ހިޔާ މައްސަލައިގައި މުއިއްޒު: "އަނިޔާއަކަށް ހެދީ މި ސަރުކާރުން"

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: ހިޔާ މަޝްރޫއު ފެއްޓެވީ މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: ހިޔާ މަޝްރޫއު ފެއްޓެވީ މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

"މަޝްރޫއުތައް އަނިޔާއަކަށް ބަދަލުކުރީ މި ސަރުކާރުން. އަނިޔާއަކަށް ވާގޮތަށް ކަންތައްތައް ގެންދިޔައީ މި ސަރުކާރުން، މި ސަރުކާރުގެ ކުންފުނިތަކުން، ރައީސް އޮފީހުން، ކުންފުނިތަކުން,"

މިއީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނުހިމަނާ، ރައްޔިތުންނާ އެތަން ހަވާލުކުރީ ކޮން ސަބަބަކާ ހުރެތޯ މަޖިލިސް މެމްބަރަކު ކުރި ސުވާލަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ޖަވާބެވެ.

ކުލި ކަނޑައެޅި ގޮތާ މެދު ކުރިން ވެސް ހުރި ދެބަސްވުން

ހިޔާ ޔޫނިއަންގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށަ ހުށަހެޅި ޕެޓިޝަނުގައި އެދުނީ މައިގަނޑު ތިން ކަމަކަށެވެ. އެއީ މަހު ކުލި 5،600ރ. އަށް ކުޑަކޮށްދިނުމަށާއި، ކުލި ނުނަގާ އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑެއް ދިނުމަށާއި، ފްލެޓުގެ ޖުމްލަ އަގުން އެއް ލައްކަ ރުފިޔާ ކުޑަކޮށްދިނުމަށެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނުގެ މައްސަލައިގައި މިއަދު ކުރިޔަށްދިޔަ ކޮމިޓީ ބައްދަލުވުމުގައި މުއިއްޒު ވަނީ ކުރީ ސަރުކާރުން ޖެހި ހިސާބު ދިފާއުކުރައްވާފަ އެވެ. އަދި ވިދާޅުވީ އެއީ ފިނިޝިން ވެސް ހިމެނޭ އަދި އެޗްޑީސީއަށް ފައިދާ ވެސް ވާނެ އަގެއް ކަމަށެވެ. އޭގެ ބަދަލުގައި މި ސަރުކާރުން ހަތަރު ޕަސެންޓުގައި ހުރި ލޯނުގެ އިންޓްރެސްޓް ހަތް ޕަސެންޓުގައި ޖެހުމުން ކުލި ބޮޑު ވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ނެގި ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ހުންނާނީ ހަތަރު ޕަސެންޓުގައި. މި ސަރުކާރުން އިންޓްރެސްޓް ރޭޓު ގެންގުޅެނީ ހަ ޕަސެންޓާ ހަތް ޕަސެންޓުގަ. އެހެންވީމަ އަގު ބޮޑު ވާނެ ނޫންތޯ؟" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ވާހަކަތަކަށް ރައްދު ދެމުން ކޮމިޓީގައި ތިއްބެވި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހެއިލް އާއި ސީއެފްއޯ އަހުމަދު ޝާމް ވިދާޅުވީ، އެޗްޑީސީއާ ޕްރޮޖެކްޓް ހަވާލުކުރެވުނު ފަހުން އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި ކުލީގެ އަގުގެ ތެރޭގައި ހަމައެކަނި ހިމެނެނީ ކޮންމެ ޔުނިޓަކަށް ޖެހޭ އަގާއި އިމާރާތްކުރުމުގެ މުއްދަތުގައި ލޯނަށް ދެއްކި ފައިސާ ކަމަށް ވިދާޅުވި އެވެ،

އެގޮތުން ކުލީގެ ތެރޭގައި ހިމެނެނީ ކޮންމެ ޔުނިޓެއްގެ ކޮންސްޓްރަކްޝަން އަގުގެ ޖެހޭ 62،000 ޑޮލަރާއި އިމާރާތްކުރުމުގެ މުއްދަތުގެ ތެރޭގައި ލޯނު އަނބުރާ ދައްކަން ހަރަދުކުރި ފައިސާގެ އަގު އެކަނި ކަމަށް ޝާމް ވިދާޅުވި އެވެ. އަދި މިހާރު ކަނޑައެޅިފައިވާ ކުއްޔަކީ، އެ އަގުގެ ތެރެއިން ވެސް ސަރުކާރުން ސަބްސިޑައިޒްކޮށްދޭ ބައި އުނިކުރުމަށްފަހު ޖެހޭ އަގެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޑީސީން ބުނާ އަސްލު ހިސާބު ޖެހުމުން ޔުނިޓެއްގެ ކުލި 10،000ރ. އަށް އަރާކަމަށް ސުހެއިލް ވިދާޅުވި އެވެ.

އެޗްޑީސީން ބުނަނީ ދަރަނީގެ ބުރަ ނުއުފުލޭނެތީ ކުލި ކުޑަނުކުރެވޭނެ ކަމަށް

ހިޔާ ފްލެޓުތަކުގެ ކުލި ކުޑަ ކުރެވޭނެތޯ އެޗްޑީސީއާ ސުވާލުކުރުމުން ސުހެއިލް ވިދާޅުވީ އެ ކުންފުންޏަށް މިޔަށް ވުރެ ކުޑަ އަގެއް ކުއްޔަށް ނަގައިގެން، މި މަޝްރޫއުގެ ދަރަނި އަދާ ނުކުރެވޭނެ ކަމަށެވެ. އަދި މިހާރު ވެސް މި މަޝްރޫއުގެ ހަރަދުތައް ރީފައިނޭންސް ކުރަން 200 މިލިއަން ޑޮލަރު ހަރަދުކުރަން ޖެހިފައިވާ ކަން ފާހަގަކުރި އެވެ.

އެޗްޑީސީން ވަނީ މި މަޝްރޫއަށް 434 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. އަދި މިހާތަނަށް އެއްވެސް ޔުނިޓަކުން ފައިސާއެއް ނުލިބުނު ނަމަވެސް، ލޯނު އަނބުރާ ދެއްކުމަށް މިހާރު ވެސް 888 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. އަދި މި މަޝްރޫއަށް ފައިނޭންސް ކުރަން ކްރެޑިޓް ސުއިސް އޭޖީ ސިންގަޕޯ ބްރާންޗުން ނެގި ލޯނު އަންނަ އަހަރުގެ ތެރޭގައި ދައްކާ ހަލާސްކުރަން ޖެހެ އެވެ.

ކުލި ކުޑަ ނުކުރެވޭނެ ސަބަބުތައް ދިފާއުކުރަމުން އެޗްޑީސީން ބުނީ މިހާރު އިތުރު ލޯނު ނުނަގަން ނިންމީ ވެސް އެކަންކަން ފައިނޭންސް ކުރަން ދަރަނި ނަގަން ބޭނުން ނުވީމަ ކަމަށެވެ. އަދި ފިނިޝިން މަސައްކަތަށް ހަމަޖެހިފައި އޮތް ކަމަށް މުއިއްޒު ވިދާޅުވި ލޯނު ނުނެގީ ވެސް އެ ސަބަބާ ހުރެ ކަމަށް ސުހެއިލް ވިދާޅުވި އެވެ.

ކުލި ކުޑަކުރެވޭނެތޯ ސުވާލުކުރުމުން ސުހެއިލު ވިދާޅުވީ، މިއީ އެޗްޑީސީން ޒިންމާވާގޮތަށް ނަގާފައިވާ ލޯނުތަކަކަށް ވެފައި އިތުރަކަށް އެ ކުންފުންޏަށް ލޯނު އަދާކުރަމުން އަގު ކުޑަކުރެވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި ކުލި ކުޑަކޮށްފިނަމަ، ލޯނުތައް އަދާނުކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ އެޗްޑީސީން ޒިންމާވާގޮތަށް އެޗްޑީސީން އަނބުރާ ދައްކާ ގޮތަށް ނަގާފައިވާ ލޯނެއް. ސަރުކާރުގެ ސޮވަރިން ގެރެންޓީ ލިބިފަ އޮންނަނީ. އެހެން ނަމަވެސް މި ލޯނު އަޅުގަނޑުމެންނަކަށް ނުދެއްކޭނެ ކުޑަކޮށްގެނެއް. މިހާރު މިއޮތްގޮތަށް 7،500ރ. ނަގައިގެން ނޫނީ މި ލޯނު އަނބުރާ ނުދެއްކޭނެ" ސުހެއިލު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox