މިޝްކާގެ މަރުގެ މައްސަލައިގަ ދައުވާ ކުރުން ލަސްވާތީ އާއިލާގެ ކަންބޮޑުވުން ފާޅުކޮށްފި

ފާތިމަތު މިޝްކާ: އިހުމާލުވި ފަރާތްތަކަށް ދައުވާ ކުރަން ނުފޮނުވެ، ފަސް މަސްވެއްޖެ -- ފޮޓޯ: އަދަދު ފައިލް

ފާތިމަތު މިޝްކާ: އިހުމާލުވި ފަރާތްތަކަށް ދައުވާ ކުރަން ނުފޮނުވެ، ފަސް މަސްވެއްޖެ -- ފޮޓޯ: އަދަދު ފައިލް

އެމްބިއުލޭންސް އައުން އިންތިހާއަށް ލަސްވެ، ކޮވިޑް ބަލީގައި ފަރުވާ ނުކުރެވިގެން މަރުވި ފާތިމަތު މިޝްކާ، 10، ގެ މައްސަލައިގައި އިހުމާލުވި ފަރާތްތަކަށް ދައުވާ ކުރުން ލަސްވާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކޮވިޑުޖެހި، ނޭވާލުމަށް އުނދަގޫވެ، އެމެޖެންސީގައި ފަރުވާދެމުންދަނިކޮށް މިދިޔަ ޖޫން 1، ގައި ހާއްސަ އެހީއަށް ބޭނުންވާ މިޝްކާ މަރުވުމުގައި އިހުމާލުތަކެއް ހުރި ކަމަށް މީގެ ކުރިން ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައިގައި މީހެއްގެ މައްޗަށް ދައުވާކޮށްފައެއް ނުވެ އެވެ.

މިޝްކާގެ މަރުގެ މައްސަލައިގެ ތަހުގީގު ދިގުލައިގެން ދިއުމާއި އިހުމާލުވި ފަރާތްތަކަށް ދައުވާ ނުކުރެވި، އެ ފަރާތްތަކަށް ފިޔަވަޅު ނޭޅި ގިނަ ދުވަސްވާތީ އާއިލާއިން ކަންބޮޑުވާ ކަމަށް އެ އާއިލާގެ ގާނޫނީ ވަކީލު އަހުމަދު ޝިފާއު ވިދާޅުވި އެވެ. އެހެންވެ އާއިލާގެ ކަންބޮޑުވުންތައް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ހިއްސާ ކުރުމަށް އޭނާ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގުކޮށް ނިންމުމަށްފަހު ދެ ފަހަރެއްގެ މަތިން ޕީޖީ އޮފީހަށް ފޮނުވި އެވެ. އަލުން މައްސަލަ އަލުން އިސްލާހު ކުރުމަށް އެދި އެ ދެ ފަހަރު ވެސް ޕީޖީ އޮފީހުން މައްސަލަ ފޮނުވާލީ އެވެ.

ޕީޖީ އޮފީހުގެ މީޑީޔާ އޮފިސަރު އަހްމަދު ޝަފީއު ވިދާޅުވީ އެފަދަ މައްސަލަތަކުގައި ޖިނާއީ މިންގަނޑުން ދައުވާ ކުރެވޭނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުން އުނދަގޫ ކަމެށެވެ. އެގޮތުން ޖިނާއީ ދައުވާއެއް ކުރެވޭނީ އިހުމާލުވެފައިވާ މީހުން ދެނިގަނެވިގެން ކަން އޭނާ ފާހަގަކުރެއްވި އެވެ.

ފަރުވާ ލިބުމުގައި ލަސްތަކެއް ދިމާވެގެން ކޮވިޑްގެ ބަލީގައި ނިޔާވި މިޝްކާގެ މަރުގެ މައްސަލާގައި ކަން ހިނގާ ދިޔަ ގޮތުގެ ޓައިމްލައިނޭއް ތައްޔާރު ކުރުމަށްފަހު އެ ހާދިސާއާއި ގުޅޭ ރިޕޯޓެއް ހެލްތު މިނިސްޓްރީއިން ފުލުހަށް ފޮނުވާފައިވެ އެވެ.

ޖުލައި މަހުގެ ތެރޭގައި ފޮނުުވި އެ ރިޕޯޓުގައިވާ ކަންކަން ތަހުގީގު ކުރުމަށްފަހު ސިއްހީ އިދާރާއިން މިޝްކާއަށް އިހުމާލުވެފައިވާ މިންވަރު ދެނެގަތުމަށް ކުރަމުންދާ ތަހުގީގަށް ފަސް މަސް ވެފައި ވާއިރު، ފުލުހުން އަބަދުވެސް ބުނަމުން ދަނީ "އެމައްސަލަ ދަނީ ތަހުގީގު ކުރެވެމުން" ކަމަށާއި "އިތުރު ކޮމެންޓެއް ދެވެން ނެތް" ކަމަށެވެ.

މިޝްކާ މަރުވީ ފަރުވާ ދިނުމުގައި ލަސްތަކެއް ވެގެން

މިޝްކާގެ އަށް ފަރުވާ ދިނުމުގައި ލަސްތަކެއްވެ، އިހުމާލުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަހުގީގު ރިޕޯޓުން އެނގޭ އިރު، އެ ތަހުގީގު ކުރީ މިޝްކާ އަށް ފަރުވާ ދިނުމުގައި އިހުމާލްވެފައިވާ ކަމަށް އާއިލާ އިން ތުހުމަތުކޮށްފައި އޮއްވަ އެވެ.

"އެޗްޕީއޭގެ 1676 އަކުން ތަކުރާރުކޮށް ބުނަމުންދިޔައީ މެޑިކަލް ޓީމަށް އަންގައިފީމޭ ކުޑައިރުކޮޅަކުން ދާނެޔޭ. އެކަމަކު އެމްބިއުލޭންސް އައީ 11:40 ގައި. އެއިރު ކުއްޖާ އޮތީ [ހާލުދެރަވެގެން] ވެއްޓިފައި. ވިންދެއް ނެތް. މިކަމުގެ ޒިންމާ ނަގާނީ ކާކު،" މިޝްކާގެ ތިމާގެ މީހަކު މީގެ ކުރިން ޓުވިޓާގައި ބުނެފައިވެ އޮތެވެ.

މިޝްކާގެ މަރުގައި އިހުމާލެއްވޭތޯ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިންނާއި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއިންވެސް ދަނީ ބަލަމުންނެވެ. އެޗްއާރުސީއެމުން ބުނީ އެ ކޮމިޝަނުން މި މައްސަލާގައި ކުރާ ތަހުގީގު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox