޫލާ ގުޅޭގޮތުން ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ އެމްޑީ ވަނީ ގައުމީ ޔުނިވާސިޓީއާ ގުޅިގެން މި ހިންގޭ ސްކޫލްގެ ފުރަތަމަ ބެޗުގައި 30 ދަރިވަރުންނަށް ކިޔަވައިދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

އަހަރެއްގެ ތެރޭގައި އެ ސްކޫލްގައި 80 ދަރިވަރުންނަށް ކިޔަވާދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްކޫލްގެ ކިޔެވުން މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށާއި އޭޝިއަން އެކެޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ހިންގި ފްލައިން ސްކޫލްގައި ކިޔަވަން ފަށައި ކިޔެވުން ހުއްޓިފައި ތިބި ކުދިންނަށް އިސްކަންދޭނެ ކަމަށް މިހާދު ވިދާޅުވި އެވެ.

މިހާދު ވިދާޅުވީ އަމާޒަކީ އެކުންދިންގެ ކިޔެވުން އަންނަ އަހަރުގެ ތެރޭގައި ނިންމާލުން ކަމަށެވެ.

އެމްއެންޔޫ އާއި އައިލެންޑް އޭވިއޭޝަންއާ ދެމެދު ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ:އައިލެންޑް އޭވިއޭޝަން
އެމްއެންޔޫ އާއި އައިލެންޑް އޭވިއޭޝަންއާ ދެމެދު ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ:އައިލެންޑް އޭވިއޭޝަން

އެމްއެންޔޫ އާއި އައިލެންޑް އޭވިއޭޝަންއާ ދެމެދު ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ:އައިލެންޑް އޭވިއޭޝަން

ވައިސް ޗާންސިލާ ޝަރީފު ވިދާޅުވީ ޔުނިވާސިޓީއަށް 48 އަހަރު ވެގެންދިޔަ ފަހުން ފްލައިން ސްކޫލެއް ފެށުން މިއީ އޭވިއާޝަން ދާއިރާގެ ކޯސްތައް ފެށުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ކުރިއަށް އޮތްތާގައި އޭވިއޭޝަންގެ އިތުރު ކޯސްތައް އެ ސްކޫލް މެދުވެރުކޮށް ފެށުމަށް މަސައްކަތްކުރާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވަނީ ފްލައިން ސްކޫލް މެދުވެރިކޮށް ފަސޭހަކަމާއެކު ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދޭނެކަމުގެ ޔަގީންކަންވެސް އަރުއްވާފަ އެވެ.

ގައުމީ ޔުނިވާސިޓީ އާއި އައިލެންޑް އޭވިއޭޝަންގެ ޖޮއިންޓް ވެންޗާ ކުންފުނިން އަައްޑޫގެ ގަމުގައި ފްލައިން ސްކޫލް ހިންގުމަށް ހަވާލުކުރަނީ ޗެކް-ރިޕަބްލިކްގެ މަޝްހޫރު ފްލައިން އެކެޑެމީއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox